Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-އީޔޫ ޑައިލޮގް

ރާއްޖެ-އީޔޫ ފުރަތަމަ ޕާޓްނަރޝިޕް ޑައިލޮގް މާލޭގައި ބޭއްވީ ސަމޯއާ އެގްރީމެންޓުގައި ރާއްޖެ އިން ބައިވެރިވުމާ ގުޅިގެން ކަމަށް ބުނެފި

މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ހަމަތަކާއި، އިންސާނީ ހައްގުތަކާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ކަނޑުގެ ސަލާމަތާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު. ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޔޫރަޕްގެ ބާޒާރުން ފަސޭހަ ފުރުސަތުތައް ހޯދުމާއި ޝެންގެން ވިސާގެ ލުއިތައް ހޯދުމަށް ރާއްޖެއިން އެދިފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް އީޔޫއިން 4 މިލިއަން ޔޫރޯގެ އެހީއެއް ދިނުމަށް ވަނީ އެއްބަސްވެފައި. ދެ ގައުމުގެ ދެވަނަ ޕާޓްނަރޝިޕް ޑައިލޮގް 2027 ވަނަ އަހަރު ބްރަސަލްސްގައި ބޭއްވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2026 | އަންގާރަ 08:22
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ދިދައާއި ދިވެހިރާއްޖޭގެ ގައުމީ ދިދަ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ދިދައާއި ދިވެހިރާއްޖޭގެ ގައުމީ ދިދަ. | އައިސްޓޮކް

ރާއްޖެ-އީޔޫ ފުރަތަމަ ޕާޓްނަރޝިޕް ޑައިލޮގް ބޭއްވީ އިސްލާމީ އުސޫލުތަކާ ފުށުއަރާ މާއްދާތައް ހިމެނޭ ކަމަށް ބެލެވޭ ސަމޯއާ އެގްރީމެންޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބައިވެރިވުމާ ގުޅިގެން ކަމަށް، ބްރަސްލްސް ޓައިމްސް އިން ރިޕޯޓު ކޮށްފި އެވެ.

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ބޭއްވި ފުރަތަމަ "މޯލްޑިވްސް – އީޔޫ ޕާޓްނަރޝިޕް ޑައިލޮގް" ބާއްވާފައިވަނީ 2026 ފެބުރުވަރީ 9 ވަނަ ދުވަހު މާލޭގަ އެވެ.

ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސް (އީއީއޭއެސް) އާ ހަވާލާދީ، ދެ ފަރާތުން ހޯމަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި ބައްދަލުވުމަކީ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކެއް ކަމަށެވެ. މި ޑައިލޮގް ބާއްވާފައި ވަނީ، އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ ގައުމުތަކާއެކު އީޔޫއިން ބާއްވާ ގުޅުންތައް ބަޔާންކުރާ "ސަމޯއާ އެގްރީމަންޓް" ގައި 2024 ޖުލައި 1 ވަނަ ދުވަހު ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ގަވަރނަންސް، އިންސާނީ ހައްގުތައް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް، ކަނޑުގެ ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަން، ވިޔަފާރި، މަސްވެރިކަން އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

ދެ ފަރާތުން ވެސް ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ހައްގުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މީގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މަދަނީ ޖަމިއްޔާތަކަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ހިމެނެ އެވެ.

މީގެ އިތުރުން، ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ފަހަކަށް އައިސް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރިއެވެ. މިގޮތުން އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމާއި، މާލީ ނިޒާމު ހަރުދަނާކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ތައުލީމީ ދާއިރާ އަދި އިގްތިސާދު ސިންދަފާތު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކުރުމަށް އީޔޫއިން ދޭ އެއްބާރުލުމަށް ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ ތެރޭގައި 2025 ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި އީޔޫގެ އިލެކްޝަން އޮބްޒަވޭޝަން ފޮލޯ-އަޕް މިޝަންގެ ހުށަހެޅުންތައް ހިމެނެއެވެ.

ވިޔަފާރި، ސަލާމަތީ ކަންކަން އަދި މޫސުމީ އެއްބާރުލުން، އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް) ގައި ސޮއިކޮށްފައިވާ ގައުމެއްގެ ހައިސިއްޔަތުން، އެ މުއާހަދާގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އީޔޫއިން ރާއްޖެ އަށް ބާރުއެޅި ކަމަށް ބަޔާނުގައިވެ އެވެ.

ތަމްރީނުތައް ދިނުމާއި، ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހިންގާ "ކްރިމާރިއޯ" ޕްރޮގްރާމް ފަދަ ސަރަހައްދީ މަޝްރޫއުތަކަށް އީޔޫއިން ދޭ އެހީތެރިކަން ރާއްޖެއިން ބަލައިގަންނަކަން ހާމަކުރިއެވެ. މި ޕްރޮގްރާމަކީ ކަނޑުގެ މުހިންމު މަގުތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭ ޕްރޮގްރާމެއްގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައިވެއެވެ.

މި މަޝްވަރާތަކުގައި ކުރިއަށް އޮތް އަހަރުތަކުގައި ސަލާމަތީ ދާއިރާއިން އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކޮށް ފުޅާކުރެވޭނެ ގޮތްތައް ދެ ފަރާތުން ވަނީ ދެނެގަނެފައެވެ.

ވިޔަފާރީގެ ދާއިރާއިން، ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ ދެފަރާތުގެ ވިޔަފާރި ފުޅާކުރުމަށާއި، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް އީޔޫގެ ބާޒާރުގައި ފަސޭހައިން ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި، މީގެ އިތުރުން، ޓެރިފްގެ ހުރަސްތަކާ ގުޅޭގޮތުންނާއި، އިންވެސްޓްމަންޓްތައް އިތުރުކޮށް ދިގު މުއްދަތުގެ ކުރިއެރުން ހޯދުމަށް ބޭނުންވާ އިސްލާހުތަކާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނު ކަމަށް ބަޔާނުގައިވެ އެވެ.

މޫސުމީ ވިލުންތެރިކަމާއި ދިރުންތަކުގެ މުއްސަނދިކަން ހިމާޔަތްކުރުމަކީ ވެސް މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނުނު މުހިންމު ކަމެކެވެ. މީގެ ތެރޭގައި "މޯލްޑިވްސް އެނުއަލް އެކްޝަން ޕްރޮގްރާމް 2025" ގެ ދަށުން ހިންގުމަށް ހުށަހަޅާފައިވާ "ކޮމިއުނިޓީ ބޭސްޑް މެންގްރޫވް ޕްރޮޓެކްޝަން އެންޑް ރިހެބިލިޓޭޝަން އިން ދަ މޯލްޑިވްސް" މަޝްރޫއަށް ފައިސާ ހޯދުމުގެ އެއްބަސްވުން ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމުގެ މަސައްކަތަށް އިތުރު 4 މިލިއަން ޔޫރޯ ލިބޭނެ ކަމަށް ބަޔާނުގައިވެއެވެ.

އީޔޫގެ "ކޮޕަރނިކަސް" ސެޓެލައިޓް ސިސްޓަމުން ދުނިޔެ އޮބްޒާވްކޮށްގެން ހޯދާ މައުލޫމާތުތައް ރާއްޖެއަށް ފޯރުކޮށްދިނުމަށް އީޔޫއިން ހުށަހެޅިއެވެ. ހަމައެއާއެކު، ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ވިސާއާ ނުލައި ދަތުރުކުރެވޭ "ޝެންގެން ވިސާ" އިން އިސްތިސްނާވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ރާއްޖެއިން އެދިފައިވެއެވެ.

މި މަޝްވަރާތަކުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ މަސްރަހަށް އަންނަ ބަދަލުތަކާއި، އދ. އިސްވެ އޮންނަ ގޮތަށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް ބޯލެނބުމަށް ދެ ފަރާތުން ވެސް އެއްބަސްވި އެވެ. އަދި 2027 ވަނަ އަހަރު ބްރަސަލްސްގައި ދެވަނަ "މޯލްޑިވްސް – އީޔޫ ޕާޓްނަރޝިޕް ޑައިލޮގް" ބޭއްވުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ އޭޝިއާ އެންޑް ޕެސިފިކް ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އެވެ.

ސަމޯއާ އެއްބަސްވުންފާތިމަތު އިނާޔާޕައޯލާ ޕަމްޕަލޮނީކްރިމާރިއޯކޮޕަރނިކަސްރާއްޖެ - އީޔޫ ޕޮލިސީ ޑައިލޮގްރާއްޖެ-އީޔޫރާއްޖެ-އީޔޫ ޕާޓްނަރޝިޕް ޑައިކޮގް

ކޮމެންޓް

އިތުރަށް ކިޔާލަން

މުޢިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ، މިސަރުކާރުން ވަރަށް އަނިޔާ އެބަ ކުރޭ: ޑރ. ޖަމީލް

މުޢިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ރިޝްވަތު އެބަ ހިނގާ، މިސަރުކާރުން ވަރަށް އަނިޔާ އެބަ ކުރޭ: ޑރ. ޖަމީލް

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު