Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ސައީދުގެ މައްޗަށް ޙުކުމް ކުރީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒު ކުރުމަށް، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް: މައުރޫފް

މައުރޫފް ވިދާޅުވީ، ސައީދުގެ މައްޗަށް ޙުކުމް ކޮށްފައިވާއިރު، އެ ޙާލަތުގައި ހުރި ބައިވަރު މައްސަލަތައް ހުރި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 09:49
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޒު އަހްމަދު މައުރޫފް

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސައީދު މުޙައްމަދުގެ މައްޗަށް ކުރި ޙުކުމަކީ، ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރި ޙުކުމެއް ކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފި އެވެ.

އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަމުން، އެމްޑީޕީ ގެ ލީގަލް ޑިރަކްޓަރ އަޙުމަދު މައުރޫފް ވިދާޅުވީ، ސައީދުގެ މައްޗަށް ޙުކުމް ކޮށްފައިވާއިރު، އެ ޙާލަތުގައި ހުރި ބައިވަރު މައްސަލަތައް ހުރި ކަމަށެވެ. އެގޮތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ ކޮށްދިނުމަށް އެދި، އެތައް މައްސަލައެއް ކޯޓަށް ފޮނުވާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، އެ މައްސަލަތައް ކުރިއަށް ނުދާކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ، ކޯޓަށް ހުށަހެޅި ވަކި ހިސާބަކުން ހުއްޓިފައިވާ ބައިވަރު މައްސަލަތައް ވެސް ހުރި ކަމަށެވެ. އެ މައްސަލަތައް އެހެން ހުރިއިރު، ސައީދުގެ މައްޗަށް ހުށަހެޅި މައްސަލަ އަކީ އޭގެ މާފަހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި، އެ މައްސަލައިގެ އަޑު އެހުންތައް ވަރަށް އަވަހަށް ބާއްވައި، އަދި ޙުކުމް ކޮށްފައިވާ ކަމަށް މައުރޫފް ވަނީ ވިދާޅުވެފަ އެވެ.

މައުރޫފް ވިދާޅުވީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް ވީމާ، ނުވަތަ ވަކި މީހަކަށް ވީމާ އަވަހަކަށް ޙުކުމެއް ކުރުމުގެ ބޭނުމުގައި، ނުވަތަ ބޮޑު ޙުކުމެއް ކުރުމުގެ ބޭނުމުގައި، ނުވަތަ ވަކި ދުވަހަކާ ދިމާކޮށް އެމްޑީޕީގެ ފަރާތްތަކަށް، ނުވަތަ އެމްޑީޕީ އަށް ނިސްބަތްވާ ފަރާތްތަކަށް ޙުކުމެއް ކުރުމުގެ ބޭނުމުގައި ކުރެވިގެން ދިޔަ ޙުކުމެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ، ކަނޑައެޅިގެން ފެންނަން އޮތް މައްސަލައެއްގައި ވަކިގޮތަކަށް ނިންމަން ވެގެން ސަރުކާރުން އަންގައިގެން ކުރި ހުކުމެއް ކަމަށާއި، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ކޯޓަށް ހުށަހެޅިގެން ވަކި ހިސާބަކަށް ކުރިއަށް ގޮސްފައި، ހުއްޓިފައި ހުރި ބައިވަރު މައްސަލަތައް އެބަ ހުރި. އެހެން ހުއްޓާ، ވަރަށް ފަހުން ހުށަހެޅި މައްސަލައެއް، ސައީދުގެ މައްޗަށް މި ހުށަހެޅި މައްސަލަ އަކީ. ވަރަށް އަވަހަށް އަޑު އެހުމެއް ބާއްވާފައި، ޙުކުމެއް ކުރެވިގެން ދިޔަ ތަން އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ. އެއީ އަޅުގަނޑުމެން މި ދަންނަވާ ވާހަކަ އަކީ. ސެލެކްޓިވް ގޮތެއްގައި ވަކި ބަޔަކަށް ވީމަ، ނުވަތަ ވަކި މީހަކަށް ވީމަ، އަވަހަށް ޙުކުމެއް ކުރުމުގެ ބޭނުމުގައި ނުވަތަ ބޮޑު ޙުކުމެއް ކުރުމުގެ ބޭނުމުގައި، ނޫނީ ވަކި ދުވަހަކާ ދިމާކޮށް އަޅުގަނޑުމެންގެ ޕާޓީގެ ބައެއް ފަރާތްތަކަށް، ނުވަތަ ޕާޓީ އަށް ނިސްބަތްވާ މީހުންނަށް ޙުކުމެއް ކުރުމުގެ ބޭނުމުގައި ކުރެވިގެން ދިޔަ ޙުކުމެއް ކަމަށް އަޅުގަނޑުމެން ފާހަގަކޮށްލަން.
މައުރޫފް އަޙުމަދު

މީގެ އިތުރުން މައުރޫފް ވިދާޅުވީ، މިފަދަ އެެހެން މައްސަލަތައް ވެސް ކުރިއަށް ނުގޮސް އޮތް ކަމަށެެވެ. އެގޮތުން މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މާލޭ ސިޓީ ކައުންސިލްގެ މޭޔަރަށް ހުންނެވިއިރު މަސް މާރުކޭޓު ކުއްޔަށް ދިނުމުގެ މައްސަލައިގައި އަމަލު ކުރެއްވި ގޮތް ބަލަން ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށް ފާސް ކުރުމަށް މިހާރުގެ މޭޔަރު ދެ ބައްދަލުވުން ބާއްވަން މަސައްކަތް ކުރި ނަމަވެސް، އެ ބައްދަލުވުމުގެ ކޯރަމް ހަމަވާ ގޮތް ނުވާ ކަމަށެވެ.

އެކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ސިޓީ ކައުންސިލްގައި ތިއްބެވީ ރައީސް މުޢިއްޒުއާ ގާތް ބޭފުޅުން ކަމަށެވެ. އެހެންވީމާ، ދައުލަތުން އަދި ސަރުކާރުން ވެސް، އިންސާފުވެރިކޮށް މައްސަލަ ބަލަން އެދޭ ކަަމަށާއި، އިންސާފުވެރިކަމާ އެކު އެންމެންގެ މައްސަލަތައް ވެސް ބަލަން އެދޭ ކަމަށެވެ. ޚާއްސަކޮށް މިހާރުގެ ރައީސް ޑޮކްޓަރު މުޢިއްޒުއާ ގުޅޭ އެތައް މައްސަލައެއް އޮތްއިރު، އެ މައްސަލަ ތަހުގީގު ކުރިޔަ ނުދީ ހިފަހައްޓައިގެން، ސިޔާސީ ގޮތުން ޖުޑިޝަރީ އަށް ނުފޫޒު ފޯރުވައިގެން ސިޔާސީ ޙުކުމްތަކެއް ނެރެމުން އަންނަ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ސައީދުގެ މައްޗަށް، ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ އާދިއްތަ ދުވަހު އެވެ. ސައީދުގެ މައްޗަށް އެއް އަހަރާއި، ހަތް މަސް ދުވަހުގެ ޙުކުމެއް އިއްވައި ދިނުމަށް ދައުލަތުން އެދިފައި ވީ ނަމަވެސް، މައްސަލަ ބެއްލެވި ޣާޒީ ވަނީ ސައީދުގެ މައްޗަށް ހަތަރު އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަހުމަދު މައުރޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫފް

10 ޑިސެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

"މާލިއްޔަތު ގަވައިދަށް ގެނައި ބަދަލަކީ ޖަރީމާތަކެއްގެ ފެށުން، މާލިއްޔަތު ގަވައިދަށް ގެނައި ބަދަލު ޢައިރު ޤާނޫނީ"

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު