Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކަރާ ހީލަތް ހެދުން

ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދައުވާކޮށްދޭން އެދިއްޖެ

30 މާރިޗު 2026 | ހޯމަ 09:54

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައިކަމަށް ފުލުހުން ބުނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2026 | ހޯމަ 09:54
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން | ރާއްޖެއެމްވީ

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުވައިފިއެވެ.

ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 އޯގަސްޓް 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާ އާއި 8,398.18 (އަށްހާސް ތިންސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. 

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައެވެ.

މަކަރާއި ހީލަތް ހެދުން ފުލުހުންގެ ރެކޯޑުޖިނާއީ ދައުވާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

06 ޖެނުއަރީ 2026

ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު

06 ޖެނުއަރީ 2026
ވާނުވާގައި ތިބި މީހުންގެ ތެރެއިން އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލަތައް މި އަހަރު ނިމޭނެ: ކްރިމިނަލް ކޯޓު
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
16 ޑިސެމްބަރު 2025

އަނެއްކާ ވެސް މާރާމާރީ ގެ މައްސަލައެއްގައި ފުލުހަކު ހައްޔަށް! ހަމަލާ ދިނީ ޗެކް ޕޮއިންޓު ގައި ތިބި ފުލުހުންނަށް

16 ޑިސެމްބަރު 2025
އަނެއްކާ ވެސް މާރާމާރީ ގެ މައްސަލައެއްގައި ފުލުހަކު ހައްޔަށް! ހަމަލާ ދިނީ ޗެކް ޕޮއިންޓު ގައި ތިބި ފުލުހުންނަށް
14 ޑިސެމްބަރު 2025

ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި

14 ޑިސެމްބަރު 2025
ޗާލީ ކާކް މަރާލި ކަމަށް ތުހުމަތު ކުރެވޭ ރޮބިންސަން ފުރަތަމަ ފަހަރަށް ޝަރީއަތަށް ޙާޒިރު ކޮށްފި
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
30 ނޮވެމްބަރު 2025

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
23 އޮކްޓޯބަރު 2025

ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

23 އޮކްޓޯބަރު 2025
ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
18 ސެޕްޓެމްބަރު 2025

ހުއްދަ ބާތިލުކުރުމުން ޓްރެވަލް އެޖެންސީއެއް އުފައްދައިގެން އުމުރާއަށް ގެންދާނެ ކަމަށް ބުނެ މަކަރު ހެދި ފާރިޝް 3 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

18 ސެޕްޓެމްބަރު 2025
ހުއްދަ ބާތިލުކުރުމުން ޓްރެވަލް އެޖެންސީއެއް އުފައްދައިގެން އުމުރާއަށް ގެންދާނެ ކަމަށް ބުނެ މަކަރު ހެދި ފާރިޝް 3 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް