Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނާލްގެ ޙާދިސާ

ދަނާލްގައި މަރުވި ކުއްޖާގެ ޒާތީ ޗެޓްލޮގް ހާމަކުރަން ޖެހުނީ ސޯޝަލް މީޑިއާގައި ކިޔަމުންދިޔަ ފާޑުކިޔުންތައް ހުއްޓުވަންކަމަށް ރައީސް ވިދާޅުވެއްޖެ

އެމްއެންޔޫގެ ދަނާލުގައި ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހައްސާސް މައުލޫމާތުތަކެއް ހާމަކުރީ ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ވާހަކަތަކުގެ ސަބަބުން ކަމާބެހޭ މުވައްޒަފުންނަށް ކުރިމަތިވި ޕްރެޝަރާ ހުރެ މަޖުބޫރުވެގެން ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބަލާއިރު އެފަދަ ޒާތީ މައުލޫމާތު ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ރައީސް ގަބޫލުފުޅު ކުރެއްވި ނަމަވެސް، އެކަން ކުރަން ޖެހުނީ މުއައްސަސާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި.. ނަމަވެސް މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާމެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2026 | ހޯމަ 08:17
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު | ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، އެމްއެންޔޫގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން ދިޔަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި އެކުއްޖާގެ ޒާތީ ޗެޓްލޮގްތައް ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް ހުއްޓުވުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަނާލްގައި ހިނގި ޙާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ އެ ކުއްޖާ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓު ޔުނިޓާ ދެމެދު އެންމެ ހައްސާސް ވަގުތުގައި ދެކެވިފައިވާ ވާހަކަތަކުގެ ޗެޓްލޮގްތައް ހާމަ ކުރައްވާފައެވެ. އެކަމާ ގުޅިގެން އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔާފައި ވެސް ވެއެވެ. އެގޮތުން އެންމެ ނާޒުކު ޙާލަތުގައި ތިބޭ ފަރާތްތަކުން ދައްކާ ވާހަކަތައް އެއްވެސް އިމެއް ނެތި ހާމަކުރެވޭނަމަ އެފަދަ ހޮޓްލައިންތަކަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދާނެކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

އެހެންވެ އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒާވެސް ނޫސްވެރިން ވަނީ ސުވާލު އަމާޒު ކުރައްވާފައެވެ. ނަމަވެސް ރައީސް ދެއްވި ޖަވާބުން ހާމަވެގެން ދިޔައީ ސަރުކާރަށް މުހިއްމުވީ ވިކްޓިމް ސަޕޯޓު ޔުނިޓަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމަށްވުރެ، ސޯޝަލް މީޑިއާގައި ފެތުރޭ ވާހަކަތައް ހުއްޓުވުންކަމެވެ.

ރައީސް ވިދާޅުވީ، އާންމުންގެ ތެރޭގައި މިފަދަ ކަންކަމުގައި ގެންގުޅޭ ވިސްނުން އެއްގޮތްވާން ޖެހޭ ކަމަށާއި، އެއްގޮތް ނުވާނަމަ މައުލޫމާތު ހާމަކުރަން މަޖުބޫރުވާ ޙާލަތްތައް ކުރިމަތިވާ ކަމަށެވެ.

މަޖުބޫރީ ޙާލަތަކަށް ދިޔައީ ކޮންމެވެސް ވަރެއްގެ މައުލޫމާތުކޮޅެއް ދޭން، އެކަމަކު އެއީކީވެސް ރަނގަޅު ކަމެއް ނޫން، އެވެސް ނުދީ ވާނެ ގޮތް ވާން ޖެހޭނެ، އަޅުގަނޑުމެންގެ ތެރެއިން އަންނަ ޑިމާންޑު އަންނަނީ ގޯސްކޮށް ކަމެއް ކޮށްފައޭ އޮންނަނީ ކޮންމެވެސް މީހަކު، ފުރަތަމަވެސް ގޯސް ހެދިކަމަށް މި ނިންމަނީ، ނިންމީމަ ވާ ގޮތަކީ އެ މަސައްކަތް ކުރަން ހުންނަ އެ ވަޒީފާގައި ހުންނަ ކުއްޖާ އޭނާ ވަރަށް ބޮޑު ޕްރެޝަރަކަށް އެބަދޭ، ދެން އޭނާގެ އާއިލާ އޭގެ ސަބަބުން ނުރައްކަލަކަށްވެސް އެބަދޭ، މިކަހަލަ ސިޓުއޭޝަނެއް އެބަ އާދޭ، އެހެންވީމަ އެ އޭންގަލްއިންވެސް އެބަ ބަލަން ޖެހޭ، މިކަހަލަ ވަރަށް އުނދަގޫ ސިޓުއޭޝަނަކަށް ދޭ އަޅުގަނޑުމެންގެ ތެރޭގައި އެއް ވިސްނުމެއް ނެތީމާ
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ދަނާލްގައި މަރުވި ކުއްޖާގެ ކޭސްގައިވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބަލާލި ނަމަވެސް އެ މައުލޫމާތު ހާމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ނަމަވެސް އެ މައްސަލައިގައި މައުލޫމާތު ހާމަކުރީ އައި ޕްރެޝަރތަކާހެދި މަޖުބޫރުވެގެން ކަމަށެވެ. ނަމަވެސް އެފަދަ ހައްސާސް މައުލޫމާތުތަކެއް ހާމަކުރައްވަން ޖެހޭފަދަ ޕްރެޝަރއެއް ހަގީގަތުގައިވެސް އޮތްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

އެކުއްޖާގެ ކޭސްގައި އެ ދުވަހު އަސްލުގަ ހަމަ އެއްވެސް މައުލޫމާތެއް ނުދީ ވާންޖެހޭ ކަމެއް، އެކަމަކު އެކަމުގައި މަސައްކަތް ކުރި ފަރާތްތަކަށް އެ އައި އިޒާރުތަކާއި، ސޯޝަލް މީޑިއާގައި ޚާއްސަކޮށް ފަތުރަމުންދިޔަ ބައިވަރު ވާހަކަތަކުގެ ސަބަބުން އެކަމުގައި އުޅުއްވި ބޭފުޅުން ހަމަ ލިމިޓެޑް މައުލޫމާތުކޮޅެއް ދިނީ، އެކަމަކު އެއީވެސް އަސްލު އިންޓަނޭޝަނަލް މިންގަނޑުގައި ކަމުދާ ކަމެއް ނޫން އެއީކީ، ޕްރޮފެޝަނަލް ބޭފުޅުންވެސް އަދި އަޅުގަނޑުވެސް ޤަބޫލެއް ނުކުރަން އެ މައުލޫމާތު ދެވިގެންވާނެކަމަށް، އެކަމަކު ދޭން ޖެހުނު މިންވަރަކަށް ދިނީވެސް ނޫނިއްޔާ މަޖުބޫރުވީވެސް އެ ޕްރެޝަރ އައިސްގެން.
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށް ވެސް ޙައްޤުތަކެއް ލިބިގެންވާ ކަމަށާއި، އަބުރު ރައްކާތެރި ކުރުމުގެ ހައްޤުވެސް ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކެވީ އެއްވެސް ބޭފުޅެއްގެ ދިފާއުގައެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ ހިއްސާ ކުރެއްވި ޓައިމްލައިނަށް ބަލާއިރު، ފުލުހުންގެ ފަރާތުން އެ ޙާދިސާއަށް އެޓެންޑު ވުމުގައި ބޮޑެތި ލަސްތަކެއް ހުރިކަން ހާމަވެގެން ދިޔައެވެ. ސޯޝަލް މީޑީއާގައިވެސް ދެކެވެމުން ދިޔައީ އެ ވާހަކަތަކެވެ. ނަމަވެސް ރައީސް އެ ވިދާޅުވި ގޮތަށް އެއްވެސް މީހަކަށް ޒާތީ ޕްރެޝަރެއް ކުރިމަތިވިކަމުގެ އެއްވެސް މައުލޫމާތެއް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

 

މުއިއްޒުދަނާލްގައި ހިނގި ޙާދިސާފުލުހުންގެ ރެކޯޑުތަހުގީގު

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!

23 އެޕްރީލު 2026
ދަނާލްގެ ޙާދިސާ: "އައިމް ސޯ ކްލޯސް ޓު ގިވިންގ އަޕް" އޭ ބުނެ ކުރި މެސެޖާ ގުޅިގެން ފުލުހުން އެތަނަށް ދިއުމާ ދޭތެރޭ 4 ގަޑިއިރަށްވުރެ ގިނައިރު ހޭދަވި!
05 އެޕްރީލު 2026

"ނޫނެކޭ" ބުނެ މިފަހަރު ރަތްރޮނގު ދަމާލީ ރައްޔިތުން: ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން!

05 އެޕްރީލު 2026
"ނޫނެކޭ" ބުނެ މިފަހަރު ރަތްރޮނގު ދަމާލީ ރައްޔިތުން: ހާމަވެގެންދިޔައީ ސިޔާސީ މަންފާއަށްޓަކައި ދައުލަތުގެ ބިންގަލާ ކުޅުމަށް ރައްޔިތުން ފުރުސަތު ނުދޭނެކަން!
30 މާރިޗު 2026

ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާކޮށްދޭން އެދިއްޖެ

30 މާރިޗު 2026
ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާކޮށްދޭން އެދިއްޖެ
29 މާރިޗު 2026

ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު

29 މާރިޗު 2026
ޤާނޫނުއަސާސީއަށް އިސްލާޙު ގެނައީ ޒިންމާދާރުކަމާއެކީގައެއް ނޫން، އެއީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އުނި އިސްލާޙެއް: މުއިއްޒު
03 މާރިޗު 2026

އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

03 މާރިޗު 2026
އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ
16 ޑިސެމްބަރު 2025

އަނެއްކާ ވެސް މާރާމާރީ ގެ މައްސަލައެއްގައި ފުލުހަކު ހައްޔަށް! ހަމަލާ ދިނީ ޗެކް ޕޮއިންޓު ގައި ތިބި ފުލުހުންނަށް

16 ޑިސެމްބަރު 2025
އަނެއްކާ ވެސް މާރާމާރީ ގެ މައްސަލައެއްގައި ފުލުހަކު ހައްޔަށް! ހަމަލާ ދިނީ ޗެކް ޕޮއިންޓު ގައި ތިބި ފުލުހުންނަށް
23 ނޮވެމްބަރު 2025

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް
18 ނޮވެމްބަރު 2025

މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

18 ނޮވެމްބަރު 2025
މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
23 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް

23 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު