Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ތިން މެޗު ވެސް ކާމިޔާބުކޮށް އިންޑިއާއިން ސީރީސް ކާމިޔާބުކޮށްފި

25 ސެޕްޓެމްބަރު 2017 | ހޯމަ 07:09

މި ސީރީސްގެ ދެވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 50 ލަނޑުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 25 ސެޕްޓެމްބަރު 2017 | ހޯމަ 07:09
އިންޑިއާގެ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން

އިންޑިއާގެ ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން

އިންޑިއާއާއި އޮސްޓްރޭލިއާގެ ދެމެދުގައި ކުޅުނު އޯޑީއައި ސީރީސްގައި ތިން މެޗު ވެސް އިންޑިއާއިން ކާމިޔާބު ކޮށްފިއެވެ.

އިންޑިއާގެ ކޮލްކަޓާގައި ކުރިޔަށް ދިޔަ މި ސީރީސްގެ ދެވަނަ މެޗު އެ ޓީމުން ކާމިޔާބު ކުރީ 50 ލަނޑުންނެވެ. މި މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރައި އިންޑިއާއިން ވަނީ 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 252 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އިންޑިއާއިން އެންމެ ރަނގަޅަށް ބެޓް ކުރީ 146 ބޯޅައިން 92 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ވިރާތް ކޯލީއެވެ.

ޖަވާބުގައި ކުޅެން އަރާ އޮސްޓްރޭލިއާއަށް 43 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 202 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓް ކުރީ 97 ބޯޅައިން 62 ލަނޑު ހެދި މާކަސް ސްޓޮއީނިސްއެވެ.

މި ސީރީސް އިންޑިއާއިން ކާމިޔާބު ކުރީ ތިންވަނަ އޯޑީއައިގައި ފަސް ވިކެޓުން އޮސްޓްރޭލިއާ ބަލިކޮށްގެންނެވެ. ޓޮސް ދިމާވެގެން ކުޅެން އަރާ އޮސްޓްރޭލިއާއިން ވަނީ 50 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 293 ލަނޑު ހަދާ ހަ ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 154 ބޯޅައިން 124 ލަނޑު ހެދި އާރޮން ފިންޗްއެވެ. ފިންޗްގެ ފަހަތުން ދެން އެންމެ ރަނގަޅަށް ބެޓް ކުރީ 111 ބޯޅައިން 63 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން ސްޓީވް ސްމިތްއެވެ.

ޖަވާބުގައި ކުޅެން އަރާ އިންޑިއާއިން ވަނީ 48 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 294 ލަނޑު ހަދާ ފަސް ވިކެޓް ނަގާފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ރަނގަޅަށް ބެޓް ކުރީ 97 ބޯޅައިން 78 ލަނޑު ހެދި ހާޑިކް ޕަންޑްޔާއެވެ. އޭނާގެ ފަހަތުން ދެން އެންމެ ގިނަ ލަނޑު އިންޑިއާއަށް ހަދައިދިން ކުޅުންތެރިޔަކީ 94 ބޯޅައިން 71 ލަނޑު ހެދި ރޯހިތް ޝަރްމާއެވެ.

މިއީ އޯޑީއައި އިންޓަނޭޝަނަލްއެއްގައި އިންޑިއާ އަތުން އޮސްޓްރޭލިއާ ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. މި މޮޅާއެކު އިންޑިއާއިން ވަނީ އޮސްޓްރޭލިއާ ފަހަތަށް ޖައްސާލުމަށް ފަހު އައިސީސީ އޯޑީއައި ރޭންކިންގެ އެއްވަނައަށް ޖެހިލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް