Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ޔާމީން

ސަރުކާރުތެރޭގައި މައްސަލަ އުޅޭ ނަމަ އެކަން ހައްލު ކުރަން ވާނީ ޕާޓީގެ ތެރެއިން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2017 | އަންގާރަ 07:05

ޕާޓީން މަސައްކަތް ކުރަން ޖެހޭނީ ސަރުކާރާ ގުޅިގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 07:05
"ވައި 18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

"ވައި 18 ސްޕޯޓްސް ފިއެސްޓާ" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމްގެ ނުފޫޒް ގަދަ މީހުން ސަރުކާރު ތެރޭގައި މައްސަލަ ހުރެއްޖެނަމަ އެކަން ހައްލު ކުރަންވާނީ ޕާޓީގެ ތެރެއިން ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން އިސް ނަގައިގެން ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު މުބާރާތް، "ވައި18 ފިއެސްޓާ" އިފްތިތާހު ކުރުމަށް މިރޭ އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕީޕީއެމް އަކީ ވެރިކަން ކުރާ ޕާޓީ އަށް ވާއިރު ޕީޕީއެމް އިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވޭނީ ޕީޕީއެމްގެ ނުފޫޒު ގަދަ މީހުން މީހުން ސަރުކާރުގެ ތެރޭގައި ހުންނަ މައްސަލަތައް ޕާޓީގެ ކައުންސިލަށް ހުށަހަޅައިގެން ނުވަތަ ވަޒީރުންނަށް ހުށަހަޅައިގެން ޕާޓީގެ ތެރޭގައި މަޝްވަރާ ކޮށްގެން ކަމަށެވެ. ސަރުކާރުގެ ކަންތައްތަކާ ގުޅޭ މައުލޫމާތު ޕާޓީގެ ކައުންސިލަށް ވަޑައިގެން ސާފްކޮށްދީ ޖަވާބުދާރީވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށް ވަންްޏާ، ސަރުކާރުގެ ސިޔާސަތުތައް އޮޅުން ފިލުވައިދޭން ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވެސް ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލަށް މައުލޫމާތު އޮޅުން ފިލުވައިދެއްވާނެ. އަދި ޚުދު ރައީސުލް ޖުމްހޫރިއްޔާ ވެސް މުޅި ގައުމުގެ ޕޮލިސީތަކާ ދޭތެރޭގައި ޕާޓީގެ ކައުންސިލުގައި ސުވާލު އުފެދޭ ކަމަށް ވަންޏާ ކައުންސިލަށް ހާޒިރުވެ ޖަވާބު ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއްގެ ގޮތުގައި އެފުރުސަތު އަޅުގަނޑު ދެކޭނަން،" ރައީސް ވިދާޅުވިއެވެ.

އެމެނަިކުފާން ވިދާޅުވީ ޕީޕީއެމް އަކީ އުސޫލްތަކެއްގެ ތެރެއިން ހިނގާ ޕާޓީއެއް ކަމަށާއި އެކަން މާޒީގައި ދައްކުވައިދީފައި ވާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރާއެކު އެއް ހަމައެއްގައި ޕާޓީ އަށް ކުރިއަށް ދެވޭނީ ޕާޓީގެ ތެރެއިން ސަރުކާރުގައި ހުންނަ މައްސަލަތައް ހައްލު ކޮށްގެން ކަމަށާއި އެހެން ނޫންނަމަ ޕާޓީގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމަށާއި އެކަން އެހެން ވުމަކީ ޕާޓީގެ ދުޅަހެޔޮ ކަމަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

​ރައީސް ވިދާޅުވީ މިއީ ސިޔާސީ ގޮތުން އިތުރު ކަންތައްތަކާ ވިސްނަން ޖެހޭ ދުވަސްވަރެއް ކަމަށާއި ސިޔާސީ ގޮތުން ވިސްނަން ޖެހުނު ނަމަވެސް ގައުމު ހަލަބޮލި ނޫންކަމަށެވެ.އަދި ގިނަ ބަޔަކު ގަބޫލުކުރާގޮތުން ގައުމުގައި މިހާރު އޮތީ ދެމިގެންދާ ހަމަޖެހުން އޮތް ދުވަސްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާން ވިދާޅުވީ މިދުވަސްވަރު އޮތް ސިޔާސީ އެންމެ ބޮޑު ކަމަކީ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާއަށް ދިއުމެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ ކިބައިން ސަރުކާރުން އެދެނީ ޝަރުތުތަކެއް ނެތި ވާހަކަ ދައްކަން ދިޔުމަށް ކަމަށާއި އެކަމަކު އެހެން އެދޭ ކޮންމެ ފަހަރަކު ވެސް، ޝަރުތުތަކެއް ކުރިމަތިކުރާ ކަމަށެވެ.

އެހެން ނަމަވެސް މި ފަހަރު އިދިކޮޅު ފަރާތްތަކުން ދިން ޖަވާބުން ސަރުކާރުން ހައިރާންވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި މަޝްވަރާގެ ދައުވަތަށް އިދިކޮޅު ފަރާތްތަކުން ފުރަގަސް ދިނީ، ޝަރުތު ކަނޑައެޅުމުގެ ބަދަލުގައި ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ އެވެ. އިދިކޮޅު ފަރާތްތަކުން ފޮނުވި ސތީތަކުގައި ފާހަގަ ކޮށްފައި ވަނީ ސަރުކާރުން ކޮންމެ އަހަރަކު ބޮޑު ބަޖަޓެއް ފާސްކުރި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުފުއްދޭ ވާހަކަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކުގެ ފޮނުވި އެ ސިޓީތަކަކީ ސަރުކާރަށް އޮތް ވަަރަށް ބޮޑު ޗެލެންޖެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް އެ ޝަކުވާތަކުގެ ޖަވާބު ދެއްވާނީ ފަށަންް އުޅޭ ކުޅިވަރުގެ އީދުގެ ތެރެއިން ކަމަށެވެ. ދައުލަތުން އެތައް މިލިޔަން ރުފިޔާ ފާސްކޮށްގެން ގާއިމުކޮށްދީފައިވާ ކުޅިވަރުގެ ވަސީލަތްތައް، އެ ކުޅިވަރުތަކުގައި ބައިވެރިވާ ހުރިހާ އެންމެންނަށް ވެސް މި ފަހަރު ފެންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހުންނެވި އިރު، ދައުލަތުން އަހަރަކު ފާސްކުރާ 16 ނުވަތަ 17 ބިލިއަން ރުފިޔާގެ ބަޖެޓުން ރާއްޖޭގެ ބައެއް ހިސާބުތަކަށް އައިސްފައިވާ ތަރައްގީ މާބޮޑަށް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އެއީ އޭރު ސަރުކާރު ހިންގަން ތިއްބެވި މީހުން ޖަވާބުދާރީ ކުރެއްވުމަށް ދެއްކެވި ވާހަކަ ކަމަށާއި މިހާރު އަނެއްކާ ވެސް އެ ވާހަކަތައް އަޑުއިވި ވަޑައިގެންފި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ ޕާޓީތަކުން މިހާތަނަށް ދައްކައިދީފައި ހުރީ "ސްޓީރިއޯޓައިޕް" ވަކި ކަންތައްތަކެއް ކަމަށާއި އެއީ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅުމާއި އަޑުއުފުލުމާއި ހައްގުތަކަށް ވަކާލާތު ކުރުމާާއި ގާނޫނު އަސާސީ ބޮޑުކޮށްގެން ތަންތަނަށް ގެންދިޔުން ކަމަށެވެ. އެކަމަކު ސިޔާސީ ޕާޓީއަކީ މި ކަހަލަ ކަންތައްތަކަށް ވުރެ، އާއްމު ދިރިއުޅުމާ ކިހާ ގުޅޭ ކަމެއްތޯ ދެއްކުމަކީ ޕާޓީތައް ހިންގަން ތިބޭ ބަޔަކު ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް