މަންމަ އާއި ތުއްތު ކުދިންނަށް ޚާއްސަ ކެއަރ ބްރޭންޑު "މާތޭ" ރާއްޖޭގައި ލޯންޗްކޮށްފި
2 އޯގަސްޓު 2026 | އާދީއްތަ 10:06އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ސުރޭޝް ރައިނާގެ "މާތޭ" ބްރޭންޑަކީ ކެމިކަލްތަކުން ދުރު، ގުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތުއްތުކުދިންނަށް ޚާއްސަކޮށް އުފައްދާފައިވާ އިތުބާރު ހުރި އުފެއްދުންތަކެއް. ރާއްޖޭގެ ބާޒާރަށް މިހާރު ތައާރަފުކޮށްފައިވާ މި ބްރޭންޑުގެ 19 ބާވަތެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ބައެއް އަމިއްލަ ފިހާރަތަކުންނާއި އޮންލައިންކޮށް ލިބެން ހުންނާނެ


މަންމަ އާއ ތުއްތު ކުދިންނަށް ޚާއްސަ ބްރޭންޑް މާތޭ | މާތޭ
ނެޗުރަލް، ވީގަން އަދި އަޔުރުވެދިކް ފޯމިއުލާ ތެރެއިން ތައްޔާރުކޮށްފައިވާ، މައިންނާއި ތުއްތު ކުދިންނަށް ޚާއްސަ ކެއަރ ބްރޭންޑް "މާތޭ" ދިވެހިރާއްޖޭގައި ރަސްމީކޮށް ލޯންޗްކޮށްފި އެވެ.
ކުރީގެ އިންޑިއާ ކްރިކެޓް ޓީމް ކެޕްޓަން ސުރޭޝް ރައިނާ އަދި އޭނާގެ އަނބިމީހާ ޕްރިޔަންކާ ޗައުދަރީ ރައިނާ 2019 ވަނަ އަހަރު ފެށިގެން އުފައްދާފައިވާ މާތޭ ބްރޭންޑަކީ 2025 ވަނަ އަހަރު އިންޑިއާގެ އެންމެ ރަނގަޅު މައިންނާއި ތުއްތު ކުދިންގެ ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑަކަށް ހޮވިފައިވާ ބްރޭންޑެކެވެ.
ޕްރިޔަންކާ މާބަނޑު ދުވަސްވަރު، ތުއްތު ކުދިންގެ ކެއަރ ޕްރޮޑަކްޓްތަކުގައި ހިމެނޭ، ހަންގަނޑަށް އަދި ސިއްހަތަށް ގެއްލުންދޭ ބާރުގަދަ ކެމިކަލްތަކުން ދުރު، އިތުބާރުލިބޭ ޕްރޮޑަކްޓެއް އުފައްދަން ނިންމާ، ފެށި މާތެ ބްރޭންޑް، މިއަދު އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ކާމިޔާބުކަމާއެކު ވިޔަފާރިކޮށް، އިތުބާރު ހޯދާފައިވެ އެވެ.
މާތޭގެ ޕްރޮޑަކްޓްތަކަކީ، ދިވެހިރާއްޖޭގައި މިހާރު ލިބެންހުރި ގިނަ ބޭބީ ކެއަރ ބްރޭންޑްތަކާ އަޅާބަލާއިރު ނެޗުރަލް، ވީގަން އަދި އަޔުރުވެދިކް ފޯމިއުލާތަކުން ތައްޔާރުކޮށް، ޑަރމެޓޮލޮޖިކަލީ އަދި ޕީޑިއެޓްރިޝަން ޓެސްޓްކޮށް ކަމާގުޅޭ އިދާރާތަކުގެ ހުއްދަލިބިފައިވާ ޕްރޮޑަކްޓެކެވެ. މީގެ އިތުރުން ގިނަ ބޭބީ ކެއަރ ޕްރޮޑަކްޓްތަކުގައި ހިމެނޭ ޕެރަބެންސް، ސަލްފޭޓްސް އަދި މިނަރަލް އޮއިލް ނެތް ފޯމިއުލާތަކުން އުފައްދާފައިވާ، ތުއްތު ކުދިންނާއި ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް ވަރަށް ރަނގަޅު ޕްރޮޑަކްޓްތަކެކެވެ.

މަންމަ އާއި ތުއްތު ކުދިންނަށް ހާއްސަ ބްރޭންޑް މާތޭ | މާތޭ
މިވަގުތު މާތޭގެ ޕްރޮޑަކްޓް ރޭންޖުގައި 19 ވައްތަރުގެ ހިމެނޭހެން، ބޭބީ ޝޭމްޕޫ، ކިޑްސް ފޭސް ވޮޝް، ކިޑް ކޮންޑިޝަނަރ، ހެއަރ އޮއިލް، މަސާޖް އޮއިލް، ބޮޑީ ވޮޝް، ލޯޝަން، ބޮޑީ ބަޓަރ، ބޭބީ ޕައުޑަރ، ގިފްޓް ބޮކްސް އަދި ކުދިންނަށް ޚާއްސަ ގިނަ ޕްރޮޑަކްޓްތަކެއް ހިމެނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޕްރޮޑަކްޓް ރޭންޖު އިތުރުވެގެން ދާނެ އެވެ.
މާތޭ ޕްރޮޑަކްޓްތައް، އެސްޓީއޯ ޕީޕަލްސް ޗޮއިސް، ފަހި ގްރޭންޑް ހުޅުމާލެ، އަދި މާލެއާއި އެހެން ބައެއް ރަށްރަށުގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. އޮންލައިންކޮށް އޯޑަރުކުރަން ބޭނުންވާ ފަރާތްތަކުން މާތޭގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް، ނުވަތަ 7799494 އަށް ވަޓްސްއެޕް ކުރުމުން ގޭއްގެއަށް ޑެލިވަރީގެ ޚިދުމަތް ވެސް ލިބޭނެ އެވެ.









