Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ތާއީދު ކުއޯމޯ އަށް، މަމްދާނީ ހޮވިއްޖެ ނަމަ ފަންޑު ކަނޑާލާނެ ކަމުގެ އިންޒާރު

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުއޯމޯ އަކީ ޝަޚުސިއްޔަތުގެ ގޮތުން ކަމުދާ ކެންޑިޑޭޓަކަށް ނުވި ނަމަވެސް، އެ ނޫން އެހެން ޗޮއިސްއެއް މިވަގުތު ނެތް ކަމަށެވެ. ކުއޯމޯ އަށް ވޯޓު ދީ، އުންމީދު ކުރަން ޖެހޭނީ އޭނާ ރަނގަޅު މަސައްކަތެއް ކުރާނެ ކަމަށް ކަމުގައި ޓްރަމްޕް ވިދާޅުވި.

ޓްރަމްޕް ޕާޓީ ލައިންތައް ހުރަސްކޮށް ނިއުޔޯކް މޭޔަރު އިންތިހާބުގައި ޑިމޮކްރެޓް ކުއޯމޯއަށް ތާއީދުކުރައްވައި ޑިމޮކްރެޓް މަމްދާނީ ކާމިޔާބުވެއްޖެނަމަ ފެޑެރަލް ފަންޑު ކަނޑާލާނެކަމަށް އިންޒާރުދެއްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2025 | އަންގާރަ 06:37
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ނިއު ޔޯކް ސިޓީގެ މޭޔަރު ކެންޑިޑޭޓް ޒޯރަން މަމްދާނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ނިއު ޔޯކް ސިޓީގެ މޭޔަރު ކެންޑިޑޭޓް ޒޯރަން މަމްދާނީ

އަންގާރަ ދުވަހު އޮންނަ އެމެރިކާގެ ނިއު ޔޯކުގެ މޭޔަރުގެ އިންތިޚާބުގައި، މޭޔަރު ކަމަށް ވާދަ ކުރާ ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކުގެ މޭޔަރު އިންތިޚާބާ ގުޅޭ ގޮތުން މިހާތަނަށް ވެސް ޓްރަމްޕް ވަނީ ގިނަ ވާހަކަ ތަކެއް ދައްކަވައިފަ އެވެ. މި އިންތިޚާބުގައި ޓްރަމްޕް ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރަނީ ކާޓިސް ސްލިވާ އެވެ. ނަމަވެސް ޓްރަމްޕް ވަނީ، އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ ކުއޯމޯ އަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.

ނިއު ޔޯކް ސިޓީ އަކީ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން ގިނަ ސިޓީ އަކަށްވާއިރު، ގިނަ ބަޔަކު ޤަބޫލު ކޮށްގެން ތިބީ މި އިންތިޚާބު ކާމިޔާބު ކުރާނީ ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޒޮހްރާން މަމްދާނީ ކަމަށެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ސްލިވާ އުޅެނީ ވަރަށް ބޮޑު ތަނުން ފަހަތުގަ އެވެ.

އިންތިޚާބުގައި ކުއޯމޯ އަށް ތާއީދު ކުރަން ނިންމަވާފައިވާ ކަން ހާމަ ކުރައްވައި ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފަ އެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަ ކުރަމުން އަންނަ މަމްދާނީ އިންތިޚާބު ކާމިޔާބު ކޮށްފި ނަމަ، ނިއު ޔޯކް ސިޓީ އަށް ދެމުން އަންނަ ފެޑަރަލް ފަނޑު ހިފަހައްޓާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުއޯމޯ ވާދަ ކުރައްވާއިރު، އޭނާ އަކީ މީގެ ކުރިން ޑިމޮކްރަޓިކް ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރާތެކެވެ. ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމަރީ ގައި ވެސް އޭނާ ވާދަ ކުރެއްވި ނަމަވެސް، މަމްދާނީއާ ވާދަ ކުރައްވައި ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.

އަންގާރަ ދުވަހު އޮންނަ ނިއު ޔޯކް ސިޓީގެ މޭޔަރު އިންތިޚާބަކީ ޤައުމީ ފެންވަރުގައި ބޮޑު ސަމާލު ކަމެއް ލިބިފައިވާ އިންތިޚާބެކެވެ. އެއީ ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ޑިމޮކްރަޓިކް ޕާޓީ ފަހަތަށް ޖައްސާލުމަށް ވެސް ޓްރަމްޕް އަށް ލިބިވަޑައިގެންފައިވާ ފުރުސަތެއް ކަމަށް މާހިރުން ފާހަގަ ކުރެ އެވެ. އުމުރުން 34 އަހަރުގެ މަމްދާނީ އަކީ ޑިމޮކްރަޓިކް ސޯޝަލިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތެކެވެ.

މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ސާވޭ ތަކާއި، ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ކުއޯމޯ އަށް ވުރެ ކުރީގައި އުޅެނީ މަމްދާނީ އެވެ. މަމްދާނީ ވަނީ ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ތާއީދު ހޯދާފައި ކަމަށާއި، އޭނާ ކުރަމުން އަންނަނީ ވަރަށް ޒަމާނީ އަދި ޒުވާން ވިސްނުމުގެ ކެމްޕެއިނެއް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ.

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކުއޯމޯ އަކީ ޝަޚުސިއްޔަތުގެ ގޮތުން ކަމުދާ ކެންޑިޑޭޓަކަށް ނުވި ނަމަވެސް، އެ ނޫން އެހެން ޗޮއިސްއެއް މިވަގުތު ނެތް ކަމަށެވެ. ކުއޯމޯ އަށް ވޯޓު ދީ، އުންމީދު ކުރަން ޖެހޭނީ އޭނާ ރަނގަޅު މަސައްކަތެއް ކުރާނެ ކަމަށް ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. ކުއޯމޯ އަށް އެކަން ކުރެވުނު ނަމަވެސް، މަމްދާނީ އަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ހަމަ އެ ޕޯސްޓުގައި މަމްދާނީ އަކީ ކޮމިއުނިސްޓް ކެންޑިޑޭޓެއްގެ ގޮތުގައި ސިފަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، މޭޔަރު އިންތިޚާބު އޭނާ ކާމިޔާބު ކޮށްފި ނަމަ، ޤާނޫނު ލާޒިމު ކުރާ އެންމެ މަދު މިންވަރު ފިޔަވައި، އެހެން ފަންޑުތައް އެ ސިޓީ އަށް ދިނުމަކީ ދަތި ކަމެއް ކަމަށެވެ. ޓްރަމްޕް އަކީ ވެސް ނިއު ޔޯކް އަށް އުފަންވެ ވަޑައިގެން، އެ ސިޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ނިއު ޔޯކްގެ ސްޓޭޓް ކޮމްޓްރޯލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އެމެރިކާގެ ފެޑެރަލް ސަރުކާރުން 2026 ވަނަ އަހަރު ނިއު ޔޯކް ސީޓި އަށް ދެނީ 7.4 ބިލިއަން އެމެރިކާ ޑޮލަރެވެ. ނުވަތަ އެ ސިޓީގެ ޖުމުލަ ޚަރަދުގެ 6.4 އިންސައްތަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްޒޮހްރާން މަމްދާނީއެންޑްރޫ ކުއޯމޯނިއު ޔޯކް ސިޓީއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު