Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު"އޭ10" ފިހާރަ

ފުޓްސަލް އަށް ހާއްސަ "އޭ10" ފިހާރަ ހުޅުވައިފި

ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އިސްވެ ހުރެ، ގަލޮޅު ނިރޮޅުމަގުގައި "އޭ10" ގެ ނަމުގައި ކުޅިވަރު ސާމާނު ވިއްކާ ހާއްސަ ފިހާރައެއް ހުޅުވައިފި. ފެންވަރު ރަނގަޅު ފުޓްސަލް ބޫޓާއި ކުޅިވަރު ސާމާނުގެ އިތުރުން ޖާރޒީ ޕްރިންޓްކުރުމުގެ ހިދުމަތް ލިބޭ މި ފިހާރައިގެ މައިގަނޑު މަގްސަދަކީ ކުޅުންތެރިންނަށް ބޭނުންވާ ތަކެތި އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ފޯރުކޮށްދިނުން. މިއީ ރާއްޖޭގެ ފުޓްސަލް އާއިލާއަށް ލިބިގެންދިޔަ ބޮޑު ލުޔެއްގެ ގޮތުގައި އަޔާ ފާހަގަކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 7 ޖުލައި 2026 | އަންގާރަ 18:35
އަންގާރަ ދުވަހުގެ ރޭ މާލޭގައި ހުޅުވި "އޭ10" ފިހާރަ.

އަންގާރަ ދުވަހުގެ ރޭ މާލޭގައި ހުޅުވި "އޭ10" ފިހާރަ. | ރާއްޖެ އެމްވީ

ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) އިސްވެހުރެ، ފުޓްސަލް ކުޅުންތެރިންނާއި އެ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "އޭ10" (A10) ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ މާލޭގައި ހުޅުވި "އޭ10" ފިހާރަ ހުންނަނީ ގަލޮޅު ނިރޮޅު މަގުގަ.
އަންގާރަ ދުވަހުގެ ރޭ މާލޭގައި ހުޅުވި "އޭ10" ފިހާރަ ހުންނަނީ ގަލޮޅު ނިރޮޅު މަގުގަ. | ރާއްޖެ އެމްވީ

ގަލޮޅު ނިރޮޅު މަގުގައި ގާއިމުކޮށްފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

"އޭ10" ފިހާރަ އަކީ ފެންވަރު ރަނގަޅު ކުޅިވަރު ސާމާނު ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ތަނެކެވެ. އެގޮތުން، ތަފާތު އެކި ބްރޭންޑްތަކުގެ ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓުތަކާއި، ކުޅިވަރު ކުޅޭއިރު ބޭނުންވާނެ އިތުރު ސާމާނު މި ފިހާރަ އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ޓީމުތަކަށް ބޭނުންވާ ޖާރޒީ ޕްރިންޓްކޮށްދިނުމުގެ ހިދުމަތް ވެސް މި ފިހާރައިން ލިބިގެންދާނެ އެވެ.

"އޭ10" ފިހާރަ އިން ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓު އަދި ޖާރޒީ ލިބެން ހުރޭ.
"އޭ10" ފިހާރަ އިން ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓު އަދި ޖާރޒީ ލިބެން ހުރޭ. | ރާއްޖެ އެމްވީ

މި ފިހާރަ ހުޅުވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިހާރައިގެ ވެރިޔާ އަޔާޒް އަހުމަދު ބުނީ، މިއީ ރާއްޖޭގެ ފުޓްސަލް އާއިލާއަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެއް ކަމަށެވެ. އަދި އޭނާއަކީ އަމަލީ ގޮތުން ފުޓްސަލް ކުޅޭ ކުޅުންތެރިޔަކަށް ވުމާއެކު، މި ވިޔަފާރީގެ ތެރެއަށް ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް އެއް ފުރާޅެއްގެ ދަށުން ފެންވަރު ރަނގަޅު ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް އޭނާ ފާހަގަކުރި އެވެ.

"އޭ10" ފިހާރަ
"އޭ10" ފިހާރަ | ރާއްޖެ އެމްވީ

މި މަސައްކަތް ކާމިޔާބުކަމާއެކު ފެށުމުގައި އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމަށްޓަކައި އަޔާ ވަނީ އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. "އޭ10" ފިހާރަ ހުޅުވުމާއެކު، ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ބޫޓާއި އެހެނިހެން ސާމާނު ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

އޭ10ފުޓްސަލްއަހުމަދު އަޔާޒް (އަޔާ)

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
13 ޖުލައި 2022

ޑެވިލްއެކްސް ބަލިކޮށް ޓީއެފްޓީ ޗެމްޕިއަންކަން ހޯދައިފި

13 ޖުލައި 2022
ޑެވިލްއެކްސް ބަލިކޮށް ޓީއެފްޓީ ޗެމްޕިއަންކަން ހޯދައިފި
12 ޖުލައި 2022

ޓީއެފްޓީ އާއި ޑެވިލްއެކްސް ފައިނަލަށް

12 ޖުލައި 2022
ޓީއެފްޓީ އާއި ޑެވިލްއެކްސް ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު