Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ މަގާމުތައް

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމައިފި

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި ނިންމުން ނިންމީ ބުރާސްފަތި ދުވަހު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 06:07
އަބްދުﷲ އަހުމަދު(ކ)، ހުސެއިން އާދަމް، އަބްދުﷲ ފައިރޫޝް އަދި މުހައްމަދު ރިޔާޒް

އަބްދުﷲ އަހުމަދު(ކ)، ހުސެއިން އާދަމް، އަބްދުﷲ ފައިރޫޝް އަދި މުހައްމަދު ރިޔާޒް

ފުލުހުންގެ ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން އާދަމްގެ އިތުރުން ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށެވެ.

Advertisement - newsAdvertisement

ދެ އެސިސްޓެންޓް ކޮމިޝަނަރުންނާއި ދެ ޗީފް ސުޕްރިންޓެންޑެންޓުން ވަކިކުރަން ނިންމާފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހަކާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅައިފިނަމަ ފުލުހުންގެ އިދާރާއިން އެކަން އެ ފުލުހަކަށް އަންގާނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް، ފުލުހުންގެ ގާނޫނާއި ވަޒީފާއާ ބެހޭ ގަވާއިދާއި ޑިސިޕްލިނަރީ ގަވާއިދާ އެއްގޮތްވާ ގޮތުން މަތިން އެތެރޭގެ ޑިޕާޓްމެންޓުތަކުން ކުރަމުން ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޑިސިޕްލިނަރީ ފިޔަވަޅުތަކަކީ ވަކިވަކި ފުލުހުންނާ ގުޅޭ ޒާތީ މައުލޫމާތު ކަމަށް ވާތީ ފުލުހުން ރަސްމީކޮށް މީޑިއާއަށް އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

އެހެންނަމަވެސް، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި އޮފިސަރުންތައް ވަޒީފާއިން ވަކިކުރަން ނިންމިކަން އޭނާ ދޮގެއް ނުކުރައްވަ އެވެ.

ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ އަހުމަދު ހުންނެވީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑްގެ މަގާމުގަ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި، ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ވަކިކުރުމަށް ފަހުގަ އެވެ.

މަގާމުން ވަކިކުރިއިރު އަބްދުﷲ އަހުމަދު ހުންނެވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ރޯދަ މަހުގެ ތެރޭގައި ބައްދަލުކުރެއްވި ކަމަށް ބުނެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

ޗީޕް ސުޕްރިންޓެންޑެންޓް މުހައްމަދު ރިޔާޒު ވަޒީފާއިން ވަކިކުރިއިރު، އޭނާ ހުންނެވީ ތަހުގީގީ ޑިޕާޓްމެންޓުން ވަކިކޮށް ކޮމިޝަނަރުގެ ބިއުރޯއަށް ބަދަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު