Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އަދާލަތު ޕާޓީގެ ރައީސް އިންތިޚާބަށް ކުރިމަތިލެވޭނީ އެ ޕާޓީގެ ދަފްތަރުގައި 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް. 8 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ، 16:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހޭ. މި ދައުރުގެ ރައީސް އަކީ ޝެއިޚް އިމްރާން އަބްދުﷲ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 30 ޑިސެމްބަރު 2025 | އަންގާރަ 04:01
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފައިލް ފޮޓޯ

އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފައިލް ފޮޓޯ

އަދާލަތު ޕާޓީގެ ހަތަރު ވަނަ ދައުރުގެ ރައީސްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެކަން ހާމަކޮށް އަދާލަތު ޕާޓީގެ ފަރާތުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ދުސްތޫރުގެ 38.1 (މ) ވަނަ މާއްދާގެ ދަށުން ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލެވޭނީ އަދާލަތު ޕާޓީގެ ދަފްތަރުގައި 28 ޑިސެންބަރު 2025 އާ ހަމައަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތައް ފުރިހަމަވާންވާނެ ކަމަށް ބުނެފައި ވެއެވެ.

ރައީސް ކަމަށް ކުރިމަތިލެވޭ ޝަރުތުތައް

  1. މުސްލިމަކު ކަމުގައި ވުން.
  2. ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  3. ދިވެހި ރައްޔިތެއް ކަމުގައިވުން.
  4. ބޭރު ޤައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން.
  5. ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން.
  6. ޕާޓީގެ މެންބަރެއް ކަމުގައިވުން.
  7. މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  8. ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  9. ޚިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަޚްލާޤީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީޢަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  10. މި ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 (ދޭއް) އަހަރު އުޅެ، ޕާޓީގެ އުޞޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން.
  11. ސަނަދުގެ ފެންވަރު ބެލުމާއި ބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

އަދާލަތު ޕާޓީން ބުނީ ރައީސްގެ މަޤާމަށް އެންމެ މީހަކު ކުރިމަތިލައިފި ނަމަ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ. ނަމަވެސް، ޕާޓީގެ ރައީސްކަމަށް އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާ ނަމަ ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް، 31 ޖެނުއަރީ 2025 ވާ ހޮނިހިރު ދުވަހު، އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށް ނަގާނެ ކަމަށެވެ. 

 ރައީސް ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 8 ޖެނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ، 16:00 ގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ.

އަދާލަތު ޕާޓީގެ މި ދައުރުގެ ރައީސް އަކީ ޝެއިޚް އިމްރާން އަބްދުﷲ އެވެ.

އަދާލަތު ޕާޓީޝައިޚް އިމްރާން ޢަބްދުﷲ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

19 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން
17 ނޮވެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން

17 ނޮވެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ ރާއްޖޭގެ ރަށްވެހިކަން ބައިނަލްއަގުވާމީ ކުއްވެރިންނަށް ވިއްކަން: ޝެއިޚް އިމްރާން
15 ނޮވެމްބަރު 2025

ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ

15 ނޮވެމްބަރު 2025
ކަރަންޓް ބިލު 400 ރުފިޔާ އަށް ކުޑަ ކޮށްފިއްޔާ، ޖެހިގެން އަންނަ މަހުގެ ބިލު 4000 ރުފިޔާ އަށްވުރެ ބޮޑުވާނެ
26 އޮކްޓޯބަރު 2025

ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން

26 އޮކްޓޯބަރު 2025
ވަޒީފާ އާއި ފައިސާގެ ނުފޫޒަށް އައްޑޫ ރައްޔިތުން ނުލެނބޭނެ ކަން ރައީސް މުއިއްޒަށް ސާބިތުކޮށް ދީފި: އިމްރާން
23 އޮކްޓޯބަރު 2025

ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، ރައީސް މުއިއްޒު އިސްތިއުފާދެއްވާ ގެޔަށް ވަޑައިގަންނަވަން ޖެހޭ: ޝެއިޚް އިމްރާން

23 އޮކްޓޯބަރު 2025
ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، ރައީސް މުއިއްޒު އިސްތިއުފާދެއްވާ ގެޔަށް ވަޑައިގަންނަވަން ޖެހޭ: ޝެއިޚް އިމްރާން
22 އޮކްޓޯބަރު 2025

ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން

22 އޮކްޓޯބަރު 2025
ހުރިހާ ނުބައެއް ފެށިގެން އައީ މުއިއްޒު ރިޔާސީ ޓިކެޓް ވަގަށް ނެގި ހިސާބުން: އިމްރާން
20 އޮކްޓޯބަރު 2025

ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!

20 އޮކްޓޯބަރު 2025
ރައީސް މުއިއްޒަށް އަދާލަތު ޕާޓީގެ ވަރުގަދަ ދެ އިލްތިމާސް!
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
03 އޮކްޓޯބަރު 2025

ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި

03 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް 5 ހަފުތާގެ ތެރޭގައި ފައިސާ ދޫކުރަން ރައީސް ނިންމަވައިފި
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު