Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޝޯޓް ފިމްލް ފެސްޓިވަލް

ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް " ސްޓޭޓަސް"

އެންމެ މޮޅު ފިލްމަށް 50000ރ. ވަނީ ލިބިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2017 | ބުދަ 18:33
ޝޯޓް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ފިލްމް އިނާމް ލިބުނު ފަރާތް

ޝޯޓް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ފިލްމް އިނާމް ލިބުނު ފަރާތް

ރާއްޖެޓީވީގެ ޝޯޓް ފިލްމް ފެސްޓިވަލް 2017 ގެ އެންމެ މޮޅު ފިލްމަކަށް "ސްޓޭޓަސް" ހޮވިއްޖެ އެވެ.

ބެސްޓް ފިލްމު ލިބުނު ސްޓޭޓަސް އަށް ވަނީ 50000ރ. ގެ ފައިސާގެ އިނާމު ލިބިފަ އެެވެ. މި އިނާމު ހަވާލު ކޮށްދީފައި ވަނީ ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އެވެ.

އެންމެ މޮޅު ފިލްމު ހޮވާފައި ވަނީ ޖަޖުންގެ މާރކްސްގެ 60 ޕަސެންޓް އާއި އެސްއެމްއެސްގެ 20 ޕަސެންޓް އިތުރުން ރާއްޖެއެމްވީގެ ވެބްސައިޓްގެ ރޭޓިންގްސް އިން 20 ޕަސެންޓް އިންނެވެ.

ޝޯޓް ފިމްލް ފެސްޓިވަލް 2017 ގެ ނަތީޖާ އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބެސްޓް ފިލްމުގެ އިތުރަށް ބެސްޓް އެކްޓަރ، ބެސްޓް އެކްޓްރެސް، ބެސްޓް ޑައިރެކްޝަން، ބެސްޓް ސިނެމޮޓޮގްރަފީގެ އިތުރުން ބެސްޓް އެޑިޓިން އާއި ބެސްޓް ސައުންޑް ވެސް ވަނީ ހޮވާފަ އެވެ.

މި ރަސްމިއްޔާތުގައި ބެސްޓް އެކްޓަރ އަށް ހަދާނީ ލިޔުން ހަވާލުކޮށްދީފައިވަނީ ފިލްމީ ތަރި ނިއުމާ މުހައްމަދު އެވެ. ބެސްޓް އެކްޓްރެސްއަށް ހަނދާނީ ލިޔުން ދީފައިވަނީ ޑައިރެކްޓަރ އަބްދުލް ފައްތާހު އެވެ. ބެސްޓް ޑައިރެކްޓަރ އަށް ހަނދާނީ ލިުން ހަވާލުކޮށްފައިވަނީ ފިލްމީ ތަރި އަލީ ސީޒަން އެވެ. މީގެ އިތުރުން ބެސްޓް އެޑިޓިންގ އަށް ފިލްމީ ތަރި މަރިޔަމް އައްޒަ ހަނދާނީ ލިޔުން ހަވާލުކޮށްފއިވާ އިރު ބެސްޓް ސިނެމޮޓޮގްރަފަރ އަށް ހަނދާނީ ލިޔުން ހަވާލުކޮށްފައި ވަނީ މަޝްހޫރު ކެމެރާމަން އިބްރާހިމް ވިޝާން (ކަނޑި) އެވެ. އަދި ބެސްޓް ސައުންޑަށް ނިއުސް ޑިރެކްޓަރ އަލީ ޔޫސުފް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ އިރު ޝޯޓް ފިލްމް ފެސްޓިވަލްގެ ޖަޖުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވައިފައި ވަނީ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު އެވެ.

ޝޯޓް ފިލްމް ފެސްޓިވަލްގައި ހަނދާނީ ލިޔުން ލިބުނު ފަރާތްތައް؛

  1. ބެސްޓް އެކްޓަރ: ނާރަޔަން ސަރްކާރު، ފިލްމް ބޮންދު

3. ބެސްޓް ޑައިރެކްޝަން: ޝާމިން ނިޒާމް، ފިލްމް ބޮންދު

3. ބެސްޓް ސިނެމޮޓޯގްރަފީ: ބޮންދު

4. ބެސްޓް އެޑިޓިންގ: ޝާމިން ނިޒާމް އަދި އަހުމަދު ސައީދު، ފިލްމު ބޮންދު

5. ބެސްޓް ސައުންޑް: އުމަރު އަލްތާފު އަދި އަލްފާފު ޝާކިރު، ފިލްމު ބޮންދު

6. ބެސްޓް އެކްޓްރެސް: އައިމިނަތު ސަޖިޔަތު،ފިލްމު ސްޓޭޓަސް

މި ރަސްމިއްޔާތުގައި ރާއްޖެޓީވީ ފިތުރު ޢީދަށް ހާއްސަކޮށްގެން ދައްކާފައިވާ ދާސްތާ މިއުޒިކް ޝޯގެ ޑީވީޑީވެސް ވަނީ ރިލީޒްކޮށްފަ އެވެ.

ޝޯޓް ފިލްމް ފެސްޓިވަލް 2017 ވަނަ އަހަރުގެ ޖަޖުންގެ ތެރޭގައި ހިމެނެނީ މުހައްމަދު ޝަރީފު ( ބާރު ޝަރީފު)، އައްޔުމަން ޝަރީފު، އަމްޖަދު އިބްރާހިމް، ރަވީ ފާރޫގް އެވެ.

ޝޯޓް ފިލްމް ފެސްޓިވަލްގައި ހަތަރު ޝޯ ދައްކާފައިވާ އިރު 10 ކުރު ފިލްމު ގެނެސްދީފައިވެ އެވެ. އަންނަ އަހަރުވެސް ޝޯޓް ފިލްމް ފެސްޓިވަލް ރާއްޖެ ޕްލަސް އިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލްއަކުން ގެނެސްދިން ފުރަތަމަ ޝޯޓް ފިލްމު މުބާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު