Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ޓެކްނޮލޮޖީބައިނަލްއަޤްވާމީ ޖައްވީ މަރުކަޒު

ޖައްވުމުގައި އަށް މަސް ދުވަހު މަސައްކަތް ކުރުމަށްފަހު، އެމެރިކާ އާއި ރަޝިޔާގެ އެސްޓްރޮނޯޓުންގެ ޓީމު ބިމަށް އަތުވެއްޖެ

26 ޖުލައި 2026 | އާދީއްތަ 15:13

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުގައި އަށް މަސްދުވަހު މަސައްކަތްކުރި އެމެރިކާ އާއި ރަޝިޔާގެ އެސްޓްރޮނޯޓުން ކަޒަކިސްތާނަށް އެނބުރި އައިސްފައިވާއިރު، އާ މިޝަނެއްގެ ދަށުން އިތުރު ތިން އެސްޓްރޮނޯޓަކު މިހާރު ވަނީ ޖައްވީ މަރުކަޒަށް ގޮސްފައި. ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދެ ގައުމުގެ ސިޔާސީ ގުޅުން ގޯސްވި ނަމަވެސް، ޖައްވީ ދިރާސާތަކުގައި ނާސާ އާއި ރޮސްކޮސްމޮސް އިން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުން

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 15:13
ކަޒަކިސްތާނުގެ ޒެޒްކަޒްގަން ކައިރީގައި އޮންނަ އެކަހެރި ސަރަހައްދަކަށް އާދީއްތަ ދުވަހު ޖެއްސި ސޮޔޫޒް އެމް.އެސް-28 އުޅަނދުގެ ތެރޭގައި (ވައަތުން ކަނާތަށް) ނާސާގެ އެސްޓްރޮނޯޓް ކްރިސް ވިލިއަމްސް އާއި، ރޮސްކޮސްމޮސްގެ ކޮސްމޮނޯޓް ސަރްގޭ ކުޑް-ސްވަރްޗްކޯވްގެ އިތުރުން ރޮސްކޮސްމޮސްގެ ކޮސްމޮނޯޓް ސަރްގޭ މިކައޭވް

ކަޒަކިސްތާނުގެ ޒެޒްކަޒްގަން ކައިރީގައި އޮންނަ އެކަހެރި ސަރަހައްދަކަށް އާދީއްތަ ދުވަހު ޖެއްސި ސޮޔޫޒް އެމް.އެސް-28 އުޅަނދުގެ ތެރޭގައި (ވައަތުން ކަނާތަށް) ނާސާގެ އެސްޓްރޮނޯޓް ކްރިސް ވިލިއަމްސް އާއި، ރޮސްކޮސްމޮސްގެ ކޮސްމޮނޯޓް ސަރްގޭ ކުޑް-ސްވަރްޗްކޯވްގެ އިތުރުން ރޮސްކޮސްމޮސްގެ ކޮސްމޮނޯޓް ސަރްގޭ މިކައޭވް | ނާސާ

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި އަށް މަސް ދުވަހު މަސައްކަތް ކުރުމަށްފަހު، އެމެރިކާ އާއި ރަޝިޔާގެ އެސްޓްރޮނޯޓުން ހިމެނޭ ޓީމު އާދީއްތަ ދުވަހު ކަޒަކިސްތާނުގެ ހުސްބިމަކަށް ރައްކާތެރިކަމާއެކު ޖައްސައިފި އެވެ.

ނާސާގެ އެސްޓްރޮނޯޓް ކްރިސް ވިލިއަމްސް އާއި ރަޝިޔާގެ ސާގޭ ކުޑް-ސްވަރްޗްކޯވް އަދި ސާގޭ މިކައޭވް ދަތުރުކުރި "ސޮޔޫޒް އެމްއެސް-28" އުޅަނދު ޖައްސާފައިވަނީ ޒެޒްކަޒްގަންގެ އިރުދެކުނުން ކަނޑައެޅިފައިވާ ސަރަހައްދަކަށް ވައިކުޑައިގެ އެހީގަ އެވެ.

"ސޮޔޫޒް އެމްއެސް-28" އުޅަނދު ޖައްސާފައިވަނީ ޒެޒްކަޒްގަންގެ އިރުދެކުނުން ކަނޑައެޅިފައިވާ ސަރަހައްދަކަށް ވައިކުޑައިގެ އެހީގައި

ޖައްވީ މަރުކަޒުގައި 241 ދުވަސް ހޭދަކުރި މި މިޝަނަކީ ވިލިއަމްސް އާއި މިކައޭވް ޖައްވަށް ކުރި ފުރަތަމަ ދަތުރެވެ. ނަމަވެސް މިއީ ކުޑް-ސްވަރްޗްކޯވް ޖައްވަށް ކުރި ދެވަނަ ދަތުރެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ޖައްވީ ރޭހުގައި ބޮޑެތި ވާދަވެރިންގެ ގޮތުގައި ތިބި ނަމަވެސް، ރަޝިޔާ އާއި އެމެރިކާއިން މިހާރު އަންނަނީ ޖައްވީ މަރުކަޒާއި އެހެނިހެން މަޝްރޫއުތަކުގައި ގުޅިގެން މަސައްކަތް ކުރަމުންނެވެ. 2022 ވަނަ އަހަރު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫއެރި ނަމަވެސް، ވޮޝިންޓަނާއި މޮސްކޯއިން އަންނަނީ އެއް ގައުމު އަނެއް ގައުމުގެ އުޅަނދުތަކުގައި އެސްޓްރޮނޯޓުން ޖައްވީ މަރުކަޒަށް ފޮނުވައިގެން މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހު، ނާސާގެ އެސްޓްރޮނޯޓް އަނިލް މެނަން އާއި ރޮސްކޮސްމޮސްގެ ކޮސްމޮނޯޓުން ކަމަށްވާ ޕިޔޮޓްރް ޑުބްރޯވް އަދި އެނާ ކިކީނާ ވަނީ އަށް މަސް ދުވަހުގެ މިޝަނަކަށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ގޮސްފަ އެވެ. މި ޓީމު ފުރާފައިވަނީ ރަޝިޔާއިން ކުއްޔަށް ހިފައިގެން އުޅޭ ކަޒަކިސްތާނުގެ ބައިކަނޫރު ކޮސްމޮޑްރޯމުންނެވެ.

މި އުޅަނދު ފުރުވައިލުމުގެ ރަސްމިއްޔާތުގައި ނާސާގެ އެޑްމިނިސްޓްރޭޓަރު ޖެރެޑް އައިޒަކްމަން ބައިވެރިވެވަޑައިގެންފައިވާއިރު، މިއީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ނާސާގެ އިސްވެރިއަކު ބައިކަނޫރަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

އަލަށް ދިޔަ ތިން އެސްޓްރޮނޯޓުން މިހާރު ވަނީ "އެކްސްޕެޑިޝަން 75" ގެ ބައިވެރިންގެ ގޮތުގައި، ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ޖެސިކާ މިއާ އާއި ޖެކް ހެތަވޭ، ޔޫރަޕިއަން ސްޕޭސް އެޖެންސީގެ އެސްޓްރޮނޯޓް ސޯފީ އަޑެނޯޓް އަދި ރޮސްކޮސްމޮސްގެ ކޮސްމޮނޯޓް އެންޑްރޫ ފެޑްޔައޭވްއާ ގުޅިފަ އެވެ.

ބައިނަލްއަޤްވާމީ ޖައްވީ މަރުކަޒުއީ.އޭ.އެސް.އޭރަޝިއާ-ޔޫއެސްކްރިސް ވިލިއަމްސްބައިކަނޫރު

އިތުރަށް ކިޔާލަން

05 ޖުލައި 2026

ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި

05 ޖުލައި 2026
ހަނގުރާމަ އަށް ޙައްލު ހޯއްދުމަށް އެހީތެރި ވާނެ ކަމަށް، ޓްރަމްޕް ޕުޓިން އަށް އަންގަވައިފި
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
17 ޖޫން 2026

ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް

17 ޖޫން 2026
ރަޝިޔާގެ ތެލުގެ ވިޔާފާާރި އަށް ފިޔަވަޅު އަޅަން ތައްޔާރު: ޓްރަމްޕް
26 ފެބުރުއަރީ 2026

ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި

26 ފެބުރުއަރީ 2026
ޓްރަމްޕްގެ ބޯޑު އޮފް ޕީސްއާ މެދު ރަޝިޔާ އިން ސުވާލު އުފައްދައިފި
20 ޖެނުއަރީ 2026

ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ސުލްޙައިގެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ޕުޓިން އަށް ދެއްވާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
31 އޮކްޓޯބަރު 2025

ރަޝިޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބުނެ، ޓްރަމްޕް އަށް ރައްދު ދީފި

31 އޮކްޓޯބަރު 2025
ރަޝިޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބުނެ، ޓްރަމްޕް އަށް ރައްދު ދީފި
11 ސެޕްޓެމްބަރު 2025

ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި

11 ސެޕްޓެމްބަރު 2025
ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް