Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕަރީ ފިލްމް

ޕަރީ ފިލްމު އޮލިމްޕަހުގައި އަޅުވައިފި، ނިމުމާއެކު ބެލި އެންމެންގެ ތައުރީފް ބަންޑުން ކޮށްލައިފި

8 ޖެނުއަރީ 2026 | ބުރާސްފަތި 04:28

ފިލްމު ބެލި، މީހުން ބުނި ގޮތުގައި މިއީ އޮލިމްޕަހުގައި އެޅުވި ޑައިރެކްޝަން އާއި ސައުންޑާ ވީއެފްއެކްސް އެންމެ މޮޅު ފިލްމު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ޖެނުއަރީ 2026 | ބުރާސްފަތި 04:28
ޕަރީ ޗެޕްޓަރ 1 ފިލްމު ޕްރިމިއަރގެ ތެރެއިން

ޕަރީ ޗެޕްޓަރ 1 ފިލްމު ޕްރިމިއަރގެ ތެރެއިން | ރާއްޖެއެމްވީ

އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" އޮލިމްޕަހު ގައި ދައްކަން ފަށާ، ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. 

އޮލިމްޕަހުގައި ބުދަ ދުވަހުގެ ރޭ ޕްރިމިއާ ކުރި "ޕަރީ" ފިލްމު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު، ފިލްމު ކުރިއަށް ދިޔަ ވަގުތު އޯޑިއެންސްގެ ތަރުހީބު ވަރަށް ބޮޑެވެ. ޚާއްސަކޮށް، ބައެއް ސީންތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، ބެލުންތެރިންގެ ހުނުމާއި ހަޅޭކުގެ އަޑު ސިނަމާ ތެރޭގައި ވަނީ ގުގުމާލާ ފައެވެ.

Advertisement - newsAdvertisement

ފިލްމު ބެލުމަށްފަހު ރާއްޖެއެމްވީ އާ ވާހަކަދެއްކި އެންމެން ވެސް ބުނީ ފިލްމު ވަރަށް މޮޅު ކަމަށެވެ. ފިލްމުގެ މަންޒަރުތަކާއި އަޑުގެ އިތުރުން ފަންނާނުންގެ އެކްޓިންގ ވެސް ކަމުދިއަ ކަން ގިނަ ބަޔަކު ފާހަގަ ކުރިއިރު އެންމެ ގިނަ ބައެއްގެ ތައުރީފު އޮހިގެން ދިޔައީ "ޕަރީ" އަށެވެ. އައިޝަތު ލަމްސާ ލަތީފް ގެ ރޯލަށް ތައުރީފު ނުކުރާ އެކަކުވެސް ނެތެވެ. 

ބެލުން ތެރިން މި ވަނީ ޕަރީ އަކީ ރާއްޖޭގެ އެންމެ މޮޅު ފިލްމް ކަމަށް ނިންމައިފަ އެވެ. މިއީ ބޮލީވުޑް އާ އެންފެންވަރުގެ ފިލްމެއް ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނީ ހޮލީވުޑްގެ ތަރިންނަށް ދިވެހި ފަންނާނުން ދޫ ނުކުރާ ކަމަށެވެ. ފިލްމަށް ފަހު ބައެއް ބެލުން ތެރިން ވަނީ ފިލްމުގެ ޑައިރެކްޝަން، ސްޓޯރީ، ސްކީރްންޕްލޭ، ސިނަމަޓޯގްރަފީ، ވީއެފްއެކްސް އަދި ސައުންޑްގެ މަސައްކަތްތަކަށް 100 މާކްސް ދީފަ އެވެ.

ދިވެހި ފިލްމުތަކަށް ބެކް މިއުޒިކް ތައްޔާރުކުރާ މިއުޒީޝަނަކު މި ފިލްމު ބެލުމަށްފަހު ބުނެފައިވަނީ މިއީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި ސައުންޑްގެ މަސައްކަތް އެންމެ ފުރިހަމަ މަސައްކަތް ކަމަށެވެ. 

ފިލްމު ބެލި، ފިލްމު އުފައްދާ ޕްރޮޑިއުސަރަކަު ބުނި ގޮތުގައި މިއީ އޮލިމްޕަހުގައި އެޅުވި ޑައިރެކްޝަން އާއި ސައުންޑާ ވީއެފްއެކްސް އެންމެ މޮޅު ފިލްމު ކަމަށެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށްފައިވާ ފިލްމަކަށް ވާއިރު، ޑައިރެކްޑް ކޮށްފައިވަނީ އަލީ ސީޒަން އެވެ. މިއީ އަލީ ސީޒަން ގެ އެންމެ "ބެސްޓް" މަސައްކަތް ކަމަށް ސީޒަން އަމިއްލަ އަށް ބުނެފައިވާއިރު، އެކަން ފިލްމު ބެލި އެންމެ ވެސް ވަނީ ފާހަގަކޮށް ފައެވެ. އަހުސަން އާ ސީޒަން ގެ މި ފިލްމަކީ ދިވެހީން ފަޚުރުވެރިވާ ވަރުގެ މޮޅު ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީ ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލަންކާގެ ބައެއް ފިލްމީ ތަރީން ވެސް މި ފިލްމުގައި ހަރަކާތްތެރިވެފައި ވެއެވެ. ފިލްމުގެ ކޮންމެ ކާސްޓެއް ވެސް ދައްކުވައި ދީފައިވަނީ ތަފާތު މޮޅު އެކްޓިންގ އެކެވެ.

އަވަށްޓެރި ސްރީލަންކާގައި 99 އިންސައްތަ ޝޫޓް ކޮށްފައިވާ މި ފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމެކެވެ.

ފިލްމު ނިންމާލީ "ޕަރީ: ޗެޕްޓަރ 2" ގެ ޓްރެއިލާރ ދައްކާލުމަށްފަހުގަ އެވެ. 

ޕަރީ ފިލްމް

އެންމެ ހިނގާ

1

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

2

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

3

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

4

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

5

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

އިތުރަށް ކިޔާލަން

21 މާރިޗު 2026

"ޕަރީ ޗެޕްޓަރ 2 " ގެ ޓިކެޓު ވިއްކަން ފަށައިފި

21 މާރިޗު 2026
"ޕަރީ ޗެޕްޓަރ 2 " ގެ ޓިކެޓު ވިއްކަން ފަށައިފި
12 ޖެނުއަރީ 2026

ޕަރީ ފިލްމު ބަލަން ޚާއްސަ ދައުވަތެއް ޑެފް އެސޯސިއޭޝަނަށް!

12 ޖެނުއަރީ 2026
ޕަރީ ފިލްމު ބަލަން ޚާއްސަ ދައުވަތެއް ޑެފް އެސޯސިއޭޝަނަށް!
30 ޑިސެމްބަރު 2025

"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި

30 ޑިސެމްބަރު 2025
"ޕަރީ" ގެ ވީއެފްއެކްސް އާއި ސައުންޑްގެ މަސައްކަތް ފުރަތަމަ ފަހަރަށް އިންޑިއާގެ ޕްރޮފެޝަނަލް ސްޓޫޑިއޯ އަކުން ނިންމާލައިފި
19 ޑިސެމްބަރު 2025

'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި

19 ޑިސެމްބަރު 2025
'ޕަރީ' ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
16 އޮކްޓޯބަރު 2025

'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި

16 އޮކްޓޯބަރު 2025
'ޕަރީ' ގެ ޕޯސްޓަރ އަދި ޓީޒަރ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް