Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޝަހީމް ދޮގު ހެއްދެވުން

މިސްކިތާ ގުޅޭގޮތުން މިނިސްޓަރު ޝަހީމް ހައްދަވަނީ ކަނޑައެޅިގެން ދޮގު: ދިގުރަށު ކައުންސިލް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:32

2022 ވަނަ އަހަރަު ތަރައްގީކުރަން ފެށި މިސްކިތް ސަރުކާރު ބަދަލުވެގެން ދިޔައިރު ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިމިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:32
ދިގުރަށުގެ މިސްކިތް 16 ނޮވެންބަރު 2023 ގައި ޕޯސްޓުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް.

ދިގުރަށުގެ މިސްކިތް 16 ނޮވެންބަރު 2023 ގައި ޕޯސްޓުކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް.

އދ. ދިގުރަށުގެ މިސްކިތާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު ވިދާޅުވީ، ދިގުރަށުގެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށާއި، ސަރުކާރު ބަދަލުވެގެންދިޔަ ފަހުން މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.

Advertisement - newsAdvertisement

މިސްކިތުގެ ބޮޑުބައެއް ނިންމާފައިވަނީ މިސަރުކާރުން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއިރު، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އިސްލާމިކް މިނިސްޓަރަކަށް ހުންނަވައިގެން އެހާ ވަރަށް ދޮގު ނުހެއްދެވުމަށް ކައުންސިލް މެންބަރު އެދިވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ ސަރުކާރު ދިފާއު ކުރުމަކީ މިނިސްޓަރުންގެ ޒިންމާއެއް ނަމަވެސް ހަގީގަތާ އެއްގޮތަށް މައުލޫމާތު ހާމަ ކުރަންޖެހޭ ކަމަށެވެ. މިއަދު ސަރުކާރު ދިފާއު ކުރެއްވުމަށް ހައްދަވާ ދޮގުތަކުން މިނިސްޓަރު ޝަހީމަށް ރައްޔިތުން ކުރަމުންދާ ގަދަރާއި، އިހުތިރާމް އަދި ލޯބި ގެއްލިގެންދާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

2022 ވަނަ އަހަރަު ތަރައްގީކުރަން ފެށި މިސްކިތް ސަރުކާރު ބަދަލުވެގެން ދިޔައިރު ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް މިސްކިތުގައި ކުރަން ހުރި މަދު މަސައްކަތްތައް ވެސް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަން ކައުންސިލުން ހާމަ ކުރުމާއެކު، މިނިސްޓަރު ޝަހީމް ވިދާޅުވީ މި ސަރުކާރު އައި ފަހުން މިހާތަނަށް ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން މިސްކިތް ގާތްގަނޑަކަށް ނިންމާފައިވާ ކަމަށެވެ. އަދި މިސްކިތް ފެށިއިރު، މުންނާރު ނެތް ކަމަށާއި، ހަމައެކަނި ވަނީ މުންނާރު ތެރޭގައި ހުންނަ ހަރުގަނޑު ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީން މުންނާރަށް އެޕްރޫވަލް ދީފައިވާ ކަމަށާއި، އަމާޒަކީ ވީ އެންމެ އަވަހަށް މިސްކިތް ހުޅުވުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ މިސްކިތް ނުފެންނަ ގޮތަށް ހުރި ފޮޓޯތަކެއް ވެސް އެކްސްގައި ޕޯސްޓް ކުރައްވާފައެވެ. މިފޮޓޯތަކަށް އިޝާރާތް ކުރައްވައި ކައުންސިލް މެންބަރު ވިދާޅުވީ އެއީ ވެސް ހަގީގީ މަންޒަރު އޮޅުވާލުމަށް މިނިސްޓަރު ޝަހީމް ކުރެއްވި ކަމެއް ކަމަށެވެ. އަދި 16 ނޮވެންބަރު 2023 ގައި މިސްކިތުގެ ބޮޑު ބައެއް ނިމިފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ހަގީގަތް ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިގުރަށުގެ މިސްކިތް

ދިގުރަށުގެ މިސްކިތް

01 ސެޕްޓެންބަރު 2025 ގައި އެރަށު ކައުންސިލްގެ ރައީސް އިބުރާހީމް އުސްމާންއާ ހަވާލާދެއްވައި، ''ސަރުކާރު ބަދަލުވި ގޮތަށް ދިގުރަށުގައި ތަރައްގީކުރަން ފެށި މިސްކިތުގެ މަސައްކަތް ހުއްޓިފައި'' މިސުރުޚީގެ ދަށުން ޚަބަރު ޝާއިއު ކުރުމާ ގުޅިގެން 3 ސެޕްޓެންބަރު 2025 ގައި މިނިސްޓަރު ޝަހީމް އެކްސްގައި ވަނީ މިސްކިތާ ބެހޭ ގޮތުން ޝާއިއު ކުރި ޚަބަރަށް ކޮމެންޓެއް ކުރެއްވުމަށް ވަގުތީ ގޮތުން ނަމަވެސް ބްލޮކް ފިލުވާލައި ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

މިނިސްޓަރު ޝަހީމް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ގިނަ ކަންކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ ނޫސްވެރިން ސުވާލު ކުރި ނަމަވެސް ޖަވާބެއް ދެއްވާފައިނުވެއެވެ. އަދި މިނިސްޓްރީގެ މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ އާރްޓީއައިތަކުގެ ޖަވާބުގައި ވެސް މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ. ސެކްޝަނުން މައުލޫމާތު ލިބުނުހާ އަވަހަކަށް ފޯރުކޮށްދޭނަމޭ ބުނެ ދީފައިވަނީ ޖެނެރަލް ޖަވާބުތަކެވެ. އެއްވެސް ތަފްސީލީ މައުލޫމާތެއް ފޯރުކޮށްދީފައެއް ނުވެއެވެ.

ޑރ. ޝަހީމް އަލީ ސައީދުއދ. ދިގުރަށްއިބްރާހިމް މުހައްމަދު ސާލިހުއިސްލާމިކް މިނިސްޓްރީމިސްކިތް އިމާރާތްކުރުންދިއްގަރު ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
26 ނޮވެމްބަރު 2025

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
24 ނޮވެމްބަރު 2025

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު
12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
11 ނޮވެމްބަރު 2025

ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް

11 ނޮވެމްބަރު 2025
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް