Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ތެލުގެ އަގު 105 ޑޮލަރަށް އުފުލިއްޖެ

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:41

އީރާނާއި އެމެރިކާގެ މަސްލަހަތު ގޯސްވެ، ރަތްކަނޑާއި ގަލްފް ސަރަހައްދުގެ އުޅަނދުފަހަރަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، ތަކެތީގެ އަގުތައް ބޮޑުވެ އިންޓްރެސްޓް ރޭޓް މަތިކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:41
ނެދަލޭންޑްސްގެ އައިމުއިޑަން ބަނދަރަށް، ސާފުނުކުރާ ތެޔޮ އުފުލާ އޭ.އެމް.ޕީ.ޓީ.ސީ-ސީ ޖުވެލް ނަމަކަށް ކިޔާ ޓޭންކަރެއް ވަންނަނީ

ނެދަލޭންޑްސްގެ އައިމުއިޑަން ބަނދަރަށް، ސާފުނުކުރާ ތެޔޮ އުފުލާ އޭ.އެމް.ޕީ.ޓީ.ސީ-ސީ ޖުވެލް ނަމަކަށް ކިޔާ ޓޭންކަރެއް ވަންނަނީ | އެލަމީ

އީރާނުގެ ހަނގުރާމަ ފެށުނު ފަހުން މުދާ އުފުލާ ބޯޓުފަހަރަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން، ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު އުފެދި، ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު ހަތަރު އިންސައްތަ އުފުލިއްޖެ އެވެ. މިއާއެކު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 105 ޑޮލަރަށް އަރާފަ އެވެ.

ބުރާސްފަތި ދުވަހުގެ ގްރީނިޗް މީން ޓައިމުން 12:15 އާ ހަމައަށް ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 4.05 ޑޮލަރު ނުވަތަ ހަތަރު އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ހުރީ 105.26 ޑޮލަރުގަ އެވެ. މީގެ އިތުރުން، ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) ކްރޫޑް ފިއުޗާސްގެ އަގު 3.99 ޑޮލަރު ނުވަތަ 4.15 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 100.04 ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ މިދިޔަ މޭ މަހަށްފަހު އެމެރިކާގެ ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އޮގަސްޓް މަހުގެ ކުރީކޮޅު ތެލުގެ އަގު ދަށްވި މިންވަރާ އަޅާބަލާއިރު، މިހާރު ބްރެންޓް ކްރޫޑްގެ އަގު ވަނީ 30 އިންސައްތައަށްވުރެ ބޮޑަށް އުފުލިފަ އެވެ. މިއީ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއާއި އީރާނާ ދެމެދު ދާއިމީ އެއްބަސްވުމަކަށް ނާދެވި، އަލުން ހަނގުރާމަ ފެށުމާ ގުޅިގެން އައި ބަދަލެކެވެ.

އީރާނަށް ތާއީދުކުރާ ހޫޘީން ބުރާސްފަތި ދުވަހު ޔަމަނުގެ މުޚާ ބަނދަރުގެ ކޮންޓްރޯލް އަތުލުމާ ގުޅިގެން ރަތްކަނޑުގެ ދަތުރުފަތުރަށް ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެފަ އެވެ. ހަމައެއާއެކު، ފާއިތުވި ދުވަސްތަކުގައި ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން، ހުރްމުޒް ކަނޑުއޮޅި ހިމެނޭ ގަލްފް ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ޕީ.ވީ.އެމްގެ އެނަލިސްޓް ޖޯން އެވަންސް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ތެލުގެ އަގު އުފުލެމުންދާ ދިއުމުން އެނގެނީ، މި ހަނގުރާމަ ކުރިން އުންމީދުކުރި ވަރަށްވުރެ ދިގުލައިގެންދާނެ ކަމަށް މާކެޓުން ގަބޫލުކުރާ ކަމެވެ. އަދި ތެޔޮ ސަޕްލައި ކުރުމާއި އެކްސްޕޯޓް ކުރުން މަދުވެއްޖެނަމަ، ތެލުގެ ބާޒާރުގެ ބެލެންސް ހިފެހެއްޓި، އަގުތައް މަތީގައި ހުންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެމެރިކާއިން އީރާނުގެ ފަސް ތެޔޮ ޓޭންކަރަކަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ބުދަ ދުވަހު ވަނީ ހުރްމުޒް ކަނޑުއޮޅި ކައިރިން 10 އުޅަނދަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނެފައިވަނީ، އިތުރު ހަމަލާއެއް ދީފިނަމަ ދޭ ރައްދު ކުރިއަށްވުރެ ވަރުގަދަ ކުރާނެ ކަމަށެވެ.

ގަލްފް ސަރަހައްދުގެ ތެޔޮ ސަޕްލައިއަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތުމުން ބްރެންޓް ކްރޫޑްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، މި އަގުތައް ހިފެހެއްޓިފައި ހުންނާނީ ޗައިނާގެ މާކެޓަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށް އެނަލިސްޓުން ބުނެ އެވެ.

ޗައިނާގެ ޑިމާންޑް

ދުނިޔޭގައި އެންމެ ގިނައިން ސާފުނުކުރާ ތެޔޮ އެތެރެކުރާ ޗައިނާއިން، މަސްތަކެއް ވަންދެން ތެޔޮ ގަތުން މަދުކޮށްފައި އޮތުމަށްފަހު ފާއިތުވި ހަފުތާތަކުގައި ވަނީ ތެޔޮ ގަންނަ މިންވަރު އިތުރުކޮށްފަ އެވެ. މިއާއެކު ތެލުގެ މާކެޓަށް ބޮޑު ދިރުމެއް އައިސްފައިވާ ކަމަށް އައި.އެން.ޖީގެ އެނަލިސްޓުން ފާހަގަކުރެ އެވެ.

އައި.އެން.ޖީން ބުނާ ގޮތުގައި، ޗައިނާއިން ތެޔޮ ގަންނަ މިންވަރު އިތުރުވަމުންދާނަމަ، ސަޕްލައިއަށް އަންނަ ކޮންމެ ބުރޫއެއްގެ ސަބަބުން ތެލުގެ އަގު އިތުރަށް އުފުލިގެންދާނެ އެވެ. ނަމަވެސް ޗައިނާއިން ތެޔޮ އެތެރެކުރާ މިންވަރު މަދުކޮށްފިނަމަ، މާކެޓުގެ އަގުތައް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮމޯޑިޓީޒް އިންފޮމޭޝަން ފޯރުކޮށްދޭ އައި.ސީ.އައި.އެސްގެ ގްލޯބަލް އޮއިލް މާކެޓް ލީޑް ޑޭވިޑް ޖޯބެނާޒޭ ވިދާޅުވީ، ފާއިތުވި މަސްތަކުގައި ތެލުގެ އަގު ދަށްވާނެ ކަމަށް ބެލެވުނު މައިގަނޑު ސަބަބަކީ ޗައިނާގެ ޑިމާންޑް ދަށްވުން ކަމަށެވެ.

ތެލުގެ އަގު އުފުލުމާއެކު އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވުމުގެ ބިރު އިތުރުވެ، ބޮންޑް މާކެޓަށް ވަނީ ބޮޑު ޕްރެޝަރެއް ކުރިމަތިވެފަ އެވެ. މީގެ ސަބަބުން ވޯލް ސްޓްރީޓްގެ ހިއްސާގެ ބާޒާރުގައި އަގުތައް ވަނީ އަނެއްކާވެސް ދަށަށް ގޮސްފަ އެވެ.

އެމެރިކަން އޮޓޯމޮބައިލް އެސޯސިއޭޝަނުން ބުނާ ގޮތުގައި، ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެމެރިކާގައި އާންމުކޮށް ބޭނުންކުރާ ޕެޓްރޯލް ގެލަނެއްގެ އަގު މިހާރު ވަނީ އެވްރެޖްކޮށް 4.28 ޑޮލަރަށް އުފުލިފަ އެވެ. މީގެ ސަބަބުން ހަމައެކަނި ތެލުގެ އަގު ބޮޑުވީއެއް ނޫނެވެ. ލޮރީ ފަދަ އުޅަނދުފަހަރުގައި ފިހާރަތަކަށް އުފުލާ ހުރިހާ ބާވަތެއްގެ މުދަލުގެ އަގުވެސް މިހާރު ވަނީ އުފުލިފަ އެވެ.

ބުރާސްފަތި ދުވަހުގެ ރިޕޯޓްތަކަށްފަހު، އަންނަ ހަފުތާގައި ބާއްވާ ފެޑަރަލް ރިޒާވްގެ ބައްދަލުވުމުގައި އިންޓްރެސްޓް ރޭޓް ބޮޑުކުރާނެ ކަމަށް 70 އިންސައްތަ ވިޔަފާރިވެރިން މިހާރު ގަބޫލުކުރެ އެވެ. ސީ.އެމް.އީ ގްރޫޕްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީ ދުވަހު މި ފުރުސަތު އޮތް ކަމަށް ބެލެވުނު 61 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ. އިންޓްރެސްޓް ރޭޓް ބޮޑުކުރުމުގެ ބަދަލުގައި ދަށްކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މެދުނުކެނޑި ބާރުއަޅުއްވަމުން ގެންދެވި ނަމަވެސް، މާކެޓުގެ ހާލަތު މިހާރު ހުރީ އިންޓްރެސްޓް ރޭޓް ބޮޑުވާނެ ފަދަ ގޮތަކަށެވެ.

މަސްދަރު: އޭޕީ، ރޮއިޓާސް

ތެލުގެ އަގު

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!

09 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމަ ހޫނުވެ ތެލުގެ އަގު 100 ޑޮލަރަށް އަރައި ބާޒާރުތަކަށް ބޮޑު ލޮޅުމެއް!
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު ބޮޑުވާތީ އޭޑީބީން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އާ ގުޅިގެން ތެލުގެ އަގު ބޮޑުވާތީ އޭޑީބީން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކޮށްފި
11 އޯގަސްޓު 2026

ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ

11 އޯގަސްޓު 2026
ޑީސަލް ގަންނަން އެހީވުމަށް އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އިމަޖެންސީ ލޯނެއް ދެނީ
10 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ

10 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ދެބަސްވުމުގެ ސަބަބުން، ތެލުގެ އަގު އުފުލިއްޖެ
04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އާންމުން ހާލުގައި ޖެހުނުއިރު ބޮޑެތި ތެޔޮ ކުންފުނިތަކަށް ބިލިއަނުން ފައިދާވެއްޖެ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އާންމުން ހާލުގައި ޖެހުނުއިރު ބޮޑެތި ތެޔޮ ކުންފުނިތަކަށް ބިލިއަނުން ފައިދާވެއްޖެ
29 ޖުލައި 2026

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

29 ޖުލައި 2026
މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ
27 ޖުލައި 2026

އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

27 ޖުލައި 2026
އެމެރިކާ-އީރާން ހަމަލާތައް މެދުކެނޑުމާއެކު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ
23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
20 ޖުލައި 2026

އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ

20 ޖުލައި 2026
އީރާން ހަނގުރާމަ ނުރައްކާވަމުންދާއިރު ތެލުގެ އަގު 90 ޑޮލަރަށްވުރެ މައްޗަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް