Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ އީކުއަލިޓީ

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނާ ގުޅޭ ވޯކްޝޮޕެއް ބާއްވައިފި

18 ސެޕްޓެމްބަރު 2017 | ހޯމަ 06:51

ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އދގެ ފަސް އޭޖެންސީއަކާއި 15 ޖަމްޢިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ސެޕްޓެމްބަރު 2017 | ހޯމަ 06:51
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވެލިޑޭޓްކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔޫއެންޑީޕީ ގުޅިގެން ވެލިޑޭޝަން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕްގެ މަސައްކަތް ފެށުމުގެ ގޮތުން ހޯމަ ދުވަހު ޗަންޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ ވިދާޅުވީ ޖެންޑަރގެ ދާއިރާއަކީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ، އަދި ހޯދަމުން އަންނަ ދާއިރާއެއް ކަމަށެވެ. ވަކި ޖިންސަކަށްވީތީ ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށާއި، ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ފުރުޞަތު ހޯދާދިނުމަށް ދައުލަތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނަކީ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ވަކި ޖިންސަކަށްވީތީ ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމަށް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޝިފާނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން

މި ވޯކްޝޮޕްގައި މަޝްވަރާކޮށްފައިވާ މި އެކްޝަން ޕްލޭނަކީ ކަމާބެހޭ އެންމެހައި އިދާރާތަކާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ކުރިން ޙިއްޞާކުރެވި މަޝްވަރާކުރެވިފައިވާ އެކްޝަން ޕްލޭނެކެވެ. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނުން މައިގަނޑު ފަސް ލަނޑުދަނޑިއެއް ހާސިލުކުރުމަށް ސިޔާސަތުތަކާއި ޕްރޮގްރާމްތައް ހިމަނާފައިވެއެވެ. އެގޮތުން، އަންހެނުންނާއި ފިރިހެނުންނަށް ލީޑަރޝިޕް އަދި ގަވަރނެންސްގެ ދާއިރާއިން ހަމަހަމަ ފުރުޞަތުތައް ހޯދައި ދިނުމާއި، އިޤުތިޞާދީ ގޮތުން ޤައުމު ތަރައްޤީކުރުމަށާއި އިޤުތިޞާދީ މަންފާ ހޯދުމަށް އަންހެނުންނާއި ފިރިހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ގޮތެއްގައި ފުރުޞަތުތައް ލިބޭކަން ކަށަވަރުކުރުމާއި، އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވައި، ނަފްސުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަމާއެކު ޢަދުލު އިންސާފު ލިބިދޭކަން ކަށަވަރުކޮށްދިނުމަކީ މިއެކްޝަން ޕްލޭނުން ހާސިލުކުރުމަށް ކަނޑައަޅާ މުހިންމު ލަނޑުދަނޑިތަކެކެވެ.

މި ވޯކްޝޮޕްގައި ދައުލަތުގެ 13 މުއައްސަސާގެ އިތުރުން އދގެ ފަސް އޭޖެންސީއަކާއި 15 ޖަމްޢިއްޔާއަކުން ޖުމްލަ 49 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ވޯކްޝޮޕްގެ ތެރެއިން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް