Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑްކަޕް 2026

2026 ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފޭވަރިޓުންނަކީ ކޮބާ؟

2026 ވޯލްޑް ކަޕް ކައުންޓްޑައުން ފަށާފައިވާއިރު، ސްޕެއިން، އިނގިރޭސިވިލާތް އަދި ފްރާންސް އެންމެ ބޮޑު ފޭވަރިޓުންގެ ގޮތުގައި ފާހަގަވެފައިވާ އިރު، އެމެރިކާ ގެ ހޫނު މޫސުމުގެ ތެރޭގައި ކުރިއަށް ދާ މި މުބާރާތުގައި ޔޫރަޕްގެ ޓީމުތަކަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެއެވެ.

ރާއްޖެ އެމްވީ | 6 ޑިސެމްބަރު 2025 | ހޮނިހިރު 10:11
ޑޮނަލްޑް ޓްރަމްޕް އަށް ފީފާ ޕީސް ޕްރައިޒް ޓްރޮފީ ދެނީ

ޑޮނަލްޑް ޓްރަމްޕް އަށް ފީފާ ޕީސް ޕްރައިޒް ޓްރޮފީ ދެނީ

2026 ވޯލްޑް ކަޕްގެ ގުރުނެގުން އެމެރިކާ ގައި ކުރިއަށް ގެންގޮސްފައިވާއިރު، އެއީ އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ޓޯރނަމަންޓަށް ކައުންޓްޑައުން ފެށެމެވެ.

ކުރިއަށް އޮތް މުބާރާތުގައި ވެސް ހައިރާން ކުރުވަނިވި ހުނަރުތަކާއި، ސިހުންތަކާއި، އަޖައިބުތަކާއި އުފަލާއި، ހިތްދަތިކަމާއި އަދި ހިތްހަމަނުޖެހުންތައް ފެނިގެންދާނެ ކަން ޔަގީނެވެ.

ގުރު ނެގުމާ އެކު ފުޓްބޯޅަ އަށް ލޯބި ކުރާ އަދި ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުގެ ސަމާލު ކަން ހުއްޓިފައިވާ ސުވާލަކީ މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ފެވަރިޓުން ނަކީ ކޮބާ ހެއްޔެވެ؟

މާޗް މަހު ކުޅޭ ޕްލޭއޮފްތައް އަދި ކުރިއަށް އޮތުމާއެކު ހަ ޖާގަ އެއް އަދި ނުފުރި އޮތުމުން، ފުރިހަމަ ލައިން އަޕް އަދި ނުނިމެއެވެ.

ފީފާ ވޯލްޑް ރޭންކިން ގައި ހިމެނޭ ގައުމުތަކުގެ ރޭކިންގެ މިންގަނޑުން ބަލާއިރު، ޖަރުމަނާއި، ސްޕެއިނާއި، ބެލްޖިއަމަށް 2026 ވޯލްޑް ކަޕްގައި އެންމެ "ފަސޭހަ" ކަމަށް ބެލޭ ތިން ގްރޫޕުން ޖާގަ ލިބިފައިވެއެވެ. އެ މިންގަނޑުން ބަލާއިރު، ނެދަލޭންޑްސް އަދި ފްރާންސަށް އެންމެ އުނދަގޫ ޓެސްޓްތަކާ ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވެ އެވެ.

އިނގިރޭސިވިލާތުން 2026 ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ފުރިހަމަ ރެކޯޑެއްގައި، ހުރިހާ މެޗުތަކެއް ކާމިޔާބުކޮށްގެންނެވެ. ފާއިތުވި ދެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ގައި ދެވަނަ ހޯދި ޓީމަށް ވުމުގެ އިތުރުން، ތިން އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ ޓީމެއް ކަމަށް ވެފައިވުމާއެކު، މިއީ ތްރީ ލަޔަންސްގެ އަހަރު ކަމަށް ވުމުގެ ހަގީގީ އުންމީދެއް އެބައޮތެވެ. ދިރާސާކުރާ ފަރާތްތަކުން ވެސް ދެކޭ ގޮތުގައި އިނގިރޭސިވިލާތުން މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް ގަބޫލު ކުރެއެވެ. ބައެއް ފަރާތްތަކުން ސްޕެއިން އަށް ފަހު ދެވަނަ އަށް އެންމެ ފެވަރިޓް ޓީމަކީ އިނގިރޭސިވިލާތްކަމަށް ދެކެއެވެ.

ޔޫރަޕިއަން ޗެމްޕިއަންސް ސްޕެއިން އިނގިރޭސިވިލާތާއެކު ރަނގަޅު ރެކޯޑަކާ އެކު ކެމްޕޭނެއް ނިންމާލުަމަށް ކައިރިވެފައިވީ ނަމަވެސް، އެޓީމުގެ ފަހު ކޮލިފައިން މެޗުގައި ތުރުކީ އާ ދެކޮޅަށް 2-2 އިން އެއްވަރު ވުމުން އެޓީމުގެ ރެކޯޑަށް ކުޑަ އުނި ކަމެއް ވަނީ އައިސްފަ އެވެ. ޔޫރޯ 2024 ގައި ސްޕެއިން ޓީމުން އިނގިރޭސިވިލާތް ފައިނަލް ގައި ބަލިކޮށް، ޗެމްޕިއަން ކަން ހޯދިއިރު، ޒުވާން ބާސެލޯނާ ވިންގަރު ލަމީން ޔަމާލް އެޓީމުގައި ހިމެނެ އެވެ. އޭނާ އަކީ ދުނިޔޭގެ އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. ޖޫން މަހު ނޭޝަންސް ލީގް ފައިނަލްގައި ޕޯޗުގަލާ ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓުން ލިބުނު ނާކާމިޔާބުގެ ފަހުން، 2023 މާޗް މަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެޓީމު ކޮމްޕެޓިޓިވް މެޗެއްގައި ބަލިވެފައެއް ނުވެއެވެ.

2022 ގައި ގަތަރުގައި ދެވަނަ ހޯދި ފްރާންސް، ޔޫރަޕިއަން ކޮލިފައިންބގައި ބަލިނުވެ ކޮލިފައިވެއެވެ. އޮޕްޓާ ގެ ސުޕަރ ކޮމްޕިއުޓަރުން މި ތިން ޔޫރަޕިއަން ޓީމް ފޭވަރިޓުންގެ ގޮތުގައި ބަލައިފައިވާ އިރު، ސްޕެއިނަށް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު 17%، އިނގިރޭސިވިލާތަށް 11.8%، އަދި ފްރާންސަށް 14.1% ވަނީ ލިބިފަ އެވެ.

ފުރަތަމަ ކޮލިފައިން މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ޖާގަ ހޯދި ޖަރުމަނަށް ވެސް ބުކްމޭކަރުންނާއި ޑޭޓާ އެކްސްޕާޓުން ވަރަށް ބޮޑަށް ފޭވަރ ކުރާއިރު، ސްވިޒަލޭންޑް، ނެދަލޭންޑްސް، ބެލްޖިއަމް، ކްރޮއޭޝިއާ އަދި ނޯވޭ ވެސް ޔޫރަޕިއަން ކޮލިފައިން ގައި ބަލިނުވެ ކޮލިފައިވިއެވެ.

ބްރެޒިލްގެ ކޮލިފައިން ކެމްޕޭން އެހާ ރަނގަޅެއް ނުވިއެވެ، އެޓީމް ޓޭބަލްގައި ފަސްވަނަ ހޯދިއިރު، 18 މެޗުގެ ތެރެއިން ހަ މެޗުން ބަލިވިއެވެ. އެކަމަކު އޮޕްޓާ އިން އެޓީމް ހަތްވަނަ ކަމުގައި ބަލާފައި އޮތަސް، ގިނަ ބުކްމޭކަރުން އެޓީމް ހަތަރު ވަނަ ފޭވަރިޓު ކަމުގައި ބަލައެވެ.

ވޯލްޑް ކަޕް ޑިފެންޑިން ޗެމްޕިއަންސް އާޖެންޓީނާ ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕް ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ދެވަނަ ގައި އޮތް އެކުއެޑޯ އަށް ވުރެ ނުވަ ޕޮއިންޓުން ކުރި ހޯދި އެވެ.

ބްރެޒިލަކީ 1958 އަދި 1962 ގައި ދެފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އެކަނި ޓީމެވެ.

އަނެއްކޮޅުން ލިއޮނަލް މެސީ ކުޅޭނެކަމަށް ލަފާކުރެވޭތީ، އާޖެންޓީނާ ފޭވަރިޓުންގެ ތެރޭގައި ހިމެނޭނެއެވެ.

އޭޝިއަން ކޮލިފައިން ބުރުތަކުން އެންމެ ރަނގަޅު ޓީމަކަށް ވީ ޖަޕާނެވެ. އެޓީމަށް އަންނަ މުބާރާތައް ކުޅުނު ކޮލިފައިން މެޗުތަކުގައި ބަލިވީ އެންމެ މެޗަކުންނެވެ.

ގަތަރުގައި ހައިރާންކުރުވަނިވި ގޮތަކަށް ސެމީ ފައިނަލަށް ދިޔަ މޮރޮކޯ އެޓީމުގެ އެންމެ ފަހުން ކުޅުނު އެފްރިކަން ކޮލިފައިން މެޗުން ވެސް ކާމިޔާބު ހޯދާފައި ވުމާއެކު ބޮޑެތި ޓީމުތަކަށް ނުރައްކާ ކުރާ ޓީމަކަށް މި ޓީމު ވެދާނެ ކަމަށް ބެލެއެވެ.

އޭގެ އިތުރުން މިސްރު، ސެނެގާލް، އައިވަރީ ކޯސްޓް އަދި ޓިއުނީޝިއާ ވެސް ބަލިނުވެ ކޮލިފައިވެއެވެ. އެކަމަކު މި މަހުގެ ފަހުކޮޅު އެފްކޮން ފަށާތީ، ހަ މަސްދުވަހުގެ ތެރޭގައި ދެ މޭޖަރ ޓޫރނަމަންޓެއް ގައި ކުޅުމަކީ އެފްރިކާ ގެ ގައުމުތަކަށް ދަތި މަސައްކަތަކަށް ވެދާނެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އިއުލާންކޮށްފައިވާއިރު، އޭނާގެ ޕޯޗުގަލް ޓީމުގެ މަތިން ވެސް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި ޔޫރޯ 2020 ޗެމްޕިއަންސް އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ޕްލޭއޮފްތަކުން އިތުރު ކާމިޔާބީ ހޯދަން ޖެހިފައި އޮތް ނަމަވެސް، ބޮޑު މުބާރާތުގައި މިއީ ވެސް ރަނގަޅު ކުޅުމެއް ދައްކަފާނެ ޓީމެކެވެ.

ޔޫރަޕުގައި ބޭއްވި 11 ވޯލްޑް ކަޕުން 10 ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ވަނީ ޔޫރަޕިއަން ޓީމުތަކުންނެވެ. އަނެއްކޮޅުން މުބާރާތް އެމެރިކާ ގައި ކުޅޭއިރު އެއީ މުޅިން ތަފާތު ވާހަކައެކެވެ. އެތަނުގައި ބޭއްވި ހަތް މުބާރާތް ވެސް ދެކުނު އެމެރިކާގެ ޓީމަކުން ކާމިޔާބު ކުރި އިރު، 2014 ގައި ޖަރުމަނުން އެ ސިލްސިލާ ނިމުމަކަށް ގެނެއެވެ. އަދި އެއަށް ފަހު އާޖެންޓީނާ ގަތަރުގެ ގަދަ ހޫނުގައި މުބާރާތް ކާމިޔާބު ކުރި އެވެ. ސްޕެއިނަކީ 2010 ގައި ދެކުނު އެފްރިކާ ގައި ޓްރޮފީ ނަގައި، ބައްރުން ބޭރުގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ފުރަތަމަ ޔޫރަޕިއަން ޓީމެވެ.

ވޯލްޑްކަޕް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު