Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީފާގެ ބިރުދެއްކުން

އެސް.އޯ.އީ ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ އަޑު ގަދަވަނީ

ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އެމްޑީޕީން ފޯރުކޮށްދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 14:23
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު

އެސް.އޯ.އީ ތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާކަމުގެ އަޑުތައް ދަނީ ގަދަވަމުންނެވެ.

އެކަން ހާމަ ކުރައްވައި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެސް.އޯ.އީ ތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން އެ ޕާޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިފަދަ ކަމެއް އެއްވެސް އެސް.އޯ.އީ އެއްގައި ހިނގާނަމަ އެކަމާ ގުޅޭ އެންމެހާ އަށް މަޢުލޫމާތު އެމްޑީޕީއަށް އީމެއިލް މެދުވެރިކޮށް helpline@mdp.org.mv  އަށް ހިއްސާކޮށްދިނުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.

އޭގެ އިތުރުން، އެގޮތަށް ވަޒީފާއިން ކަނޑާލާ ފަރާތްތަކަށް ޤާނޫނީ ގޮތުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން އެމްޑީޕީން ފޯރުކޮށްދޭނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިފަހުންވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކެވެ.

އެހެންނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ އެއްވެސް މީހަކު ނުޙައްޤުން ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި، ސިޔާސީ މަޤާމުތައް ފިޔަވައި އެހެނިހެން މަޤާމުތަކުގައި ތިބި މީހުން އެކަމާ ހާސްވާން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ. އެގޮތުން 200 އެތައް ރަށަކަށް ވަޑައިގެެން އެ ޔަޤީންކަން ދެއްވިފައިވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް ސިޔާސީ މަޤާމުތައް ނޫނަސް އެތައް އެތައް މަޤާމުތަކަކުން މީހުން ވަޒީފާއިން ވަކިކޮށްފިއެވެ. އެ ވާހަކަތައް އެކަންކަން ދިމާވި ފަރާތްތަކުން ގެންދަނީ ކިޔާދެމުންނެވެ.

ކުރީގެ ނާއިބުރައީސް ފައިސަލް ނަސީމްއާއެކު އއ.މާޅޮހަށް ކުރެއްވި ދަތުރުގައި އެރަށު ސްޓެލްކޯގެ މެނޭޖަރ އަހްމަދު ލަތީފް އެމްޑީޕީއަށް މަރުހަބާކިޔުމަށް ބައްދަލުކުރުމުން ސަރުކާރުން މިވަނީ އޭނާވެސް ވަޒީފާއިން ވަކިކޮށްފައެވެ. އެހެންކަމުން މިއީ އަނިޔާވެރި ސަރުކާރެއްކަމަށް ފައްޔާޒު ސިފަ ކުރެއްވިއެވެ.

އޭގެ އިތުރުން، ލ. މާބައިދޫ ސްޓޭޝަން މެނޭޖަރ ހަސަން ޝައުގީ ވެސް އެއްވެސް ޙައްގަކާނުލާ ވަޒީފާއިން ވަކިކޮށްފައިވާއިރު، ފާއިތުވި ދުވަސްތަކުގައި އެގޮތަށް ވަޒީފާއިން ވަކި ކުރި މީހުންގެ ލިސްޓު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ފައްޔާޒު ވަނީ މަޖިލީހުގެ މެޖޯރިޓި ނެތި މިކަންކަން ހިނގަމުންދާއިރު، މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދާނެކަމަށް ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައްއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

ކުރަމުން މިދަނީ އެމްޑީޕީގެ ބްރޭންޑު ވަރުގަދަ ކުރުމުގެ މަސައްކަތް: ފައްޔާޟް

02 އޯގަސްޓު 2025
ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

ދެން ކުރަން އޮތް ކަމަކީ މިވެރިކަން ނިންމުން: ފައްޔާޒު

28 ފެބުރުއަރީ 2025
އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

އެމްޑީޕީއިން ''ހާޑު'' މުޒާހަރާއެއް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދާނީ މި ސަރުކާރުގެ އަމަލުތަކަށް ބެލުމަށްފަހު: ފައްޔާޒު

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު