Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމް އިބްރާހިމް

ބޭސްފަރުވާއަށް ގާސިމަށް އިތުރު ދުވަސް ބޭނުންވޭ، ކަރެކްޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލާފަ: ވަކީލުން

28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:04

ގާސިމަށް ކޮށްފައިވަނީ ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 11:04
ގާސިމް އިބްރާހިމް

ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދިން މުއްދަތު އިތުރު ކުރަން ޖެހޭ ކަމަށާއި މޯލްޑިވްސް ކަރެޝަންސް ސާވީސް އިން ވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލާފަ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ތިން އަހަރާ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމަށް ރާއްޖެއިން ބޭރުން ކުރަން ޖެހޭ ބޭސްފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަ ޖައްސާދިނުމަށް ކްރިމިނަލް ކޯޓުގެ އަމުރުކޮށްފައިވެ އެވެ.

Advertisement - newsAdvertisement

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަވުމުގައި ހިސާން ހުސެއިން ވިދާޅުވީ މާލެ އިން ގާސިމް ބެއްލެވި ޑޮކްޓަރުން ލަފާދީފައިވާ ޓެސްޓް ހެދުމުގެ ކުރިން އަވަސްގޮތެއްގައި ހޯދަން ޖެހޭ އެހެން ފަރުވާއަށް ހޯއްދަވަން ޖެހިވަޑައިގެންނެވި ކަމަށެވެ. އަދި ހިތުގެ އޮޕަރޭޝަނަށް ފަހު އިތުރު ޓެސްޓެއް ހެދުމަށް މަޑުކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށާއި އެ ޓެސްޓް އެންމެ އަވަހަށް ވެސް ހެދޭނީ އޮކްޓޯބަރު 19 ފަހުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ދިނުމުގެ ބަދަލުގައި ކަރެކްޝަނުން މުއްދަތު އިތުރުކޮށްދެމުންދިޔައީ މާލެ ވަޑައިގަތުމަށް ތައްޔާރުވާން ދޭ ދުވަސްތަކެއް ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ޑޮކްޓަރަށް ދައްކަމުންދާ ހުރިހާ ލިޔެކިއުންތަކާއި ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް ފޮނުވަމުންގެންދިޔަ ކަމަށެވެ.

"ސިންގަޕޫރަށް ވަޑައިގެން އެންމެ ފުރަތަމަ ދެއްކި ޓެސްޓްތަކާ ޓެސްޓަތަކުގެ ރިޕޯޓްތަކާ އެ ހުރިހާ ލިޔުންތަކުގެ ތަފްސީލް ގެންދިޔައީ ފޮނުވަމުން،" ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށް ނުދިނުމުން ރާއްޖެވަޑައިގަތުމަށް ޓިކެޓް ބައްލަވައިގެންނެވުމުން ވެސް ފްލައިޓަށް އެރުވުމަށް ސިންގަޕޫރު އެއާލައިން އިން ދެކޮޅު ހެދި ކަމަށާއި ނަމަވެސް އެ އެއާލައިނަށް އެރުވުމަށް ދެކޮޅު ހެދިކަން ލިޔެކިއުންތަކުން ފެންނަން ނެތް ކަމަށް ކަރެކްޝަނުން ބުނި ކަމަށްވެސް ހިސާން ވިދާޅުވި އެވެ.

" އެ ބޭފުޅުން، (ކަރެކްޝަނުން)މި ވިދާޅުވަނީ ސިންގަޕޫރު އެއާލައިން އިން ފްލައި ނުކުރެވޭނެ ކަމަށް މި ލިޔުންތަކުގައި ނެތެއްނޫން ހެއްޔޭ، ނަމަވެސް އެ ލިޔެކިއުންތަކުގައި ޑޮކްޓަރު އެބަ އޮތް ލިޔުއްވާފައި، ނޮޓް ފިޓް ޓު ފްލައި އޭ، ހިސާން ފާހަގަ ކުރެއްވި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސެއިން ޝަމީމް ވިދާޅުވީ ސަރުކާރަށް ފެންނަނީ ހަމަ އެކަނި ގާސިމަށް ހުކުމް ކޮށްފައިވާތަން ކަމަށެވެ. އަދި ބޭސްފަރުވާ ކުރުމަށް ފުރުސަތުދޭން ދައުލަތުގެ އެންމެހާ ފަރާތްތަކުގެ މައްޗަށް ކޯޓުން އަމުރުކޮށްފަވާއިރު ބޭސްފަރުވާއަށް ފުރުސަތު ދިނުމަކީ ކަރެކްޝަނުގެ އިހްތިޔާރީ ކަމެއް ނޫން ކަމަށެވެ. އަދި ބޭސްފަރުވާއަށް މުއްދަތު އިތުރުކޮށް ނުދޭ މައްސަލާގައި ތަފާތު 84 ސިޓީއެއް އެކި ތަންތަނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެހެންމެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާލާވާތީ އެ މައްސަލަ ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ގައެވެ. އަދި އެއަށް ފަހު ޓެސްޓުތައް ހެދުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް