Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޕީއެމް - އެމްޑީޕީ

ޔޫރަޕް ދަތުރުން ޕީޕީއެމްއަށް އެއްޗެހިތަކެއް ދަސްވާނެ: އިންތި

ބޭރުގެ ޤައުމުތަކަށް ދަތުރުކޮށް ކަންކަން ތަޖުރިބާކުރުމަކީ އެމްޑީޕީއިން މަރުހަބާ ކިޔާކަމެއް: އިންތި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 7 އޮކްޓޯބަރު 2017 | ހޮނިހިރު 16:13
ޕީޕީއެމް ވަފުދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އިސްވެރިޔާއާއި ބައްދަލުކުރަނީ

ޕީޕީއެމް ވަފުދު އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އިސްވެރިޔާއާއި ބައްދަލުކުރަނީ

ޤައުމުތަކަށް ދަތުރުކޮށް، އެޤައުމުތަކުގެ ކަންކަން ހިނގާ ޑިމޮކްރެޓިކް ހަމަތައް ދަސްކޮށް، ތަހުޒީބުވެފައިވާ ޤައުމުތަކާއިއެކު މަސައްކަތްކުރަން ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ދަސްކުރުމަކީ އެމްޑީޕީއިން މަރުހަބާ ކިޔާކަމެއް ކަމަށް އެޕާޓީގެ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން ސްވިޓްޒަލެންޑްގެ ޖެނީވާގައި ޤާއިމް ކޮށްފައިވާ އެކި ޤައުމުތަކުގެ މިޝަންތަކާއި އަދި ބައިނަލްއަޤްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ޕީޕީއެމްއިން ހިންގާ ވިޔާނުދާ އަދި ޤާނޫންތަކާއި ޚިލާފު ކަންތައްތަކުން އެއްކިބާވުމަށް މިފަދަ ދަތުރުތަކުގެ ސަބަބުން ފަހަރުގައި އަލިމަގެއް ލިބިދާނެ ކަމަށެވެ. އަދި އެހެން އެކަން ވެއްޖެނަމަ، ޕީޕީއެމްގެ މި ދަތުރުގެ ސަބަބުން ޕީޕީއެމްއަށާއި ދިވެހިރާއްޖެއަށް ވެސް އެކަމުގެ ފައިދާތަކެއް ވާނެ ކަމަށެވެ. އިންތި ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކަށް ދަތުރުކުރުމުން ޑިމޮކްރެޓިކް ނިޒާމްތައް މަސައްކަތްކުރާ ގޮތާއި، އިންސާނީ ހައްޤުތައް ދަމަހައްޓާގޮތާއި، އިންސާނީ ހައްޤުތައް ކުރިއަރުވާނެ ގޮތް ދަސްވާނެ ކަމަށެވެ. އަދި އިންސާނީ ހައްޤުތަކަށް އަރައިގަނެވިފައިވާކަން އެނގޭނެ ގޮތްތައް ވެސް ދަސްވާނެކަމަށް އިންތި ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ ޕީޕީއެމްއާއި ދިވެހި ސަރުކާރުން މިހާރު އެންމެ ގުޅުން ބަދަހިކޮށްގެން އުޅޭ 2 ޤައުމުގެ ފަރާތުން މިފަދަ ކަންކަން ދަސްނުވާނެ ކަމަށާއި، އެޤައުމުތަކަކީ އިންސާނީ ހައްޤުތަކާއި ޑިމޮކްރަސީއާއި ބީރައްޓެހި، ހުދުމުޚުތާރު ވެރިކަންކުރަމުންދާ 2 ޤައުމުކަމަށެވެ. އެފަދަ ޤައުމުތަކާއި ގުޅުން ބަދަހިކޮށްގެން ތަހުޒީބަށް ވާޞިލްނުވާނެ ކަމަށް ވިދާޅުވިއެވެ.

ޖެނީވާގައި ހުންނަ ބައެއް މިޝަންތަކާއި ބައްދަލުކުރެއްވުމަށް ފަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގެންދަވަނީ އެބައްދަލުވުންތަކުގެ ތަފްޞީލަށް ވަޑައިގަތުމުގެ ބަދަލުގައި، އެ ޕާޓީއިން އެމްޑީޕީއަށް ވުރެ ބޮޑަށް ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުން ބަދަހިކަމަށް ދެއްކެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެހެން ނަމަވެސް މިއީ މިފަހަކަށް އައިސް ޕީޕީއެމްގެ ޕީޖީގެ މެމްބަރުންތަކެއް މިފަދައިން ވަޑައިގެން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

27 މާރިޗު 2018

ޔޫރަޕްގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ނަޝީދު ދަތުރުފުޅެއް ފައްޓަވައިފި

27 މާރިޗު 2018
ޔޫރަޕްގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ނަޝީދު ދަތުރުފުޅެއް ފައްޓަވައިފި
16 ނޮވެމްބަރު 2017

އައިއެމްއެފްއަކީ ޔޫރަޕްގެ ގައުމުތަކުގެ ނުފޫޒާ އެކު ގައުމުތަކުގައި "ހަންފަތުރަމުންދާ" ބައެއް: ފިނޭންސް މިނިސްޓަރު

16 ނޮވެމްބަރު 2017
އައިއެމްއެފްއަކީ ޔޫރަޕްގެ ގައުމުތަކުގެ ނުފޫޒާ އެކު ގައުމުތަކުގައި "ހަންފަތުރަމުންދާ" ބައެއް: ފިނޭންސް މިނިސްޓަރު
23 އޯގަސްޓު 2017

މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް

23 އޯގަސްޓު 2017
މިއަދުގެ ވޯޓުންވެސް އެނގުނީ ޕީޕީއެމްއަށް މަޖިލީހުގެ މެޖޯރިޓީ އޮތްކަން: އަބްދުލް ރަހީމް
13 ޖުލައި 2017

ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް

13 ޖުލައި 2017
ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް
11 ޖުލައި 2017

ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރައްވައިފި

11 ޖުލައި 2017
ރީކޯ މޫސަ ޕީޕީއެމްއަށް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު