Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމެރިކާ

ކައިވެންޏަށް އެދި ހުށަހެޅުމަށް އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ އެންޓަނާ މައްޗަށް އެރި ދެ މީހަކު ހައްޔަރުކޮށްފި

2 ޖުލައި 2026 | ބުރާސްފަތި 08:04

ނިއުޔޯކްގެ އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ އެންޓަނާ މައްޗަށް ހުއްދަނެތި އަރައި ކައިވެންޏަށް އެދުމުގެ ހަރަކާތެއް ހިންގި ރަޝިޔާގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި. ނެޓްފްލިކްސްގެ ޑޮކިއުމެންޓްރީއަކުން މަޝްހޫރުވި މި ދެ މީހުން 443 މީޓަރު އުސްމިނުގައި ބެނާއެއް ދަމާލާފައިވާއިރު، މިއީ ނުރައްކާތެރި އަދި ގާނޫނާ ޚިލާފު އަމަލެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައި. މި ހާދިސާއާ ގުޅިގެން އެ މީހުން ބޭލުމަށް ފުލުހުން ވަނީ ޚާއްސަ މަސައްކަތްތަކެއް ކޮށްފައި.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 08:04

ނިއު ޔޯކް ސިޓީގެ މެންހަޓަންގައި ހުންނަ އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ އެންމެ މަތީގައި، ރަޝިޔާގެ ދެ މީހުން ބެނާއެއް ނިއުޅާލަނީ | ރޮއިޓާސް

އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ އެންމެ މަތީގައި ކައިވެންޏަށް އެދި ހުށަހެޅުމުގެ ގޮތުން ނުރައްކާތެރި ހަރަކާތެއް ހިންގި ދެ މީހަކު ނިއުޔޯކް ސިޓީން ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ނިއުސް ހެލިކޮޕްޓަރަކުން ބުދަ ދުވަހު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ހެދުން އަޅައިގެން ތިބި ދެ މީހަކު އެ ސިޓީގެ އެންމެ މަޝްހޫރު އެއް ބިނާ ކަމަށްވާ އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ އެންޓަނާ މަތީގައި ތިއްބާ ފެނިފައިވެ އެވެ. ބިމުން ފެށިގެން ގާތްގަނޑަކަށް 443 މީޓަރު (1,454 ފޫޓު) އުސްމިނުގައި ތިބެ، އެ މީހުން ވަނީ އެމީހުންގެ އަތުގައި އޮތް ބެނާއެއް ދަމާލާފަ އެވެ.

102 ފަންގިފިލާގެ އެ އިމާރާތުގައި އާންމުންނަށް ވަދެވޭ ސަރަހައްދުތަކަށްވުރެ މާ މަތީގައި ހުންނަ އެ އެންޓަނާއަށް އެ ދެ މީހުން އެރި ގޮތެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް، އެ ދުވަހުގެ ފަހުގެ ވަގުތެއްގައި ފުލުހުން އާންމުކުރި ބޮޑީ ކެމެރާ ފުޓޭޖުން ފެންނަ ގޮތުގައި، އެ ނުރައްކާތެރި ހަރަކާތް ހިންގި ދެ މީހުން ބޭލުމަށް ފުލުހަކު ވަނީ އެ ސަރަހައްދަށް ގޮސްފަ އެވެ.

އެ ސަރަހައްދަށް އެރުމަށް ހަރުގަނޑަކުން މައްޗަށް އަރަމުން، ވަރަށް ބާރަށް ނޭވާލަމުން އެ ފުލުސް މީހާ އެ ދެ މީހުންގެ ގާތުގައި "ހާލު ކިހިނެއްތޯ" ސުވާލުކުރި އެވެ. ގަދަ ވަޔާއެކު އެ މީހުން ދިން ޖަވާބު ސާފު ނުވި ނަމަވެސް، އެ ތަނުގައި އެ މީހުންނަށް ނުތިބެވޭނެ ކަމަށް ފުލުސް މީހާ ބުނާ އަޑު އިވެ އެވެ.

ހައްޔަރުކުރި ދެ މީހުންނަކީ ރަޝިޔާގެ ދެ ރައްޔިތުން ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. މި ދެ މީހުންނަކީ 2024 ވަނަ އަހަރު ނެޓްފްލިކްސް އިން ނެރުނު "ސްކައިވޯކާސް: އޭ ލަވް ސްޓޯރީ" ކިޔާ ޑޮކިއުމެންޓްރީއަކުން ފެނިގެންދިޔަ ދެ މީހުންނެވެ. މި ޑޮކިއުމެންޓްރީގައި ކިޔައިދެނީ އުސް އިމާރާތްތަކަށް އެރުމުގެ ކުޅިވަރެއް ކަމަށްވާ "ރޫފްޓޮޕިންގ" އަށް އެ ދެ މީހުންގެ ހުންނަ ޝައުގުވެރިކަމުގެ ވާހަކަ އެވެ.

މި ހާދިސާއާ ގުޅޭގޮތުން އެންޖެލާގެ ބައްޕަ، ޑިމިޓްރީ ނިކޮލާއު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނީ، އޭނާ އަމިއްލައަށް ވެސް އިމާރާތްތަކުގެ ފުރާޅު މައްޗަށް އަރާ ކަމަށާއި، އެހެންކަމުން އެކަމާ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރަޝިޔާގެ ސާކަސް އާޓިސްޓެއްގެ ގޮތުގައި ރޮއިޓާސްއިން ސިފަކޮށްފައިވާ ޑިމިޓްރީއަށް، އޭނާގެ ދަރިފުޅު އެ އިމާރާތަށް އަރަން އުޅޭކަން ކުރިންވެސް އެނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭނާ ބުނި ގޮތުގައި، އެމެރިކާ ހިމެނޭހެން ކޮންމެ ގައުމެއްގައި ގާނޫނުއަސާސީއެއް އޮތް ނަމަވެސް، އިމާރާތެއްގެ ފުރާޅު މައްޗަށް އެރުމަކީ އާދައިގެ ކަމެކެވެ.

އެމްޕަޔަރ ސްޓޭޓް ބިލްޑިންގުގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުދަ ދުވަހުގެ މި ހާދިސާއަކީ "ހުއްދަނެތި ހިންގި އަމަލެއް" ކަމަށް ވަނީ ސިފަކޮށްފަ އެވެ. އަދި އެ ދެ މީހުން ކައިވެންޏަށް އެދުމުގެ ހަރަކާތް ހިންގަންވީ އެ އިމާރާތުން ވިއްކާ 1,000 ޑޮލަރުގެ "ހެޕިލީ އެވަރ އެމްޕަޔަރ ޕްރޮޕޯސަލް ޕެކޭޖް" ގަނެގެން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަހުން ހާމަވެފައިވާ ފުޓޭޖުތަކުން ނިއުޔޯކް ފުލުހުން އެދެމީހުން ފަހަތައް ބިޑި އަޅުވައިގެން އިމާރާތުން ނެރެގެން ގެންދާ މަންޒަރު ފެނެ އެވެ.

މަސްދަރު: ރޮއިޓާސް

އެމްޕަޔަރ ސްޓޭޓް ބިލްޑިންގނިއުޔޯކްރޫފްޓޮޕިންގ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
29 ސެޕްޓެމްބަރު 2025

ނިއު ޔޯކުގެ މޭޔަރު އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި

29 ސެޕްޓެމްބަރު 2025
ނިއު ޔޯކުގެ މޭޔަރު އެޑަމްސް، އިންތިޚާބުގައި ވާދަ ނުކުރަން ނިންމައިފި
25 ސެޕްޓެމްބަރު 2025

މެކްރޮންގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ގުޅުއްވީ ސީދާ ޓްރަމްޕް އަށް

25 ސެޕްޓެމްބަރު 2025
މެކްރޮންގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ގުޅުއްވީ ސީދާ ޓްރަމްޕް އަށް
23 ސެޕްޓެމްބަރު 2025

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ
22 ސެޕްޓެމްބަރު 2025

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި
21 ސެޕްޓެމްބަރު 2025

އދ ގެ މަޖިލީހުގައި ސައުދީގެ ބައިވެރިވުމަކީ އަމާންކަމަށް އޮތް މެސެޖެއް

21 ސެޕްޓެމްބަރު 2025
އދ ގެ މަޖިލީހުގައި ސައުދީގެ ބައިވެރިވުމަކީ އަމާންކަމަށް އޮތް މެސެޖެއް
13 ޖުލައި 2025

ރާއްޖެއާ ޑޮމިނިކާއާއި ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކޮށްފި

13 ޖުލައި 2025
ރާއްޖެއާ ޑޮމިނިކާއާއި ދެމެދު ވިސާ އެއްބަސްވުމުގައި ސޮއިކޮށްފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް