Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއުތުރު ކޮރެއާ

ގައުމަށް ކުރިމަތިވެފައިވާ ގަދަ ހޫނުން ސަލާމަތްވުމަށް ކުއްތާ ސޫޕް ބުއިމަށް އުތުރު ކޮރެއާގެ ރައްޔިތުންނަށް ސަރުކާރުން އިރުޝާދު ދީފި

7 އޯގަސްޓު 2026 | ހުކުރު 12:20

އުތުރު ކޮރެއާއަށް ކުރިމަތިވެފައިވާ ގަދަ ހޫނުން ރައްޔިތުން ސަލާމަތްވުމަށްޓަކައި ސިއްހީ އިރުޝާދުތަކާއެކު ސަގާފީ ކާނާގެ ގޮތުގައި ކުއްތާ މަހުގެ ސޫޕް ބޭނުންކުރުމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބާރުއަޅަން ފަށައިފި. މީގެ އިތުރުން، މި ދަތި ހާލަތުގައި ލީޑަރު ކިމް ޖޮންގް އުން ރައްޔިތުންނާ އެކު ސާބިތުކަމާއެކު މަސައްކަތް ކުރައްވާ ކަމަށް ބުނެ ސަރުކާރުން ދަނީ ޕްރޮޕެގެންޑާ ފަތުރަމުން

ރާއްޖެ އެމްވީ | 7 އޯގަސްޓު 2026 | ހުކުރު 12:20
އޮގަސްޓް 4، 2026 ގައި ޕިޔޮންގްޔަންގްގެ މަގެއްގެ މަތީގައި ހިނގާފައި ދިޔަ އަންހެނުންތަކެއް، އަވިން ސަލާމަތްވުމަށް ކުޑަ ބޭނުންކުރަނީ

އޮގަސްޓް 4، 2026 ގައި ޕިޔޮންގްޔަންގްގެ މަގެއްގެ މަތީގައި ހިނގާފައި ދިޔަ އަންހެނުންތަކެއް، އަވިން ސަލާމަތްވުމަށް ކުޑަ ބޭނުންކުރަނީ | ގެޓީ އިމޭޖަސް

ކޮރެއަން ޕެނިންސިއުލާ ނުވަތަ ކޮރެއާ ބައްރަށް ކުރިމަތިވެފައިވާ ގަދަ ހޫނުން ސަލާމަތްވުމަށްޓަކައި، ކުއްތާ މަހުން ތައްޔާރުކޮށްފައިވާ ސޫޕް ބުއިމަށް އުތުރު ކޮރެއާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފި އެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާތަކުން އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ސިފަކުރަނީ ރައްޔިތުންނާ އެކު ދަތި ހާލަތްތަކުގައި ކެތްތެރިކަމާއެކު މަސައްކަތްކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ. އަދި ގަދަ ހޫނާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ކުއްތާ މަހުގެ ސޫޕުން ފެށިގެން ކުކުޅުމަހުގެ ސޫޕާ ހަމައަށް ތަފާތު ބާވަތްތައް ބޭނުންކުރުމަށް ދައުލަތުގެ މީޑިއާއިން ދަނީ ބާރުއަޅަމުންނެވެ.

އެ ގައުމުގެ މޫސުމާ ބެހޭ ރެކޯޑްތައް ބަލަހައްޓަން ފެށިފަހުން އެންމެ މަތީ ފިނިހޫނުމިނެއްގެ ގޮތުގައި 36.7 ޑިގްރީ ސެލްސިއަސް (98.1 ޑިގްރީ ފަރަންހައިޓް) ރެކޯޑް ކުރެވިފައިވާ ކަމަށް ބުރާސްފަތި ދުވަހު ދައުލަތުގެ ޓީވީން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގައުމުގެ މީޑިއާތަކުން ދަނީ "ސަމްބޮކް" ނުވަތަ ހޫނު މޫސުމުގެ އެންމެ ގަދަ ދުވަސްވަރަށް އާދަޔާ ހިލާފު ބޮޑު ސަމާލުކަމެއް ދެމުންނެވެ.

ހޫނުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުއްތާ މަހުގެ ސޫޕް ބޭނުންކުރުމަށް ދީފައިވާ އިރުޝާދެވެ. މިއީ ހޫނު މޫސުމުގެ ގަދަ ހޫނަށް ކެތްކުރުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް އެ ގައުމުގެ ގަދީމީ ގަބޫލުކުރުންތަކުގައި އޮވެ އެވެ. ވެރިކަން ކުރާ ޕާޓީގެ ނޫސް "ރޮޑޮންގް ސިންމުން" ގައި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ޝާއިއުކުރި ސިއްހީ ރިޕޯޓެއްގައި، ޕިއޮންގްޔަންގް ޖެނެރަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާ ހަވާލާދީ ބުނެފައިވަނީ ކަރާ، ކިއުކަމްބާ އަދި ބީންސް ފަދަ ފިނިކޮށްދޭ ކާނާގެ އިތުރުން، ކުއްތާ މަހުގެ ސޫޕާއި، ބަތްޕެން ފަދަ "މުއްސަނދި ކާނާ" ބޭނުންކުރުން މުހިންމު ކަމަށެވެ.

އެ ނޫހުން ވަނީ ކުއްތާ މަހުގެ ސޫޕަށް ހާއްސަ ރިޕޯޓެއް ވެސް ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓުގައި އެއީ ހޫނު މޫސުމުގެ ސަގާފީ ކާނާއެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، "ހޫނު މޫސުމުގެ އެންމެ ހޫނު ބާރު ދުވަސްވަރު ކުއްތާ މަހުގެ ސޫޕް ފައި މައްޗަށް ބަންޑުންވިޔަސް، އެއީ ބޭހަކަށް ވާނެ" ކަމަށް ބުނާ މުސްކުޅި ބަހެއް ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން، މިއަހަރުގެ ކުރީކޮޅު ކުއްތާ މަސް ކެއްކުމުގެ ގައުމީ މުބާރާތެއް ބާއްވާފައިވާ ކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮރެއަން ސެންޓްރަލް ޓެލެވިޜަނުން މި ހަފުތާގައި ވަނީ ގަދަ ހޫނުގައި ސިއްހަތު ރައްކާތެރިކުރުމާ ބެހޭ ހާއްސަ ޕްރޮގްރާމްތަކެއް ދައްކާފަ އެވެ. މީގެ ތެރޭގައި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ބޯންޖެހޭ ބުއިންތަކާއި، ފަތަން ދިއުމާއި ބޭރުތެރޭގައި ކަސްރަތު ކުރުމާ ގުޅޭ އިރުޝާދުތައް ހިމެނެ އެވެ.

އުތުރު ކޮރެއާއިން ހޫނުގެ ސަބަބުން މަރުވި މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަވަށްޓެރި ދެކުނު ކޮރެއާއިން ވަނީ މި ހޫނު ރާޅާ ގުޅިގެން 20 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ދައުލަތުގެ މީޑިއާއިން ސިއްހީ އިރުޝާދުތަކުގެ އިތުރުން، އާންމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ގަދަ ހޫނު ލީޑަރު ކިމް ޖޮންގް އުން ވެސް ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ޕްރޮޕެގެންޑާ ފަތުރަމުންދެ އެވެ. އެގޮތުން "ރޮޑޮންގް ސިންމުން" ނޫހުން ވަނީ 2013 ވަނަ އަހަރުގެ ހޫނު މޫސުމުގައި ކިމް އިމާރާތްކުރުމުގެ މަސައްކަތް ހިނގާ ސައިޓަކަށް ކުރެއްވި ޒިޔާރަތެއްގެ ހަނދާންތައް އާކޮށްފަ އެވެ. އެ ދަތުރުފުޅުގައި ކިމްގެ ހެދުންކޮޅު ދަލުން ތެމި ފޯވެފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، އަހަރުގެ މި ދުވަސްވަރު އެފަދަ ދަތުރުފުޅުތައް ނުކުރެއްވުމަށް އޮފިޝަލަކު އެދުމުން، "މޫސުން ކިތަންމެ ހޫނު ނަމަވެސް، ރައްޔިތުންނަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަންވާނެ" ކަމަށް ކިމް ވިދާޅުވި އެވެ.

އެހެން ރިޕޯޓެއްގައި ބުނެފައިވަނީ، ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އެރި ދުވަހެއްގައި ކިމް ވަނީ ސީފުޑް ފެކްޓްރީއަކަށް ޒިޔާރަތްކުރައްވާފައި ކަމަށެވެ. އެ ދަތުރުފުޅުގައި ކާނާގެ ފެންވަރާއި ސާފުތާހިރުކަމަށް ބާރުއަޅުއްވައި، އާދަޔާ ހިލާފަށް ހޫނުގަދަ ކޮޓަރިތައް ކިމް ބައްލަވާލެއްވި ކަމަށް ސިފަކޮށްފައިވެ އެވެ.

ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ހީޓް ވޭވްގެ ތެރޭގައި ކިމް ޖޮންގް އުން ކުރައްވަމުން ގެންދަވާ ކަންކަމުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

އުތުރު ކޮރެއާކިމް ޖޮންގ އަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

05 އޯގަސްޓު 2026

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

05 އޯގަސްޓު 2026
އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި
02 ޖުލައި 2026

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި

02 ޖުލައި 2026
ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 105 އަހަރު ފުރުމާ ގުޅިގެން، އުތުރުކޮރެ އާއި ދިވެހިރާއްޖޭގެ ރައީސުން ހިމެނޭ ގޮތުން ސިޔާސީ ޕާޓީތަކުންނާއި ވެރިން ތަހުނިޔާ ފޮނުވައިފި
25 އޮކްޓޯބަރު 2025

ޑޮނަލްޑް ޓްރަމްޕް އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ

25 އޮކްޓޯބަރު 2025
ޑޮނަލްޑް ޓްރަމްޕް އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
02 ސެޕްޓެމްބަރު 2025

ޕުޓިން އާއީ ޝީ ގެ ބައްދަލުވުން: ޕުޓިން ވިދާޅުވަނީ ދެ ގައުމުގެ ގުޅުން "މީގެ ކުރިން ދެކެފައި ނުވާ" މިންވަރަކަށް ކުރި އަރާފައިވާ ކަމަށް

02 ސެޕްޓެމްބަރު 2025
ޕުޓިން އާއީ ޝީ ގެ ބައްދަލުވުން: ޕުޓިން ވިދާޅުވަނީ ދެ ގައުމުގެ ގުޅުން "މީގެ ކުރިން ދެކެފައި ނުވާ" މިންވަރަކަށް ކުރި އަރާފައިވާ ކަމަށް
27 ފެބުރުއަރީ 2025

އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި

27 ފެބުރުއަރީ 2025
އުތުރު ކޮރެއާ އިން ރަޝިއާ އަށް އަލުން ސިފައިން ފޮނުވައިފި
24 ޖުލައި 2024

އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް

24 ޖުލައި 2024
އުތުރު ކޮރެއާ އިން ފޮނުވި ކުނި އަޅާފައިވާ ފުއްޕާހަން ތަކެއް ދެކުނު ކޮރެއާގެ ރައީސް އޮފީހުގެ ގޯތި ތެރެއަށް
15 ސެޕްޓެމްބަރު 2023

އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟

15 ސެޕްޓެމްބަރު 2023
އެމެރިކާއިން އުޅެނީ އުތުރު ކޮރެއާއާ ވާހަކަ ދައްކަން ނުކެރިގެން؟
13 ސެޕްޓެމްބަރު 2023

އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފި

13 ސެޕްޓެމްބަރު 2023
އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް ކިމް ޖޮން-އުން ރަޝިއާއަށް ވަޑައިގެންފި
25 މާރިޗު 2023

ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

25 މާރިޗު 2023
ކަނޑުއަޑިން ނިޔުކުލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި
20 ޑިސެމްބަރު 2022

ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ

20 ޑިސެމްބަރު 2022
ދަތިކުރުމުގެ ފިޔަވަޅަކުން މިސައިލެއް ނުހުއްޓުވޭނެ - އުތުރު ކޮރެއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް