Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް ކޮމެޓީ ބައްދަލުވުން

ކަރަންޓާ ފެނުގެ މައްސަލައާ ގުޅިގެން ސަރުކާރުގެ މުއައްސަސާތައް މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި

1 އޮކްޓޯބަރު 2017 | އާދީއްތަ 18:08

ކޮމިޓީއަށް އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ 5 މެންބަރުން ހާޒިރުވެފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 އޮކްޓޯބަރު 2017 | އާދީއްތަ 18:08
އާދިއްތަ ދުވަހު ކުރިއަށް ދިޔަ މަޖިލީސް ބައްދަލުވުން

އާދިއްތަ ދުވަހު ކުރިއަށް ދިޔަ މަޖިލީސް ބައްދަލުވުން

އެންވަޔަރމެންޓް މިނިސްޓްރީއާއި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރު ކުރުމަށް އެ ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފި އެވެ.

އާދިއްތަ ދުވަހުގެ ރޭ 08:30 ގައި ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުުވުމަށް 10 މެންބަރުން ހާޒިރުވެފައިވެ އެވެ. މަޖިލީހުގެ ގަވައިދުގެ 123 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ މާލެއާ ރަށްރަށުގައި ފެނަކައިން ފޯރުކޮށްދޭ ފެނާއި ކަރަންޓާއި ފެނުގެ އަގު ބޮޑުވުމާ ގުޅޭ މައްސަލަ ކޮމިޓީގައި ދިރާސާ ކޮށްފައިވެ އެވެ.

Advertisement - newsAdvertisement

މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެެ މެންބަރު އިބްރާހިމް ޝަރީފު އެވެ.

މައްސަލަ ހުށަހެޅުމަށް މަޖިލީހުގެ އަމީންއާމް އަހުމަދު މުހައްމަދަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފެނާ ނަރުދަމާއަށް އިންތިޒާރުކުރާތާ އެތަށް އަހަރެއް ފަހުން ނަރުދަމާގެ ހިދުމަތް އަދިވެސް ފުރިހަމައަށް ނުދެވޭ އިރު ފެނުގެ ހިދުމަތްދޭން ފެށުމަށް މީޓަރުތައް ބެހެއްޓުމަށްފަހު ފެންޓަނަކަށް 65ރ. ރޭޓުން އެންމެ ދަށް ބޭންޑްގައިވެސް ޗާޖު ކުރުމަށް ނިންމާފައިވާކަން އަންގާފައިވާ ކަމަށެވެ. މި އަގަކީ މާލޭގައި ފެނުގެ ހިދުމަތް ފޯރުކޮށްދޭ އަގަށްވުރެ ތިން ގުނަ ބޮޑު އަދަދެއް ކަަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

ފެނަކީ އަސާސީ ހިދުމަތަކަށް ވެފައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ސަރުކާރަށް ދައްކާ ޓެކްސްތައް ދައްކަމުންދަނީ އެއް މިންގަނޑެއްގައި ކަމަށްވާއިރު މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށް ވުރެ މުދަލާ ހިދުމަތުގެ އަގުބޮޑުވުމުގެ ސަބަބުން މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއީ ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލިގެންދާ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށާއި ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކުންފުންޏެއް ކަން ސާފުކޮށް އެނގެން އޮތް ހިނދު މިފަދަ ކަންކަމަށް ފައިސާ ހޯދުމަށް ބޭނުން ކުރާ ވަސީލަތަކީ ރައްޔިތުންއަތުން އަސާސީ ހިދުމަތް ދިނުމުގެ ނަމުގައި ފެނާއި ކަރަންޓަށް ބޮޑު އަގުތަކެއް ނެގުން ކަމަށްވާ ނަމަ މިކަން އެއްވެސް ހާލެއްގައި ބަލައިނުގަނެވޭނެ ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި މިހާރުން މިހާރަށް ފެނަކައިން ދޭ ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު މާލެއާއި އެއްވަރަށް އެހެން ރަށްރަށުގައިވެސް ކުޑަކޮށްދިނުމުގައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކޭ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން ވަނީ އަންގާރަ ދުވަހުގެ މެންދުރު 01:30 ހަށް އެންވަޔަރމެންޓް މިނިސްޓްރީ އާއި ސްޓެލްކޯ އާއި ފެނަކަ ހާޒިރު ކުރުމަށް ނިންމާފަ އެވެ. ކޮމިޓީގެ ބައްދަލުުވުމުގައި ހުރިހާ މެންބަރުންވެސް ވަނީ އަސާސީ ހިދުމަތްތަކަކީ އަތޮޅު ތެރޭގައާއި މާލޭގައި އަގުގެ ގޮތުން ތަފާތު ކުރުމެއް ހުންނަންޖެހޭނެ ހިދުމަތްތަކެއް ނޫން ކަން ފާހަގަކޮށްފަ އެވެ. އެގޮތުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ހިދުމަތްތަކުގެ އަގަށް ބަލާ އިރު އަތޮޅުތެރޭގައި ކޮންމެ ރަށެއްގައި ޖެނެރޭޓަރެއް ނުވަތަ ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމުގެ ހަރަދު ބޮޑުވެދާނެ ކަަމަށާއި އެހެން ނަމަވެސް މި ހިދުމަތްތަކަކީ އަސާސީ ހިދުމަތްތަކަށްވާތީ ސަބްސިޑައިޒް ކޮށްގެން ނަމަވެސް ހިދުމަތްތައް ފުރިހަމަ ގޮތުގައި އަގު ހެޔޮކޮށް ދޭން ޖެހޭ ކަމަށެެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، މިއަދު މި ފެނިގެންދަނީ އަސާސީ ހިދުމަތްދޭ ކުންފުނިތައްވެސް ބަނގުރޫޓުވުމާ ގާތްވެފައިވާ މަންޒަރު ކަމަށެވެ. ސްޓެލްކޯ އިން ވެސް ލޯންތައް ނަގައިގެން ޖަނަރޭޓަރުތައް ގެނެސް ދަރަނިވެރިވެފައިވާކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، މިފަދަ އަސާސީ ހިދުމަތްތަކަކީ މިއަށްވުރެ ރަގަޅަށް މެނޭޖު ކުރެވެން ޖެހޭނެ ހިދުމަތްތަކެއް ކަމަށެެވެ.

ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، އަސާސީ ހިދުމަތްތަކަކީ ރައްޔިތުންނަށް އެއް ހަމައެއްގައި އެެއް އުސޫލެއްގައި ލިބެންޖެހޭނެ ހިދުމަތްތަކެއް ކަަމަށް ގަބޫލު ކުރާ ކަމަށެވެ. މި ސަރުކާރުން އެހެން ސަރުކާރުތަކާ ހިލާފަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ރަށްރަށުގައި އަގުގެ މައްސަލަތަކެއް އުޅުނު ކަމުގައިވީ ނަމަވެސް ނަރުދަމާ އާއި ފެނާއި ކަރަންޓްގެ ހިދުމަތްތައް ވަރަށް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލައިގެ އިތުރުން ވެސް ފްލެޓްތަކާއި ގުޅޭ މައްސަލައެއްވެސް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް ހުށަހެޅި ދަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް