Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އިމިގްރޭޝަން

ޕާސްޕޯޓު ސްޓޮކް މަދުވުމުން އައު ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި މުއްދަތު އިތުރުކޮށްދޭން ފަށައިފި

28 އޯގަސްޓު 2026 | ހުކުރު 06:11

ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވާތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު 2027 ޖޫންގެ ނިޔަލަށް ހިލޭ އިތުރުކޮށްދިނުމަށް އިމިގްރޭޝަން އިން ނިންމައިފި. މީގެ އިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކަށް އެއް އަހަރުގެ "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރަން ފަށާފައިވާއިރު، މި ބަދަލުތަކާއެކު ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ އިދާރާ އިން ދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޯގަސްޓު 2026 | ހުކުރު 06:11
ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް

ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް | ރާއްޖެއެމްވީ

ޕާސްޕޯޓު ބުކްލެޓް ޕްރިންޓްކުރާ މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ރާއްޖެއަށް ޕާސްޕޯޓު ސްޓޮކް ލިބުން ލަސްވާތީ، މިހާރު ހުރި ސްޓޮކް މެނޭޖްކުރުމަށްޓަކައި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މޯލްޑިވްސް އިމިގްރޭޝަން އިން ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ 2026 އޮގަސްޓު 28 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

އިމިގްރޭޝަން އިން ހާމަކުރި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓް ހައުސް މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވީ ނަމަވެސް، އެކަމަށް އަންދާޒާކުރި ވަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަވެފަ އެވެ.

އެހެންކަމުން ކުރިން ކަނޑައެޅި ތާރީޚަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރުމާއެކު، އައު ސްޓޮކް ލިބޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެންބަރު މަހުގެ ނިޔަލަށްކަން އެ އިދާރާއިން ފާހަގަ ކުރެ އެވެ.

މި ހާލަތާ ގުޅިގެން ގެނައި ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް މިހާރު އައު ބުކްލެޓެއް ދޫނުކުރާނެ އެވެ. އޭގެ ބަދަލުގައި އެ ފަރާތްތަކުން މިހާރު ބޭނުންކުރާ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

މި ހިދުމަތަކީ އެއްވެސް ފީއަކާ ނުލައި ހިލޭ ފޯރުކޮށްދޭނެ ހިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ ދިވެހީން އާންމުކޮށް ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް "އިމަރޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މިއީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ 8 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. އިމަރޖެންސީ ޕާސްޕޯޓު ވެސް ދޫކުރާނީ އެއްވެސް ފީއަކާ ނުލަ އެވެ.

އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި ޕާސްޕޯޓު ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ދުވަހު ވެސް އެއްވެސް މައްސަލައެއް ނުޖެހި މި ހިދުމަތް ދެމުން އައި ކުންފުންޏެކެވެ. އަދި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާ އިން ދެ އެވެ.

އިމިގްރޭޝަންއައިސީއޭއޯޕާސްޕޯޓު ޚިދުމަތް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

11 އޯގަސްޓު 2026

މިއަހަރު ޑްރަގް އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 116 ބިދޭސީއަކު ޑީޕޯޓު ކުރަން އިމިގްރޭޝަނާ ހަވާލުކުރެވިފައިވޭ: ފުލުހުން

11 އޯގަސްޓު 2026
މިއަހަރު ޑްރަގް އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 116 ބިދޭސީއަކު ޑީޕޯޓު ކުރަން އިމިގްރޭޝަނާ ހަވާލުކުރެވިފައިވޭ: ފުލުހުން
22 ޖުލައި 2026

ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ

22 ޖުލައި 2026
ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ
16 ޖުލައި 2026

12,000ށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި

16 ޖުލައި 2026
12,000ށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި
07 ޖުލައި 2026

ފުޑްކޯޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 27 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

07 ޖުލައި 2026
ފުޑްކޯޓް ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 27 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
06 ޖޫން 2026

އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

06 ޖޫން 2026
އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
19 މެއި 2026

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި

19 މެއި 2026
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ތިންމީހުން ހައްޔަރުކޮށްފި
04 މެއި 2026

ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން

04 މެއި 2026
ބީއެމްއެލް އާއި އިމިގްރޭޝަންގެ ޑިޖިޓަލް އިންޓަގްރޭޝަނުން ކާޑާއި އެކައުންޓަށް އިތުރު ރައްކާތެރިކަން
02 މެއި 2026

ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި

02 މެއި 2026
ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
29 އެޕްރީލު 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ
17 އެޕްރީލު 2026

މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި

17 އެޕްރީލު 2026
މަސްތުވާތަކެތި ގެންގުޅެ، ޖުވާކުޅޭ ކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް