Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުކުރު ޚުތުބާ

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

ފަސް ނަމާދު އަދާކުރަން ޖެހޭނީ ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫއަތްތެރިކަމާއެކު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 08:26
ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން

ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން

ޚުޝޫއަތްތެރިކޮށް ރަނގަޅަށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ ކަމަށާއި، މިފަދަ ފާފަތައް ކުރެވޭނެ ކަމަށްވާނަމަ އަމިއްލަ ނަފްސާ ސުވާލު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

''ނަމާދުގައި ޚުޝޫޢަތްތެރިވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ، އީމާންވުމަށް ފަހު، އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދު ކަމަށާއި، ނަމާދަކީ ދީނުގެ ތަނބު ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ، މުސްލިމު އަޅާ ފަރުޟު ފަސް ނަމާދު އަދާކުރަން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫއަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިސްކޮށްގެންވާ ހާލުގައި ކަމަށެވެ. އަދި ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ގަބޫލެއްނުކުރައްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ނަމާދުކުރާންވީ ގޮތަށް ބިރުވެތިކަމާއި ޚުޝޫއަތްތެރިކަމާ އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ހަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ އަމަލުތައް ވެސް ހެއުވެ، ސާލިހުވާ ކަމަށެވެ. އަދި ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭ ކަމަށެވެ.

ޚުޝޫއަތްތެރިކޮށް ރަނގަޅަށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާހިޝް އަމަލުތައް ނުކުރާނެ ކަމަށެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި، މި ފަދަ އަމަލުތައް ކުރާމީހުން މަދު ނޫން ކަމަށާއި، މިއީ އަމިއްލަ ނަފުސާ ސުވާލުކުރާން ޖެހޭ ކަމެއް ކަމަށެވެ.

ނަމާދުގައި ޚުޝޫޢަތްތެރިކަމާއި މަޑުމޮޅިކަމާއި މަޑުމައިތިރިކަމެއް ނެތި، ހިތަށް އެރިހައި ޙަރަކާތެއްކުރަމުން، އެތަންމިތަން ބަލަމުން، ނަމާދުކުރާ މީހުންނަށް ލިބޭނީ، ނަމާދުގެ ސަވާބުން ކިހައި މިންވަރެއްހެއްޔެވެ؟ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الرَّجُلَ لَيَنْصَرِفُ وَمَا كُتِبَ لَهُ إِلَّا عُشْرُ صَلَاتِهِ، تُسْعُهَا، ثُـمُنُهَا، سُبْعُهَا، سُدُسُهَا، خُـمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا) މާނައީ: "ބައެއް މީހުން ނަމާދުން ފައިބާ އިރު، އޭނާއަށް އެ ނަމާދުގެ ދިހަބައިކުޅައެއްބައި، ނުވަބައިކުޅައެއްބައި، އަށްބައިކުޅައެއްބައި، ހަތްބައިކުޅައެއްބައި، ހަބައިކުޅައެއްބައި، ފަސްބައިކުޅައެއްބައި، ހަތަރުބައިކުޅައެއްބައި، ތިންބައިކުޅައެއްބައި، ނުވަތަ ދެބައިކުޅައެއްބައި ވެސް ސަވާބުގެ ގޮތުގައި ނުލިޔުއްވެއެވެ.
ހުކުރު ޚުތުބާ

ނަމާދުގައި ޚުޝޫއަތްތެރިވުމަށް ކުރެވިދާނެ ކަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ނަމާދަށް ފެށުމުގެ ކުރީން، މޯބައިލް ފޯނުތައް ނިންވާލަންޖެހޭ ކަމަށާއި، ނަމާދުގަޑީގައި މީހުންނަށް ފޯނުން ނުގުޅުމަކީ ވެސް، ނަމާދަށް ތިބޭ މީހުން ޚުޝޫއަތްތެރިވުމަށް ކޮށްދެވިދާނޭ ކަމެއް ކަމަށެވެ. އަދި ނަމާދުގައި ކިޔާ ތަކެތީގެ މާނަ ދަސްކޮށް، ނަމާދަށް ހުންނައިރު، ކިޔަވާ ސޫރަތްތަކާއި ކިޔާ ތަކެތީގެ މާނަ ހިތަށް ގެންނައުމުން ވެސް ނަމާދުގައި ޚުޝޫއަތްތެރިވުމަށް ކުރެވިދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ނަމާދަށް ފަށާ އިރަށް ނަމާދުކުރާ މީހާގެ ހިތަށް ވަސްވާސްތައް ވައްދާ ޝައިތާނަކުވާ ކަމަށާއި، އެކަމަށް ރައްކާތެރިވާން ޖެހޭ ކަަމަށެވެ.

އެއްފަހަރަކު عُثْمَانُ بْنُ أَبِي الْعَاص رَضِيَ اللّٰهُ عَنْهُ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަރިހަށް ވަޑައިގެން ދެންނެވިއެވެ. (يَا رَسُوْلَ اللهِ، إِنَّ الشَّيْطَانَ قَدْ حَالَ بَيْنِـيْ وَبَيْنَ صَلَاتِيْ وَقِرَاءَتِيْ؛ يَلْبِسُهَا عَلَيَّ. فَقَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "ذَاكَ شَيْطَانٌ يُقَالُ لَهُ: خِنْزَبٌ، فَإِذَا أَحْسَسْتَهُ فَتَعَوَّذْ بِاللَّهِ مِنْهُ، وَاتْفِلْ عَلَى يَسَارِكَ ثَلَاثًا". قَالَ: فَفَعَلْتُ ذَلِكَ، فَأَذْهَبَهُ اللهُ عَنِّيْ.) މާނައީ: "އޭ اللهގެ ރަސޫލާއެވެ! ހަމަކަށަވަރުން ޝައިޠާނާ ތިމަންކަލޭގެފާނުގެ ނަމާދާއި ޤުރްއާން ކިޔެވުމަށް ހުރަސްއަޅައި، ވަސްވާސް އުފައްދައިފިއެވެ. އެ ހިނދު ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޙަދީޘްކުރެއްވިއެވެ. އެއީ ޚިންޒަބެވެ ކިޔާ ޝައިޠާނެކެވެ. ކަލޭގެފާނަށް އެސޮރުގެ ހިލަމެއް ވެއްޖެ ނަމަ، އޭގެ ވަސްވާހުން ރައްކައުތެރިވުމަށް އެދިވަޑައިގެން، މާތް اللّٰهގެ ޙަޟުރަތުގައި ދަންނަވާށެވެ! އަދި ވާތްފަރާތަށް ތިންފަހަރު ފުމެލައްވާށެވެ! އެ ކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެ ގޮތަށް ޢަމަލުކުރެއްވުމުން، اللّٰه تَعَالَى ތިމަންކަލޭފާނުގެ ކިބައިން އެ ވަސްވާސްތައް ދުރުކުރައްވައިފިއެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ވަނީ ގިޔާމަތްދުވަހު އެންމެފުރަތަމަ އަޅާގެ އަމަލުތަކުގެ ތެރެއިން ހިސާބު ބެއްލެވޭނީ އޭނާގެ ނަމާދާމެދުގައިކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ ނަމާދުތައް ރަނގަޅުވެއްޖެ ނަމަ ނަޖާވެ ކާމިޔާބުވެއްޖެކަމާއި،ނަމާދުތައް ގޯސްވެއްޖެ ނަމަ ގެއްލި ހަލާކުވާނެ ކަަމަށެވެ.

އެހެންކަމުން ޚުޝޫއަތްތެރިކަމާއެކު ފަރުޟު ފަސް ނަމާދު ވަގުތުގައި ކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު