Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޯކައިދޫ

ފޯކައިދޫ ގައި އިސްލާމީ މަރުކަޒެއް މުއިއްޒު އަޅައިދޭތީ ބޮޑު މިސްކިތް ތަޅާލައި، ސްކޫލުގައި ހުކުރު ކުރާ ގޮތައް ހަމަޖައްސާ، އެންމެ ފަހުން އެޅި ބިންގާ ވެސް ގެއްލިއްޖެ!

ފޯކައިދޫ ގައި އިސްލާމީ މަރުކަޒެއް ގާއިމްކުރުމަށް ރަށުގެ ބޮޑު މިސްކިތް ރައީސްގެ ދަތުރުފުޅާ ދިމާކޮށް ތަޅާލައި ދެ މަސް ދުވަސް ވަންދެން ސްކޫލު ހޯލުގައި ހުކުރު ކުރަން ޖެހުނު އިރު، ތަޅާލި މިސްކިތް ހުރި ބިމުގައި އެއްވެސް މަސައްކަތެއް ނުކުރާތާ 2 މަސް ދުވަސް ވެއްޖެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2025 | ހޯމަ 14:49
ރައީސް މުއިއްޒު ށ. ފޯކައިދޫ އަށް ވަޑައިގަންވާތީ އެރަށުގައި ތަރައްގީ ކުރާ އިސްލާމީ މަރުކަޒު އަޅަން ވެގެން ބޭނުން ކުރަމުން ދިޔަ މިސްކިތް ތަޅާލާފައި

ރައީސް މުއިއްޒު ށ. ފޯކައިދޫ އަށް ވަޑައިގަންވާތީ އެރަށުގައި ތަރައްގީ ކުރާ އިސްލާމީ މަރުކަޒު އަޅަން ވެގެން ބޭނުން ކުރަމުން ދިޔަ މިސްކިތް ތަޅާލާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ށ. ފޯކައިދޫ ބޮޑު މިސްކިތް ތަޅާލީ އެރަށުގައި އިސްލާމީ މަރުކަޒެއް އަޅުއްވައިދެއްވުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވުމުން ކަމަށާއި، ނަމަވެސް އެޅި ބިންގަލަށް ވީ ގޮތެއް ވެސް ނޭނގޭ ކަމަށް ފޯކައިދޫ ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ފޯކައިދޫ އަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން، ވަޑައިގެންނެވުމުގެ 1 ދުވަސް ކުރިން އެރަށުގެ ބޮޑު މިސްކިތް ތަޅާލި ކަމަށެވެ. އަދި ރައީސް ގެ ދަތުރުފުޅުގައި އެރަށުގައި އިސްލާމިކް ސެންޓަރެއްގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާތީ މިސްކިތް ތަޅާލި ކަމަށެވެ. 

Advertisement - newsAdvertisement

އާސިފް ވިދާޅުވީ ކުރިން ހުރި މިސްކިތް ތަޅާލީ ސަރުކާރުން އެރަށުގައި އިސްލާމިކް ސެންޓަރެއް ގާއިމް ކުރުމަށް ކަމަށާއި، ތަޅާލި މިސްކިތަކީ ބާވެގެން ތަޅާލި ތަނެއް ނޫން ކަމަށެވެ. 

ވަރަށް އާކޮށް ހުރި މިސްކިތެއް. ދެން މި ރަށު ގެ ރައްޔިތުން ވެސް ބޭނުންވީ ބޮޑު މިސްކިތެއް އަޅާ ކަމުގައިވާނަމަ މިތަނުގައި އަޅަން. ކައުންސިލުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދުނިން މިތަނުގައި އެންމެ ކުޑަމިނުން މިސްކިތުގައި ހުރި ބޭނުންކުރެވޭނެ ސާމާނު ނެގޭނެ ވަރުގެ މުއްދަތެއް ދޭން. ނަމަވެސް ވަރަށް އަވަސް އަރުވާލައިގެން މިސްކިތް ތަޅާލީ. މިތަނުގެ މަތިވަޑާންގަނޑު ވެސް ނަގާލާނެ ފުރުސަތު ނުލިބުނު. ވަރަށް އަވަސް އަވަސް ކޮށްލާފައި ދެ ދުވަސް ތިން ދުވަސް ތެރޭގައި މިސްކިތް ތަޅާލާ ބިން ސާފުކޮށްފައި އޮތީ. 
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

ކައުންސިލް ރައީސް ވިދާޅުވީ މިސްކިތް ތަޅާލިތާ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް ދެ މަސް ދުވަސް ވެއްޖެ ކަމަށެވެ. އަދި އޭގެ ފަހުން ހުކުރު ކުރަމުން ދަނީ ސްކޫލު ހޯލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އާސިފް ވިދާޅުވީ ނަސީބު ކަންދިމާކުރިގޮތުން ރަށުގައި އަމިއްލަ ހެޔޮ އެދޭ ފަރާތަކުން އެހެން މިސްކިތެއް ހުޅުވުމާއެކު މިހާރު ސްކޫލު ހޯލުގައި ހުކުރު ނަމާދު ކުރާކަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދެ މަސް ދުވަސް ވަންދެން ސްކޫލު ހޯލުގައި ތަރުފާލު އަޅައިގެން އެތަނުގައި ހުކުރު ކުރަމުން ދިޔައީ. އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން ކުރިން ފެށިގެން ޝެޑިއުލްކޮށްފައި އިނީ ޑިސެމްބަރު 12 ގައި މިސްކިތް ހުޅުވާ ގޮތަށް. އެހެންވީމާ އެހާ ހިސާބަށް މިސްކިތް ތަޅާނުލާ މަޑުކުރަން އަޅުގަނޑުމެން އެދުނިން. ނަމަވެސް މިނިސްޓްރީ އިން ވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ ކޮންޓިނިއުކޮށް މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ތަޅާލީ. 
ފޯކައިދޫ ކައުންސިލް ގެ ރައީސް އަހުމަދު އާސިފް

ކައުންސިލް ރައީސް ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރިތާ 9 މަސް ދުވަސް ވެއްޖެ ކަމަށެވެ. ފުރަތަމަ ހަވާލުކުރީ ފެނަކަ ކޯޕަރޭޝަން އާ މާޗް މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އެއިރު މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށާއި، އެހެންނަމަވެސް 9 މަސް ދުވަސް ފާއިތުވެގެން ދިޔަ އިރު ބާކީ މިހާރު އޮތީ މަސައްކަތް ނިންމަން 3 މަސް ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ. 

އާސިފް ވިދާޅުވީ އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާ އިރު، ފެނަކަ އާ ހަވާލުކުރި މަސައްކަތް ފަހުން އޮކްޓޯބަރު 10 ވަނަ ދުވަހު އެމްޓީސީސީ އާއި ހަވާލުކުރީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް ކަމަށެވެ. 

ފޯކައިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފި

ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފި

11 މާރިޗު 2021
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު