Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް

ފާރިސްއާ ދެކޮޅަށް ހުށަހެޅި ވީޑިއޯ ބެލޭނެ އިންތިޒާމެއް ނެތް ކަމަށް ދައުލަތުން އިއުތިރާފުވެއްޖެ

8 އޮކްޓޯބަރު 2017 | އާދީއްތަ 10:17

ފާރިސް ހުންނެވީ މާފުށީ ޖަލުގައި ބަންދުކޮށްފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 8 އޮކްޓޯބަރު 2017 | އާދީއްތަ 10:17
ފާރިސް މާފުއްޓަށް ގެންދަވަނީ:--

ފާރިސް މާފުއްޓަށް ގެންދަވަނީ:--

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާ ސާބިތުކުރަން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ބެލޭނެ އިންތިޒާމް ނެތް ކަމަށް ދައުލަތުގެ ވަކީލުން ކޯޓުގައި އިއުތިރާރުވެއްޖެ އެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ. މި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވުމަށް ފާރިސްއަށް ލިބުނު ފުރުސަތުގައި ފާރިސްގެ ފަރާތުން ވަނީ ހެކީގެ ގޮތުގައި ހުށަހެޅި ވީޑިއޯ ބެލެނޭ އިންތިމް ނެތް ކަމަށް ފާހަގަކޮށްފަ އެވެ.

Advertisement - newsAdvertisement

ފާރިސް ހުންނެވީ އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ތުޙުމަތުގައި ބަންދުގައެވެ. މާފުށީ ޖަލުގައި އޭނާ ބަންދުކޮށްފައި ހުންނަވާއިރު އޭނާއަށް މައްޗަށް އުފުލާފައިވާ ޝަހްސް އޮޅުވާލުމުގެ ދައުވާއަށް ޖަވާބުދާރީވުމަށް ވެސް ތައްޔާރުވާން ޖެހެ އެވެ. އެހެން ނަމަވެސް އެތަނުގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ބެލޭނެ އިންތިޒާމް ނެތި އެ ދައުވާއަށް ޖަވާބުދާރީވާން ޖެހުމަކީ މައްސަލައެއް ކަމަށް ފާރިސްގެ ވަކީލުންވެސް ފާހަގަ ކުރެއްވި އެވެ

އެކަމަށް ދައުލަތުން އިއުތިރާފުވުމުން ފާރިސްގެ ވަކީލް ވަނީ ފާރިސް އެހެން ކަމުން ގެއަށް ބަދަލުކޮށްދެއްވާ މައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ވީޑިއޯ ބެލޭނެ އިންތިޒާމް ކޯޓުން ހަމަ ޖައްސާދެވޭނެތޯ ބައްލަވާނެ ކަމަށެވެ.

މީގެ އިތުރުން އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ފާރިސްގެ ވަކީލުން ވަނީ ޝަހްސް އޮޅުވާލުމުގެ ދައުވާގެ ކަންކަން އިޖްރާއަތްތަކާ ހިލާފަށް ދާތީ ބެލެނިވެރިކަމުގެ އިހްތިސާސް ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަދި ނުނިމޭކަން ފާހަގަ ކުރައްވާފަ އެވެ. އަދި ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާ ކްރިމިނަލް ކޯޓުން ކޮށްފައިވާ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ފާހަގަ ކުރައްވާ ފާރިސްގެ ފަރާތުން ޝަރީއަތް މެދުކަނޑާލުމަށް ވަނީ އެދިފަ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ގަވައިދުތައް ހަދާފައިނުވާއިރު މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ ކޮން އުސޫލެއް ދަށުންތޯ ފާރިސްގެ ވަކީލުން ވަނީ ސުވާލު ކުރައްވާފަ އެވެ.

އެހެން ކަމުން ޝަރީއަތުން ވަނީ މަތީ މަރުހަލާގެ ދެ ކޯޓަށް އެ މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަންކަން ހުރުމުން އެ ކޯޓުގެ ލަފައަކަށް އެދޭނެ ކަމަށް ބުނެފަ އެވެ.

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ޚިލާފަށް ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ. ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މި އަހަރުގެ މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން ދެ ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި އެ ހެކިންގެ ހެކިބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ކަމަށް ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ފާރިސް ބައިވެރިވެވަޑައިގެންނެވި ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް