Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

މެކްރޮންގެ މޮޓޯކޭޑަށް ހުރަސް އެޅުމުން ގުޅުއްވީ ސީދާ ޓްރަމްޕް އަށް

މެކްރޮން ވަޑައިގެންނެވީ ފްރާންސްގެ އެމްބަސީ އަށެވެ. ފުލުހުން މެކްރޮން އިންނެވި ކާރު ކޮޅު ހުއްޓުވުމާ އެކު، އޭނާ ފުރަތަމަ ވަނީ އެ ތަނުގައި ތިބި ފުލުހުންނާ ވާހަކަ ދައްްކަވައިފަ އެވެ. ނަަމަވެސް، ފުލުހުން ފުރުސަތު ނުދިނުމުން މެކްރޮން ވަނީ ޓްރަމްޕް އަށް ވަގުތުން ގުޅުއްވައިފަ އެވެ.

ފްރާންސްގެ ރައީސް މެކްރޯންގެ ދަތުރު އެމެރިކާގެ ރައީސް ޓްރަމްޕްގެ މޯޓަރކޭޑަށް މަގު ބަންދުކުރުމާ ގުޅިގެން ހުއްޓާލަންޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:05
މެޓޯކޭޑަށް ފުރުސަތު ނުދިނުމުން، ފްރާންސްގެ ރައީސް މެކްރޮން، އެމެރިކާގެ ރައީސް ޓްރަމްޕް އަށް ގުޅުއްވައިގެން

މެޓޯކޭޑަށް ފުރުސަތު ނުދިނުމުން، ފްރާންސްގެ ރައީސް މެކްރޮން، އެމެރިކާގެ ރައީސް ޓްރަމްޕް އަށް ގުޅުއްވައިގެން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ މޮޓޯކޭޑަށް، ނިއު ޔޯކުގެ ފުލުހުން ހުރަސްއެޅުމާ ގުޅިގެން އޭނާ އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ގުޅުއްވައި ދެއްކެވި ވާހަކަ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކަށް މެކްރޮން ވަޑައިގެންނެވީ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅުގެ ތެރެއިން މެކްރޮން އިންނެވި ކާރު ކޮޅު ދުއްވާފައި ދަނިކޮށް، މަގު މަތީގައި ތިބި ފުލުހުން ވަނީ އެ ކާރު ކޮޅު ހުއްޓުވައިފަ އެވެ. އެއީ އެމެރިކާގެ ރައީސް ޓްރަމްޕް ދަތުރު ކުރައްވަމުން ގެންދެވި މޮޓޯކޭޑު އެ ވަގުތު އެ ދިމާލުން ދަތުރު ކުރައްވާތީ އެވެ.

އެ ވަގުތު މެކްރޮން ވަޑައިގެންނެވީ ފްރާންސްގެ އެމްބަސީ އަށެވެ. ފުލުހުން މެކްރޮން އިންނެވި ކާރު ކޮޅު ހުއްޓުވުމާ އެކު، އޭނާ ފުރަތަމަ ވަނީ އެ ތަނުގައި ތިބި ފުލުހުންނާ ވާހަކަ ދައްްކަވައިފަ އެވެ. ނަަމަވެސް، ފުލުހުން ފުރުސަތު ނުދިނުމުން މެކްރޮން ވަނީ ޓްރަމްޕް އަށް ވަގުތުން ގުޅުއްވައިފަ އެވެ.

ކާރު ކޮޅުން ފައިބައި ވަޑައިގެން މެކްރޮން ފުލުހުންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ އަރިހުގައި 10 މެމްބަރުންގެ ވަފުދެއް ބައިވެރިވާ ކަމަށާއި، އޭނާ ދަތުރު ކުރަމުން ދިޔައީ ފްރާންސްގެ އެމްބަސީ އަށް ކަމަށެވެ. ނަމަވެސް މެކްރޮންގެ އަރިހުން މައާފަށް އެދެމުން ފުލުހުންގެ އޮފިސަރު ބުނެފައި ވަނީ، މިވަގުތު ހުރިހާ ކަމެއް ހުއްޓިފައިވާ ކަމަށާއި، މަގު ބަންދު ކޮށްފައިވާ ކަމަށެވެ.

އެއާއެކު މެކްރޮން ވަނީ ޓްރަމްޕް އަށް ގުޅުއްވައިފަ އެވެ. އެންމެ ފުރަތަމަ ޓްރަމްޕްގެ ޙާލު އެއްސެވުމަށް ފަހު މެކްރޮން ވިދާޅުވީ، އޭނާ ހުންނެވީ މަގު މަތީގައި މަޑު ޖެހިފައި ކަމަށެވެ. ސަބަބަކީ ޓްރަމްޕްގެ މޮޓޯކޭޑު ދަތުރު ކުރައްވާތީ ފުލުހުން މަގު ބަންދު ކޮށްފައި އޮތުމުން ކަމަށް މެކްރޮން ވިދާޅުވި އެވެ.

ޓްރަމްޕް އަށް މެކްރޮން ގުޅުއްވި ފަހުން ފުލުުހުން ވަނީ އޭނާ އަށް ފުރުސަތު ދީފަ އެވެ. ނަމަވެސް މީޑިއާ ތަކުގައި ބުނެފައި ވަނީ، ފުލުހުން ފުރުސަތު ދީފައި ވަނީ މެކްރޮން ފައި މަގުގައި ހިންގަވާފައި ވަޑައިގެންނެވުމަށެވެ. މެކްރޮން ހިންގަފާވައިވާ އެމްބަސީ އަށް ވަޑައިގެންނެވި ކަމަށާއި، އެއީ ގާތް ގަނޑަކަށް 10 މިނެޓުގެ ރާސްތާއެއް ކަމަށް ވެސް ބުނެފައިވެ އެވެ،

މެކްރޮން އާއި ޓްރަމްޕް އަކީ އަބަދު ވެސް ގާތް ގުޅުމެއް ބާއްވަވާ ދެ ބޭފުޅުންނެވެ. ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި ވެސް ދެ ބޭފުޅުންގެ ދެ މެދުގައި ގާތް ގުޅުމެއް އޮތްއިރު، ދެ ވަނަ ދައުރުގައި ވެސް އެ ގުޅުން ފެނިގެންދެ އެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ފްރާންސް އިން ނިންމި ނިންމުމާ މެދު، ޓްރަމްޕް ވަނީ ހިތްހަމަ ނުޖެހިފަ އެވެ.

އެކި އެކި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޓްރަމްޕް ދަތުރު ކުރައްވާ މޮޓޯކޭޑު ދަތުރު ކުރައްވާ ވަގުތާ ދިމާވުމުން، ބައެއް އެހެން ޤައުމު ތަކުގެ އިސްވެރިންގެ މޮޓޯކޭޑަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ދަތުރު ކުރެއްވި މޮޓޯކޭޑަށް ވެސް ދަތިތަކާ ދިމާވެފައިވާ ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ދަތުރު ކުރައްވާ ރަސްމީ މޮޓޯކޭޑު ދަތުރު ކުރަމުން ގެންދާއިރު، ސަލާމަތީ ގޮތުން އަބަދު ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަ އެވެ. އެގޮތުން ގިނަ ވަގުތުތަކަށް މަގުތައް ބަންދު ކުރުން ފަދަ ކަންކަން ފާހަގަ ކުރެވެ އެވެ.

މަސްދަރު: ބީބީސީ

އެމެނުއެލް މެކްރޯންޑޮނަލްޑް ޓްރަމްޕްނިއުޔޯކްއދފްރާންސް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު