Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-އިންޑިއާ ގުޅުން

އެއް ކާރު ކޮޅެއްގައި ދަތުރު ކުރައްވައި، ޕުޓިން އާއި މޯދީގެ ގާތް ގުޅުން ދައްކުވައިފި

ޕުޓިން އާއެކު އެއް ކާރު ކޮޅުގައި އިންނަވައި ފޮޓޯ އެއް ހިއްސާ ކުރައްވައި މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވެފައި ވަނީ، ޕުޓިން އާއި އޭނާ ބައްދަލުކޮށް، ދެ ބޭފުޅުން އެކުގައި ދަތުރު ކުރައްވާފައިވާ ކަމަށެެވެ. އަދި ޕުޓިން އާއެކު ކުރެވޭ ކޮންމެ މަޝްވަރާއަކާއި، ދެކެވޭ ކޮންމެ ވާހަކަ އަކީ އަބަދު ވެސް ވަރަށް ރަނގަޅު އަދި މުހިންމު މަޝްވަރާ ތަކެއް ކަމަށް މޯދީ ވިދާޅުވެފައިވެ އެވެ.

ޗައިނާގައި ބޭއްވުނު ސަރަޙައްދީ ބައްދަލުވުމުގައި މޯދީ އާއި ޕިއުޓިން ވަރަށް ގާތް ގުޅުމެއް ދައްކުވައިދީފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2025 | އަންގާރަ 05:27
ރަޝިޔާގެ ރައީސް ޕުޓިން އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެއް ކާރު ކޮޅުގައި ދަތުރު ކުރައްވަނީ

ރަޝިޔާގެ ރައީސް ޕުޓިން އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ އެއް ކާރު ކޮޅުގައި ދަތުރު ކުރައްވަނީ

ރަޝިޔާގެ ރައީސް ވޮލަޑިމިއަރ ޕުޓިން އާާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ގާތް ގުޅުމެއް އޮންނަކަން ދައްކުވައި ދީފި އެވެ.

ޗައިނާގައި ކުރިއަށް ދިޔަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގައި ބައިވެރިވެ ވަޑައި ގަތުމަށް ޕުޓިން އަދި މޯދީ ވެސް ވަނީ ޗައިނާ އަށް ވަޑައިގެންފަ އެވެ. އެ ދަތުރުގައި ދެ ބޭފުޅުންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން ވަނީ ދައްކުވައިދީފަ އެވެ.

އެ ދަތުރުފުޅުގައި ޕުޓިން އާއި މޯދީ ވަކިން ބައްދަލު ކުރައްވާފައިވާއިރު، ދެ ލީޑަރުން ވަނީ އެއް ކާރު ކޮޅެއްގައި ދަތުރު ވެސް ކުރައްވައިފަ އެވެ. މި ދަތުރުފުޅުގައި ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެގޮތުން ޕުޓިން އާއެކު އެއް ކާރު ކޮޅުގައި އިންނަވައި ފޮޓޯ އެއް ހިއްސާ ކުރައްވައި މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވެފައި ވަނީ، ޕުޓިން އާއި އޭނާ ބައްދަލުކޮށް، ދެ ބޭފުޅުން އެކުގައި ދަތުރު ކުރައްވާފައިވާ ކަމަށެެވެ. އަދި ޕުޓިން އާއެކު ކުރެވޭ ކޮންމެ މަޝްވަރާއަކާއި، ދެކެވޭ ކޮންމެ ވާހަކަ އަކީ އަބަދު ވެސް ވަރަށް ރަނގަޅު އަދި މުހިންމު މަޝްވަރާ ތަކެއް ކަމަށް މޯދީ ވިދާޅުވެފައިވެ އެވެ.

ޕުޓިން އާއި މޯދީ ބައްދަލު ކުރައްވާފައި މި ވަނީ، ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނާނީ އެމެރިކާ އިން އިންޑިއާއާ ދެކޮޅަށް ފިޔަވަޅު ތަކެއް އަޅަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމެރިކާ އިން ވަނީ، އެ ޤައުމަށް އެތެރެ ކުރާ އިންޑިއާގެ މުދަލުން 50 އިންސައްތައާ ހަމައަށް ޓެރިފް ނެގުމަށް ވެސް ނިންމައިފަ އެވެ.

މީގެ އިތުރުން، އިންޑިއާ އިން ރަޝިޔާގެ ތެޔޮ ގަނެ، ރަޝިޔާއާ އެކު ތެލުގެ ވިޔަފާރި ކުރުން ކުރިއަށް ގެންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެއާއެކު، ޓްރަމްޕް އާއި މޯދީއާ ދެމެދު އޮތް ގުޅުން ވެސް ގޯސްވެފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިންޑިއާއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު ތަކެއް އެޅި ނަމަވެސް، އިންޑިއާ އިން ވަނީ ރަޝިޔާއާ އެކު އޮންނަ ގުޅުން ދިފާއު ކޮށްފަ އެވެ. އަދި އެމެރިކާ އިން އަޅާފައިވާ ފިޔަވަޅު ތަކަކީ އިންސާފުވެރި ފިޔަވަޅު ތަކެއް ނޫން ކަަމަށް ވެސް އިންޑިއާ އިން ބުނެފައިވެ އެވެެ. އެ ފިޔަވަޅުތައް އެޅި ނަމަވެސް، ރަޝިޔާ އިން ތެޔޮ ގަތުން މަދު ކުރުމުގެ އެއްވެސް ނިޔަތެއް އިންޑިއާ އިން ނުގެންގުޅޭ ކަމަށް، އިންޑިއާގެ އިސް އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.

ޗައިނާގައި ކުރިއަށް ދިޔަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމުގެ ކުރިން، މޯދީ ވަނީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވެސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަަވައިފަ އެވެ. އެ ވާހަކަ ތަކުގައި ވަނީ ސުލްޙަވެރިކަން ޤާއިމު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

ޗައިނާގެ ދަތުރުފުޅުގައި މޯދީ ޕުޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވާއިރު، މިއަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަން ވެސް އޮތީ ހަމަޖެހިފަ އެވެ. އަދި އެ ދަތުރުފުޅުގައި މޯދީއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ހާމަކޮށްފައިވެ އެވެ.

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި މޯދީ ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް ވަކިން ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ވަނީ ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމާއެކު، ގުޅުން ބަދަހި ކުރުމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޕުޓިންނަރެންދުރަ މޯދީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާ-އިންޑިއާޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)އަމެރިކާ-އިންޑިޔާ ގުޅުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު