Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤާސިމްގެ ސިއްހީ ހާލުކޮޅު

އިތުރު ތިން މަސް ދުވަހު ސިއްހީ ފަރުވާއަށް ޤާސިމް ސިންގަޕޫރުގައި މަޑުކުރައްވަންޖެހޭ: ޑޮކްޓަރު

9 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:06

ކޯޓު ހުކުމާއެކު ކަރެކްޝަނަލް ސާރވިސްއިން ޤާސިމް އިބްރާހިމްގެ ސިއްހީ ފަރުވާއަށް ދެއްވާފައިވަނީ އެންމެ 10 ދުވަސް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 9 ސެޕްޓެމްބަރު 2017 | ހޮނިހިރު 14:06
ޤާސިމް އިބްރާހިމް - އޭނާއަށް ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ

ޤާސިމް އިބްރާހިމް - އޭނާއަށް ވަނީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް، އިތުރު ތިން މަސްދުވަހު ޤައުމުން ބޭރުގައި މަޑުކުރައްވަންޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވައިފި އެވެ.

ޤާސިމް އިބްރާހިމް މިހާރު ހުންނެވީ ސީރިއަސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގަތުމުގެ ސަބަބުން ފަރުވާއަށް ސިންގަޕޫރައަށް ވަޑައިގެންނެވެ. ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ހުއްދަދެއްވިއިރު، ޤާސިމް އޮންނެވީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރައްވައިފައެވެ. ކޯޓު ހުކުމާއެކު ކަރެކްޝަނަލް ސާރވިސް އިން ޤާސިމް އިބްރާހިމްގެ ސިއްހީ ފަރުވާއަށް ދެއްވާފައި ވަނީ އެންމެ 10 ދުވަހެވެ.

Advertisement - newsAdvertisement

ޤާސިމް ފަރުވާ ހޯދަވަމުންގެންދެވީ ހިތުގެ ބައްޔަށެވެ. ޤާސިމް ބެއްލެވި ސިންގަޕޫރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސާ ސެންޓަރުގެ ޑޮކްޓަރު އޭނައަށް ދެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުން ޤާސިމަށް ވަނީ ސީރިއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. އެގޮތުން ޤާސިމްގެ ހިތަށް ލޭ ފޮނުވާ މައި ނާރުތައް މައްސަލަ ޖެހިފައިވާ ކަމަށާއި، ގާސިމަށް ކުރިމަތިވެފައި ވަނީ "ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް" ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

މައުންޓް އެލިޒަބަތު ހޮސްޕިޓަލުން އަންނަ ހުކުރު ދުވަހު ޤާސިމްގެ ހިތުގެ ޓެސްޓުތައް ހެއްދެވުމަށް ވަނީ ނިންމާފަ އެވެ. އަދި ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ޓެސްޓުތަކަށް ފަހު ކުރިއަށް އޮތް ތިން މަހު އެ ޤައުމުގައި މަޑު ކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ކުށް ސާބިތުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ ދަންވަރު އެވެ. ގާސިމަށް ހުކުމް ކުރީ އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުންދަނިކޮށެވެ. ގާސިމަށް ފަރުވާ ދެއްވަމުން ދިޔައީ ހިތުގެ ބައްޔަކަށެވެ.. މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހްމަތު ގާސިމްގެ މައްޗަށް އުފުލީ، ޖުމްހޫރީ ޕާޓީގެ މައި ޖަގަހައިގައި ގާސިމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. މި ދައުވާ އުފުލީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފައި ވަނިކޮށެވެ. ގާސިމް ބޭސްފަރުވާ އަށް ފޮނުއްވަންޖެހޭނެ ކަމަށް ހުކުމްގައި ބުނެފައި ވަނިކޮށް، ރާއްޖޭން ބޭރަށް ގާސިމް ފޮނުއްވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސްއިން ނުދީ ދެ ހަފުތާއަށް ހިފެހެއްޓި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް