Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންސީ އިންތިޚާބު

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި މާރާމާރީ ހިންގައި، ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި މިހާތަނަށް 3 މީހަކު ހައްޔަރަށް!

13 ޖުލައި 2026 | ހޯމަ 05:50

ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭ ކާމިލުދީދީ ސްކޫލުގައި ހިންގި މާރާމާރީއާއި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައި. މި ހާދިސާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މަސްލަހަތު ނަގާލަން މަސައްކަތްކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖުލައި 2026 | ހޯމަ 05:50
ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން | މިދުއާމް ސައުދު- އެކްސް

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ހުޅުމާލޭގައި ބެހެއްޓި ވޯޓު ފޮށި ކައިރީގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓުފޮށި ބެހެއްޓި ކާމިލުދީދީ ސްކޫލުގަ އެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މީގެ ކުރިން ދެމީހަކު ހައްޔަރުކޮށްފައިވެއެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މައްސަލައިގެ އަދާހަމަ ހިއްސާ ކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި، 2026 ޖުލައި 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެތަނުގައި ތިބި ޕީއެންސީގެ ބައެއް މެމްބަރުން އެކަކު އަނެކަކަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގާ މަންޒަރު ފެނެ އެވެ. މީގެ އިތުރުން އެ މަރުކަޒުގައި ހުރި ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަންވެސް ފާހަގަކުރެވެ އެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި، މުދަލަށް ގެއްލުންދޭ މަންޒަރު ވީޑިއޯތަކުން ސާފުކޮށް ފެންނަން ހުއްޓެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މަސްލަޙަތު ގޯސްކުރުމަށް އެތަނުގައި އެއްވެ ތިބި މީހުން މަސައްކަތްކުރާ މަންޒަރުވެސް ވީޑިއޯއިން ފެންނައިރު، މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

 

ޕީއެންސީ އިންތިޚާބުފުލުހުން-ރައްޔިތުންތަހުގީގު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖުލައި 2026

ވެރިކަންކުރާ ޕީއެންސީން ދައުލަތުގެ މުދަލަށް ގެއްލުންދީ ބޮޑު މާރާމާރީއެއް ހިންގި މައްސަލަ ފުލުހުން ބަލަނީ

12 ޖުލައި 2026
ވެރިކަންކުރާ ޕީއެންސީން ދައުލަތުގެ މުދަލަށް ގެއްލުންދީ ބޮޑު މާރާމާރީއެއް ހިންގި މައްސަލަ ފުލުހުން ބަލަނީ
05 މެއި 2026

އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި

05 މެއި 2026
އައިޝާ ޑޮކިއުމަންޓްރީގެ ތަހުގީގަށް އައިޝަތު އީޝާ ފުލުހަށް ހާޒިރުވާން އަންގައިފި
27 އެޕްރީލު 2026

ދަނާލްގައި މަރުވި ކުއްޖާގެ ޒާތީ ޗެޓްލޮގް ހާމަކުރަން ޖެހުނީ ސޯޝަލް މީޑިއާގައި ކިޔަމުންދިޔަ ފާޑުކިޔުންތައް ހުއްޓުވަންކަމަށް ރައީސް ވިދާޅުވެއްޖެ

27 އެޕްރީލު 2026
ދަނާލްގައި މަރުވި ކުއްޖާގެ ޒާތީ ޗެޓްލޮގް ހާމަކުރަން ޖެހުނީ ސޯޝަލް މީޑިއާގައި ކިޔަމުންދިޔަ ފާޑުކިޔުންތައް ހުއްޓުވަންކަމަށް ރައީސް ވިދާޅުވެއްޖެ
23 އެޕްރީލު 2026

ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!

23 އެޕްރީލު 2026
ޔުމްނުގެ މައްސަލައިގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅެއް އަޅާފައިވޭތޯ ނުވަތަ ނޫންތޯ މިނިސްޓަރަށް ވިދާޅުވެ ނުދެއްވުނު!
19 އެޕްރީލު 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

19 އެޕްރީލު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 16 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
18 އެޕްރީލު 2026

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!
03 މާރިޗު 2026

އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

03 މާރިޗު 2026
އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ
23 ނޮވެމްބަރު 2025

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް
18 ނޮވެމްބަރު 2025

މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

18 ނޮވެމްބަރު 2025
މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ
23 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް

23 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް