Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

އަނެއްކާ ވެސް މާރާމާރީ ގެ މައްސަލައެއްގައި ފުލުހަކު ހައްޔަށް! ހަމަލާ ދިނީ ޗެކް ޕޮއިންޓު ގައި ތިބި ފުލުހުންނަށް

16 ޑިސެމްބަރު 2025 | އަންގާރަ 08:45

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންނާ މާރީމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ މ. ކޮޅުފުށީ / ލިލީނައިޓް ، އުމުރުން 22 އަހަރުގެ މުހައްމަދު މައުސޫމް އެވެ.  މި މައްސަލައިގައި އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 2 ދުވަސް ޖަހާފަ އެވެ. މައުސޫމް ގެ ބަންދަށް ކްރިމިނަލް ކޯޓުން 2 ދުވަސް ޖެހި އިރު ކޯޓު އަމުރުގައި ވަނީ އޭނާ އަކީ ފުލުހެއް ކަން ފާހަގަކޮށް، އެއީ ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތެއް ކަން ވެސް ފާހަގަ ކޮށްފަ އެވެ. 

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ޑިސެމްބަރު 2025 | އަންގާރަ 08:45
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މާރާމާރީ ހިންގުމުގެ މައްސަލައެއް ގައި ފުލުހަކު ހައްޔަރު ކޮށްފި އެވެ. 

ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންނާ މާރީމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ މ. ކޮޅުފުށީ / ލިލީނައިޓް ، އުމުރުން 22 އަހަރުގެ މުހައްމަދު މައުސޫމް އެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 2 ދުވަސް ޖަހާފަ އެވެ. 

މައުސޫމް ގެ ބަންދަށް ކްރިމިނަލް ކޯޓުން 2 ދުވަސް ޖެހި އިރު ކޯޓު އަމުރުގައި ވަނީ އޭނާ އަކީ ފުލުހެއް ކަން ފާހަގަކޮށް، އެއީ ގާނޫނު ނެގެހެއްޓުމުގައި މަތީ ދަރަޖައަކަށް ޒިންމާ އޮތް ފަރާތެއް ކަން ވެސް ފާހަގަ ކޮށްފަ އެވެ. 

އެހެން ކަމުން މައުސޫމް މިފަދަ އަމަލެއް ހިންގި ކަމަށް ތުހުމަތުވާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އޭނާ ބަންދު ކުރުމަށް ފެންނަ ކަމަށް ވެސް ކޯޓު އަމުރުގައި ވެ އެވެ. 

ފުލުހުންގެ މިފަދަ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރު ވަމުން ދާއިރު މި ފަހުން ވެސް  ސެލޫނެއް ގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވެ އެވެ. އޭނާ މިހާރު ވަނީ ސަސްޕެންޑު ކޮށްފަ އެވެ. 

އޭގެ އިތުރުން ފާއިތުވި ނޮވެމްބަރު މަހު ކުޑަކުދިންތަކެއް ކުޅުނު ފުޓްސަލް މެޗެއްގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވެދާނެ ގޮތަކަށް އަމަލުކޮށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ. 

މިއީ  ފަހަކަށް އައިސް ފުލުހުންގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މައްސަލަތަކެއްގެ ތެރެއިން އެއް މައްސަލަ އެވެ. ފުލުހުންގެ ފަރާތުން ހިންގާ ކަމަށް ތުހުމަތުކުރެވޭ އަނިޔާވެރި އަމަލުތަކާއި، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ރައްޔިތުންނާ ދެކޮޅަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ އަނިޔާވެރި އަމަލުތަކުގެ ޝަކުވާތައް ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވެ އެވެ. ފުލުހުންގެ އިދާރާ ތެރެއިން ކުރާ ވައްކަމާ ކޮރަޕްޝަންގެ އަޑު ވަނީ ގަދަވެފަ އެވެ.

ފުލުހުންގެ ރެކޯޑު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
23 އޮކްޓޯބަރު 2025

ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

23 އޮކްޓޯބަރު 2025
ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް