Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދިފާއު ކުރަން މުޅި ސަރުކާރު ނުކުންނަން ޖެހުމަކީ އެމަނިކުފާނަށް ގޯސްތަކެއް ހެއްދެވިފައިވާ ކަމުގެ ހެއްކެއް: ޣާލިބު

31 ޖުލައި 2026 | ހުކުރު 08:24

މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަކީ އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށް މާލެ ސިޓީ ކައުންސިލަރު ޣާލިބު ވިދާޅުވި. ސަރުކާރުން މަޝްރޫއުތަކުގެ ބޯޑު ބަދަލުކޮށް ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށާއި، މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން 2028 އާ ހަމައަށް ދާއިރު އިގްތިސާދު މުޅިން އިނދަޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޖުލައި 2026 | ހުކުރު 08:24
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވާހަކަ ދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދިފާއު ކުރަން މުޅި ސަރުކާރު ނުކުންނަން ޖެހުމަކީ އެމަނިކުފާނަށް ގޯސްތަކެއް ހެއްދެވިފައިވާ ކަމުގެ ހެއްކެއް ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޣާލިބު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ފަލަސުރުހީ ޕްރޮގްރާމްގައި ޣާލިބު ވަނީ މިނިވަން ދުވަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސްގެ ވާހަކަފުޅުތަކުން ފެނުނީ އަހުލާގީ ދަށު ދަރަޖައެއް ކަމަށެވެ. 

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ތަގުރީރަށް އިޝާރާތް ކުރައްވައި ޣާލިބު ވިދާޅުވީ، އެއީ މިހާތަނަށް ރައީސަކު ދެއްވި އެންމެ ފެންވަރު ދަށް ތަގުރީރު ކަމަށެވެ. އަދި ރައީސް ދައްކަވާ ވާހަކަފުޅުތައް ދިފާއުކުރަން މުޅި ސަރުކާރުން ނުކުންނަން ޖެހުމަކީ ރައީސަށް ގޯސްތަކެއް ހެއްދެވިފައިވާ ކަމުގެ ހެއްކެއް ކަމަށް ޣާލިބު ވިދާޅުވި އެވެ.

މިނިވަން ދުވަހު ރައީސް ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުން ފެނިގެންދިޔައީ ވަރަށް ދަށު ދަރަޖައިގެ އަހުލާގީ މިންގަނޑެއް
އަހުމަދު ޣާލިބު 

ރާއްޖޭގެ އިގްތިސާދީ ހާލަތަށް އިޝާރާތް ކުރައްވައި ޣާލިބު ވިދާޅުވީ 2028 ވަނަ އަހަރާ ހަމައަށް މި ގައުމު ދާއިރު އޮންނާނީ އިގްތިސާދީ ގޮތުން މުޅިން އިނދަޖެހިފައި ކަމަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ޣާލިބު ވިދާޅުވީ، ގިނަ މަޝްރޫއުތަކަކީ ހަމައެކަނި ބޯޑު ޖެހުމަށްފަހު ހުއްޓިފައިވާ ކަންކަން ކަމަށެވެ. އަދި އެއް މަޝްރޫއެއްގެ ބޯޑު ދެ އަހަރު ފަހުން ބަދަލުކޮށް، އައު މަޝްރޫއެއްގެ ގޮތުގައި ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ބައިވަރު ޕްރޮޖެކްޓުތަކެއްގެ ވާހަކަ ވިދާޅުވީ. ދެން އެކަމަކު އަޅުގަނޑު ބަލައިލިއިރުގައި، މިސާލަކަށް ބައެއް ރަށްރަށުގައި، ބިލެތްދޫ ކަހަލަ ރަށްރަށުގައި ފުޓްސަލް ދަނޑު އެއްޗެހި މި ހަދަން ހަވާލުކޮށްފައި. 82 ދުވަހުން ހަދަން ހަވާލުކުއިރު މިއަދާ ހަމައަށް 752 ދުވަސްވެފައި. ދެން ޕްރޮޖެކްޓް އަޅުގަނޑަށް ހީވަނީ ކައުންޓު އެ ކުރީ ވިދާޅުވި ބޯޑު ޖަހާ ވާހަކަ. މިހާރު ޕްރޮޖެކްޓެއް ފަށަން ރައީސް ވަޑައިގަންނަވާއިރުގައި މި ޖަހަނީ އެތާނގައި ބޯޑެއް، އިނެގިއުރޭޝަން ބޯޑެއް. ދެން ގޮސްފައި އޭގެ އަހަރު، ދެ އަހަރު ފަހުން އަނެއްކާވެސް އެ ބޯޑު ބަދަލުކުރަން. މިހާރު އެއީ އަނެއްކާ އާ ޕްރޮޖެކްޓުތަކެއް ގޮތަށް ހިނގާ ކަމެއް. ބޯޑުތައް ބަދަލު ކުރުން
 އަހުމަދު ޣާލިބު 

ޣާލިބު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން 2028 އާ ހަމައަށް ދިއުން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތް ސަރުކާރަށް އަންދާޒާ ނުކުރެވޭ ކަމަށާއި، ރައްޔިތުންނަށް ގައުމުގެ ހާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

އަހުމަދު ޣާލިބުމިނިވަން ދުވަސްމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

30 ޖުލައި 2026

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

30 ޖުލައި 2026
މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު
28 ޖުލައި 2026

އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!

28 ޖުލައި 2026
އެއްކޮށް ނިންމައި ޑެލިވަރކޮށްފި ކަމަށް މިނިވަން ދުވަހު ރައީސް ވިދާޅުވި 590 މަޝްރޫއުގެ ތަފްސީލު ހޯދަން ރާއްޖެ ޓީވީ އިން އާރްޓީއައި އެއް!
27 ޖުލައި 2026

"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"

27 ޖުލައި 2026
"އަމިއްލަ ހަސަދަ ފިލުވުމާއި ދަށު ދަރަޖައިގެ ރައްދު ދިނުމަށް ޤައުމީ ދުވަހެއް، ނުވަތަ ރައީސްގެ ޕޯޑިއަމް ބޭނުން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ކަރާމާާތް ނަގާލުން!"
26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް