Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތައިލެންޑް-ކެމްބޯޑިއާ

ހަނގުރާމަ ހުއްޓާލަން ތައިލެންޑާއި ކެމްބޯޑިއާ އިން އެއްބަސްވެއްޖެ

ތައިލެންޑާއި ކެމްބޯޑިއާގެ ޑިފެންސް މިނިސްޓަރުން ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ވުނެފައި ވަނީ، ބަޔާނުގައި ސޮއި ކޮށްފައިވާ ވަގުތުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާ ކަމަށް. އެގޮތުން އެއީ 2025 ޑިސެމްބަރު 27 ވީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޑިސެމްބަރު 2025 | ހޮނިހިރު 08:10
ކެމްބޯޑިއާގެ ސިފައިންގެ މީހަކު ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިމާރާތެއްގެ ކައިރިން ހިނގާފައި ދަނީ

ކެމްބޯޑިއާގެ ސިފައިންގެ މީހަކު ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިމާރާތެއްގެ ކައިރިން ހިނގާފައި ދަނީ

ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ހިނގަމުން އައި ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެއްޖެ އެވެ.

ހޮނިހިރު ދުވަހު ދެ ޤައުމު ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެތައް ދުވަސް ތަކަކަށް ދެމިގެން ދިޔަ ހަނގުރާމަ އާއި، ހަމަނުޖެހުން ހުއްޓާލުމަށް ވައުދުވެފައިވާ ކަމަށް ބުނެފައިވެ އެވެ. 

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، ހަނގުރާމައިގައި ޓޭންކަރުތަކާއި، ޑްރޯން އަދި ހަނގުރާމައިގެ އެހެން އާލާތްތައް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ހަނގުރާމައިގައި މަދުވެގެން 47 މީހަކު ވަނީ މަރުވެފަ އެވެ. އަދި ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން ޖެހުނު މީހުންގެ އަދަދު މިލިއަނުން މައްޗަށް ގޮސްފައިވާ ކަމަށް ވަނީ ހާމަ ކޮށްފަ އވެެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމާ އެކު މީގެ ކުރިން ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައި ވީ ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް ދެ ޤައުމުން ވެސް ވަނީ ހަމަލާ ދިނުން ކުރިއަށް ގެންގޮސްފަ އެވެ. 

ތައިލެންޑާއި ކެމްބޯޑިއާގެ ޑިފެންސް މިނިސްޓަރުން ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަޔާނުގައި ސޮއި ކޮށްފައިވާ ވަގުތުން ފެށިގެން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާ ކަމަށެވެ. އެގޮތުން އެއީ 2025 ޑިސެމްބަރު 27 ވީ ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ކަމަށް ބުނެފައިވެ އެވެ. 

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގުޅޭނީ ހުރިހާ ވައްތަރެއްގެ ހަތިޔާރު ތަކާއި، އާންމުންނަށް ދިން ހަމަލާ ތަކާއި، އާންމުންގެ މުދާތަކަށް ލިބުނު ގެއްލުން ތަކާއި، އިންފްރާސްޓްރަކްޗާ އަށް ލިބުނު ގެއްލުންތަކާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ދެ ޤައުމުން ވެސް އެއްބަސްވެފައި ވަނީ ސިފައިންގެ ހުރިހާ ހަރަކާތެއް ވެސް ފްރީޒް ކުރުމަށެވެ. 

މީގެ އިތުރުން ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް، ވީހާ ވެސް އަވަހަކަށް އެމީހުންގެ ގެތަކަށް އެނބުރި ދިޔުމުގެ ފުރުސަތު ދިނުމަށް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. އަދި މައިން ނައްތާލުމުގެ މަސައްކަތާާއި، ސައިބާ ކްރައިމްއާ ދެކޮޅަށް މަސައްކަތް ކުރުމަށް ވެސް ދެ ޤައުމުން ވަނީ އެއްބަސްވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކޮށްފައިވާއިރު، އޭގެ ކުރިން ތައިލެންޑާއި ކެމްބޯޑިއާ ވެސް ހިމެނޭ އާސިއާންގެ ފޮރިން މިނިސްޓަރުން ވަނީ ކުއްލި ބައްދަލުވުން ތަކެއް ބާއްވައި، ތިން ދުވަހުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

އެމެރިކާ އާއި، ޗައިނާ އަދި މެލޭޝިއާ އިން ވެސް ވަނީ، ހަނގުރާމަ ހުއްޓާލުމަށް މި ދެ ޤައުމަށް ގޮވާލައިފަ އެވެ. 

މަސްދަރު: އޭއެފްޕީ

ތައިލެންޑް-ކެމްބޯޑިއާއާސިއާންތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

ތައިލެންޑާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުަމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވިތާ ގަޑިއިރުތަކެއްގެ ތެރޭގައި އަލުން ހަނގުރާމަ ފެށިއްޖެ

13 ޑިސެމްބަރު 2025
ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް

ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް

10 ޑިސެމްބަރު 2025
މަސްރަހު ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފި

މަސްރަހު ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފި

09 ޑިސެމްބަރު 2025
ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި

ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި

11 ނޮވެމްބަރު 2025
ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

26 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު