Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަހުލާ އަލީ އީދު ފުޓްސަލް ޓޯނަމެންޓް

ޑެވިލްއެކްސް ބަލިކޮށް ޓީއެފްޓީ ޗެމްޕިއަންކަން ހޯދައިފި

13 ޖުލައި 2022 | ބުދަ 12:24

ޓީއެފްޓީން މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗުގައި 1-0ން ޑެވިލްއެކްސް ބަލިކޮށްގެން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ޖުލައި 2022 | ބުދަ 12:24
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދަ ފުޓްސަލް ޓައުން (ޓީއެފްޓީ)

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދަ ފުޓްސަލް ޓައުން (ޓީއެފްޓީ)

ވިލިމާލޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ނަހުލާ އަލީ އީދު ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) ން ކާމިޔާބުކޮށްފިއެވެ.

ޓީއެފްޓީން މުބާރާތުގެ ތަށި އުފުލާލީ ފައިނަލް މެޗުގައި 1-0ން ޑެވިލްއެކްސް ބަލިކޮށްގެންނެވެ. މުބާރާތުގެ ރަނާއަޕްކަން ޑެވިލްއެކްސްއިން ހޯދިއިރު، ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެލްކިއު ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީއެފްޓީގެ އަބްދުﷲ މުއާޒްއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީއެފްޓީގެ އިސްމާއިލް ވިފާގްއެވެ. އެންމެ މޮޅު މެނޭޖަރަކަށް ޓީއެފްޓީގެ އަހުމަދު ހުޝާމް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ އެޓީމުގެ އިބްރާހިމް ނާޖިހުއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ޑެވިލްއެކްސްގެ މުހައްމަދު އަނޫފްއެވެ. އެންމެ ގިނަ ލަނޑު ޖެހީ އައްޔާނީ އެފްސީގެ 15 ލަނޑު ޖެހި ޔަފާއުއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޑެވިލްއެކްސްގެ އަބްދުލް އަޒީޒް އާއި އަންސަރުގެ އިތުރުން އައްޔާނީ އެފްސީގެ ޔަފާއު އަދި އެލްކިއު ސްޕޯޓްސް ކްލަބުގެ އަހްމަދު ނާޒިމް އާއި ޓީއެފްޓީގެ އަބްދުﷲ މުއާޒްއެވެ.

މިއީ ވިލިމާލޭގެ ޒުވާނުންނަށް އަމާޒުކޮށްގެން މާލޭ ސިޓީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީގެ އިސްނެގުމާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ. އީދާއި ގުޅުވައިގެން ބޭއްވި މި މުބާރާތް ކުރިއަށް ގެންދިޔައީ ތިން ދުވަހުގެ މުއްދަކަށެވެ. މި މުބާރާތުގައި ޖުމްލަ 32 ޓީމު ބައިވެރިވިއެވެ. މެޗުތައް ކުޅުނީ ނޮކްއައުޓް އުސޫލަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާ އަދި ރަނާއަޕް ޓީމަށް 25،000 ރުފިޔާގެ އިތުރުން މެޑައްޔާއި ޓްރޮފީ ހަވާލުކުރިއެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައިވެއެވެ.

ފުޓްސަލް

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
12 ޖުލައި 2022

ޓީއެފްޓީ އާއި ޑެވިލްއެކްސް ފައިނަލަށް

12 ޖުލައި 2022
ޓީއެފްޓީ އާއި ޑެވިލްއެކްސް ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް