Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކަ ކޯޕަރޭޝަން

ފެނަކަ އޭގެ ޒާތުގައި މެނޭޖް ކުރެވޭ ވަރުގެ ކުންފުންޏަކަށް ކުރީ ސަރުކާރުން ހެދި، މި ސަރުކާރަށް މެނޭޖް ނުކުރެވުނީ ވައްކަން ކުރުމުގެ ނިޔަތުގައި ހަވާލުވުމުން: ކުރީގެ އެމްޑީ ސަޢީދު

އެމްޑީޕީން ފެނަކަ އާއި ހަވާލުވި އިރު ކުންފުނީގެ އެސެޓް ވެލިއު އަކީ 2 ބިލިއަން ރުފިޔާ، ވެރިކަން ނިމުނު އިރު އެ އަދަދު 9 ބިލިއަން އަށް ވަނީ އަރާފައި

ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2024 | ހޯމަ 09:59
ކަރަންޓު މީޓަރ ޓެސްޓު ކުރަން ފެށި ރަސްމިއްޔާތެއްގައި ކުރީގެ ފެނަކަ އެމްޑީ ސަޢީދު

ކަރަންޓު މީޓަރ ޓެސްޓު ކުރަން ފެށި ރަސްމިއްޔާތެއްގައި ކުރީގެ ފެނަކަ އެމްޑީ ސަޢީދު

ފެނަކަ ކޯޕަރޭޝަން އަކީ އޭގެ ޒާތުގައި މެނޭޖް ކުރެވޭނެ ކުންފުންޏެއް ކަމަށާއި، އެވަރަށް އެ ކުންފުނި ތަރައްޤީ ކުރެވިފައިވާއިރު، މި ސަރުކާރަށް ފެނަކަ މެނޭޖް ނުކުރެވުނީ ވައްކަން ކުރުމުގެ ނިޔަތުގައި ހަވާލުވުމުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަން ހިންގުމަށް ހުރި ދަތިތައް ހާމަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވެފައިވަނީ، ފެނަކައިގައި ހުރި ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ޚަރަދު ކުޑަކޮށްގެން އެ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އަދި ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

އެވާހަކަތަކަށް ރައްދު ދެއްވާ، ސަޢީދު ރާއްޖެއެމްވީ އަށް ވިދާޅުވީ، ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް ފެނަކަ މެނޭޖް ނުކުރެވުނީ ވައްކަން ކުރުމުގެ ނިޔަތުގައި ހަވާލުވުމުން ކަމަށެވެ.

ސަޢީދު ވިދާޅުވި ގޮތުގައި، 2018 ގައި އެމްޑީޕީ ވެރިކަމަށް އައި އިރު ފެނަކައިގައި 2 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ނަމަވެސް، އެމްޑީޕީ ސަރުކާރުން އެ ދަރަނި ކޮނޑަށް ލައިގެން އެވާހަކަ ދައްކަމުން ނުދެއެވެ.

ފެނަކައިގެ އޭރުގެ މެނޭޖްމެންޓުގެ ވިސްނުމަކީ، 40 އަހަރު ވެފައި ހުރި ރާއްޖޭގެ އަސާސީ ޚިދުމަތްތަކަށް ދާއިމީ ހައްލެއް ހޯދުމަށް އިޚްލާސްތެރިކަމާ އެކު މަސައްކަތް ކުރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ފެނަކައިގެ މެނޭޖްމަންޓާ ހަވާލުވި އިރު ކުންފުނީގެ އެސެޓް ވެލިއު އަކީ 2 ބިލިއަން ރުފިޔާ އެވެ. އަދި އެމްޑީޕީގެ ވެރިކަން ނިމުނު އިރު އެ އަދަދު 9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަޢީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން ވެރިކަމަށް އައި އިރު ފެނަކައިގެ މަހެއްގެ އެވްރެޖް އާމްދަނީއަކީ 90 މިލިއަން ރުފިޔާ އެވެ. އެމްޑީޕީގެ ވެރިކަން ނިމުނު އިރު އެ އަދަދު 200 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ސަޢީދު ފާހަގަ ކުރެއްވިއެވެ.

ފެނަކައިން ހަދާފައިވާ ދުރު ރާސްތާ ޕްލޭނަށް އިޝާރާތް ކުރައްވާ ސަޢީދު ވިދާޅުވީ، ފެނަކައިގެ ދަރަނި 2026 ވަނަ އަހަރު ނިމުމުގެ ކުރިން ފެނަކައަށް ލިބޭ އާމްދަނީން ދައްކާ ނިންމުމުގެ ޕްލޭން ކުރީ ސަރުކާރުން ހަދާފައިވާ ކަމަށެވެ.

ސަޢީދު ވިދާޅުވީ، ކުރީ ސަރުކާރުގެ ވިސްނުމަކީ ހިނގަމުންދިޔަ ހުރިހާ ޕްރޮޖެކްޓެއް 2024 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމުން ކަމަށާއި، އޭގެ ނަތީޖާއަކީ ކޮންޓްރެކްޓް މުވައްޒަފުން އެ ހިސާބަށް ނިމި، ދާއިމީ މުވައްޒަފުންނަށް ބަދަލުވެ، ފެނަކަ އޭގެ ޒާތުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ގޮތަށް ހުރިހާ ޕްލޭނެއް ހެދިފައި ހުރުން ކަމަށެވެ.

ސަޢީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ފެނަކަ ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ 4 ބިލިއަން ރުފިޔާ ޚަރަދުކޮށްގެން ގާއިމުކުރުން ހިމެނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު މަޤާމުން އިސްތިއުފާދެއްވައިފައިވަނީ ހޯމަ ދުވަހު އެވެ. އިސްތިއުފާގެ ސިޓީގައި މުއާޒް ވިދާޅުވީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން ލިބޭ އާމްދަނީ އިން ހިންގާ ތަންތަނަށް ވާން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ ކުންފުނި އޮތީ މާލީ ގޮތުން ދަށް ހާލަތެއްގައި ކަމަށް ވުމުން އެކަން ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންއަހުމަދު ސައީދު މުހައްމަދުފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު