Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސާކް

ސާކްގެ ފުރަތަމަ ޑިވެލޮޕްމަންޓް ރިޕޯޓް ފައިނަލްކުރުމުގެ ބައްދަލުވުން މާލޭގައި ބާއްވައިފި

9 ޖުލައި 2026 | ބުރާސްފަތި 08:42

އޭޑީބީގެ އެހީތެރިކަމާއެކު މާލޭގައި ބޭއްވި މި ބައްދަލުވުމުގައި، ސަރަހައްދީ ފަގީރުކަން ނައްތާލުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެކުލަވާލި "ސާކް ޑިވެލޮޕްމަންޓް ރިޕޯޓް" ވަނީ ފައިނަލްކޮށްފައި. ރާއްޖެއިން ރިޔާސަތު ބެލެހެއްޓި މި މަޝްވަރާތަކުގައި، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 08:42
ސާކްގެ މެމްބަރު ގައުމުތަގެ ދިދަތައް، 2002 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކަތަމަންޑޫގެ މަގެއްގައި ހުރި މަންޒަރު

ސާކްގެ މެމްބަރު ގައުމުތަގެ ދިދަތައް، 2002 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ކަތަމަންޑޫގެ މަގެއްގައި ހުރި މަންޒަރު | ގެޓީ އިމޭޖަސް

ސާކްގެ ގައުމުތަކުގައި ފަގީރުކަން ނައްތާލުމާ ބެހޭ އިންޓަރ-ގަވަރްމަންޓަލް އެކްސްޕަރޓް ގްރޫޕުން، ސާކްގެ ތާރީޚުގައި ނެރޭ ފުރަތަމަ "ސާކް ޑިވެލޮޕްމަންޓް ރިޕޯޓް" (އެސް.ޑީ.އާރް) ފައިނަލް ކުރުމަށް ބޭއްވި ދެވަނަ ބައްދަލުވުން ނިންމާލައިފި އެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި 2026 ޖުލައި 6 އިން 7 އަށް ކުރިއަށްދިޔަ މި ބައްދަލުވުން ބާއްވާފައިވަނީ "އެސް.ޑީ.އާރް 2025: ސާކްގެ ކުރިމަގު ބައްޓަންކުރުމުގައި އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު، މި ބައްދަލުވުން ހޯސްޓްކޮށްފައިވަނީ ދިވެހި ސަރުކާރުންނެވެ. މި މަޝްވަރާތަކުގައި ސާކްގެ ހުރިހާ މެންބަރު ގައުމުތަކެއްގެ ފަރާތުން، ތަރައްގީއާއި ފަގީރުކަން ނައްތާލުމާ ބެހޭ ވުޒާރާތަކުގެ އިސްވެރިންނާއި، ޚާރިޖީ ވުޒާރާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ޑެޕިއުޓީ މިނިސްޓަރު އަލީ ރަޝީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ސަރަހައްދީ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. ބައްދަލުވުން ހުޅުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި އަލީ ރަޝީދު ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމަކަށް ވުމާއެކު، ރާއްޖެއިން ތަރައްގީގެ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ކުރިމަތިވާ ނާޒުކު ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، ހުރިހާ ގައުމުތަކެއް ހިމެނޭ ފަދަ ވަރުގަދަ ސަރަހައްދީ އޮނިގަނޑެއްގެ ބޭނުންތެރިކަން ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި ފަގީރުކަން ކުޑަކުރުމަށް ސަރަހައްދީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ވަޒަންކުރުމަށް ތައްޔާރުކުރާ "ސާކް ޑިވެލޮޕްމަންޓް ރިޕޯޓް" ފައިނަލް ކުރުމެވެ. މި ރިޕޯޓުގައި ވިޔަފާރިއާއި، ގުޅުން ބަދަހިކުރުމާއި، އަދި މޫސުމީ ބަދަލުތަކަށް ކެތްތެރިވުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ވަރުގަދަ ސާކްއެއް ބިނާކުރުމުގެ ތަސައްވަރު ބަޔާންކޮށްފައިވެ އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން، ސާކް ސެކްރެޓޭރިއަޓްގެ ޑިރެކްޓަރު (އިންފޮމޭޝަން އެންޑް ޕަވަރޓީ އެލީވިއޭޝަން) ޕްރަތުމާ އުޕްރެޓީ ފާހަގަކުރެއްވި ގޮތުގައި، މި ރިޕޯޓަކީ މެންބަރު ގައުމުތަކުގެ ސިޔާސަތުތައް އެއްގޮތްކުރުމަށާއި ގުޅިގެން މަސައްކަތް ކުރުމަށް އެކުލަވާލެވޭ މުހިންމު މަގުޗާޓެކެވެ. 

މި ބައްދަލުވުން ނިންމާލާފައިވަނީ ރިޕޯޓް ރަސްމީކޮށް ފާސްކުރުމަށްފަހުގަ އެވެ. މި ރިޕޯޓް ދެން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސާކްގެ މަތީ ފަންތީގެ ބައްދަލުވުމަކަށެވެ. ބައްދަލުވުން މި ބޭއްވީ ފަހަކަށް އައިސް ސަރަހައްދީ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ސާކްގެ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސާކްސާކް ޑިވެލޮޕްމަންޓް ރިޕޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
08 ޖުލައި 2026

ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި

08 ޖުލައި 2026
ސާކްގެ ގައުމުތަކުން ހިންގާ ސައުތު އޭޝިއަން ޔުނިވާސިޓީ އިން އަފްޣާނިސްތާނުގެ ދަރިވަރުންނަށް ދޭ ސްކޮލަޝިޕްތައް މެދުކަނޑާލައިފި
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
24 އެޕްރީލު 2026

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި
16 ފެބުރުއަރީ 2026

ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި

16 ފެބުރުއަރީ 2026
ބަންގްލަދޭޝްގެ އާ ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށް ސާކްގެ ފޮރިން މިނިސްޓަރުންނަށް ދައުވަތު އަރުވައިފި
05 ޖެނުއަރީ 2026

އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ސަޖިތު ޕްރޭމަދާސަ

05 ޖެނުއަރީ 2026
އިންޑިއާ ކަނޑުގެ ސަލާމަތަށް އިންޑިއާގެ ދައުރު މުހިންމު: ސަޖިތު ޕްރޭމަދާސަ
08 ޑިސެމްބަރު 2022

ރައީސް "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

08 ޑިސެމްބަރު 2022
ރައީސް "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް