Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ޕޯޓް

ތަކެތީގެ އަގު ބޮޮޑުވެގެން އުޅެނީ ޕޯޓުގައި މުދާ ތާށިވުމުން ދިމާވާ މައްސަލަތަކުގެ ސަބަބުން: ރާއީ

30 ޖުލައި 2026 | ބުރާސްފަތި 12:16

މާލޭ ޕޯޓަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އުތުރާއި ދެކުނުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުންް ޕޯޓުތައް ތަރައްގީކުރެއްވި ކަމަށް ކުރީގެ މެންބަރު ރާއީ ވިދާޅުވެއްޖެ. އެމްޕީއެލްގެ ސާފު ފައިދާ ބޮޑުތަނުން ދަށްވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައި، ގުޅީފަޅު ޕޯޓު މަޝްރޫއު ތިލަފުއްޓަށް ބަދަލުކުރުމަކީ އެއްވެސް ޕްލޭނެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ.

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 30 ޖުލައި 2026 | ބުރާސްފަތި 12:16
މިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ވާ ކޮށްލި ހިސާބުން: ރާއީ

މިސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން މަޖުބޫރުވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ވާ ކޮށްލި ހިސާބުން: ރާއީ | ރާއްޖެއެމްވީ

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދަނީ މާލޭ ޕޯޓުގައި މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކާއި، ޕޯޓު ތެރޭގައި މުދާ ތާށިވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި "ހަރުގެ" ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު ސިންގަޕޫރު، ދުބާއީ އަދި ސްރީލަންކާ ފަދަ ގައުމުތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އަދި ނާލުގެ އަގު އުފުލޭ ކަމަށެވެ. ނާލުގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ކުރާ ކަމަށާއި، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ 2008 ވަނަ އަހަރު އޭރުގެ އެމްޑީޕީ ސަރުކާރުގައި ކަން ރާއީ ފާހަގަކުރެއްވި އެވެ. މާލޭ ޕޯޓަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނުގައި އޭރު ޕޯޓުތައް ގާއިމުކުރެވުނުކަން ފާހަގަކުރައްވަމުން ރާއީ ވިދާޅުވީ، ހިތަދޫ ޕޯޓްސް ލިމިޓެޑާއި ކުޅުދުއްފުށި ޕޯޓްސް ލިމިޓެޑް ތަރައްގީކޮށް، އެ ތަންތަނަށް ގެންދާ މުދަލުން 30 އިންސައްތަ ޑިއުޓީ މާފުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލި އެމްޑީޕީ ސަރުކާރުން ކަމަށެވެ.

އޭރު އެކުލަވާލި ސިޔާސަތެއް މާލޭގައި ޕޯޓުގެ ކޮންޖެސްޓް ހައްލުކުރުމުގެ ގޮތުން ގެނައި ވަގުތީ ބަދަލެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޯޓުތައް ތަރައްގީކުރުން. 2008 އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް 100 ކޮންޓެއިނަރަށް ވުރެ އިތުރުވަމުން ދިޔައީ މި ޕޯޓަށް ޓްރާންޝިޕްމަންޓް ގޮތުގައި ގެންދާތީ
މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ރާއީ

2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 ކޮންޓެއިނަރަށް ވުރެ ގިނައިން ޓްރާންޝިޕްމަންޓްގެ ގޮތުގައި އެ ޕޯޓުތަކަށް ގެންދިޔަ ކަމަށާއި މާލޭގެ ވިޔަފާރިވެރިން ވެސް އުތުރާއި ދެކުނުގެ ޕޯޓުތަކުގެ ބޭނުން ހިފުމުގެ ނަތީޖާއެއްގެ ގޮތުން އެމްޕީއެލްގެ ރެވެނިއު ދިޔައީ ދުވަހެއް ދުވަހަކަށް މަތިވަމުން ކަމަށެވެ. ރާއީ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ އަހަރީ ފައިދާގެ ގޮތުގައި އޭރު 100 މިލިއަނާއި 300 މިލިއަނުން ދިޔައީ ފައިދާ ލިބެމުންނެވެ. ނަމަވެސް، މިދިޔަ އަހަރު އެމްޕީއެލްގެ ސާފު ފައިދާ 10 މިލިއަން ރުފިޔާއަށް ދަށްވެފައިވާކަން ފާހަގަކުރައްވަމުން ރާއީ ވިދާޅުވީ، މާލޭގެ މަޖީދީމަގުގައި ހުންނަ ސައި ހޮޓަލަކަށް ވެސް އެއަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ. މިހާރު ލިބޭ ފައިދާއަކީ ވެސް ކެރޭނު ހަލާކުވުން ފަދަ އެކި އުޒުރުތައް ދައްކައިގެން، ޕޯޓުގައި ހުންނަ މުދާތައް ހިފަހައްޓައިގެން ނަގާ ޖޫރިމަނާއިން ލިބޭ ފައިސާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މުދާ ކްލިއަރ ކުރުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން، މުދަލުގެ އަގު އުުފުލެމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރާއީ އިތުރަށް ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގުޅީފަޅުގައި ޕޯޓު ތަރައްގީކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ދުރުރާސްތާގެ ހަރުދަނާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ޕްލޭނެއް ނެތި، ޕޯޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ނިންމެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ރާއީއެމްޕީއެލްމާލޭ ޕޯޓް

އިތުރަށް ކިޔާލަން

16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
14 މާރިޗު 2026

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026
މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ
20 ފެބުރުއަރީ 2026

ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

20 ފެބުރުއަރީ 2026
ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ
05 ފެބުރުއަރީ 2026

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް