Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިކެއަރ

އައިކެއަރ އަށް 23 އަހަރު: ހުރިހާ ފްރޭމް އަދި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް!

24 މެއި 2026 | އާދީއްތަ 09:06

އައިކެއަރގެ 23 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެ ކުންފުނީގެ ހުރިހާ އައުޓްލެޓްތަކަކުން ވިއްކާ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް 06 ޖޫން 2026 ގެ ނިޔަލަށް ވަނީ ފަށާފަ. މި މުނާސަބަތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ ޒާހިރު ވަނީ ވޭތުވެދިޔަ 23 އަހަރުގެ ކާމިޔާބީގެ އަސްލަކީ މުވައްޒަފުންގެ ބުރަ މަސައްކަތާއި ކަސްޓަމަރުންގެ އިތުބާރުކަން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތް ފުޅާކޮށްފައިވާ އައިކެއަރގެ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 މެއި 2026 | އާދީއްތަ 09:06
އައިކެއަރ އަށް 23 އަހަރު: އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް ލިބޭނެ

އައިކެއަރ އަށް 23 އަހަރު: އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް ލިބޭނެ | އައިކެއަރ އޮޕްޓިކަލްސް

އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން، އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 އިންސައްތަ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 23 މެއި 2026 އިން ފެށިގެން 06 ޖޫން 2026 ގެ ނިޔަލަށެވެ.

މި މުނާސަބަތާ ގުޅިގެން އައިކެއަރގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއަރ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މިދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއަރގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއަރގެ ހިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޑރ. ޒާހިރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއަރ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފަ އެވެ.

އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެ އެވެ.

އައިކެއަރ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 އެޕްރީލު 2026

ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ، ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހަދައިދީފި!

26 އެޕްރީލު 2026
ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ، ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހަދައިދީފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް