Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނގުރާގެ މައްސަލަ

ތުލުސްދޫ ގައި ބަނގުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ހައްޔަރު ބައެއްގެ ތެރޭގައި ފުލުހެއް، ވަޒީފާ އިން ވަކި ކުރަން ލަފާ ދީފި

މި މައްސަލައާ ގުޅިގެން 7 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ނޮވެމްބަރު 2025 | އާދީއްތަ 12:40
ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ

ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ

ކ.ތުލުސްދޫ ގެސްޓް ހައުސް އަކުން ބަނގުރާ ކަމަށް ބެލެވޭ ތަކެއްޗާއެކު ހައްޔަރު ބައެއްގެ ތެރޭގައި ފުލުހެއް ހިމެނޭތީ، އޭނާ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 17 އޮކްޓޫބަރު 2025 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ތުލުސްދޫ ގެސްޓްހައުސްއެއް ބަލާ ފާސްކޮށް 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ 3 ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނެއް، 23 އަހަރުގެ އަންހެނެއް، 26 އަހަރުގެ އަންހެނެއްގެ އިތުރުން 20 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

މި އެންމެންނަކީ ދިވެހިންނެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގެސްޓް ހައުސް ބަލައި ފާސް ކުރިއިރު، އެމީހުން ތިބި ތަނުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500 އެމްއެލްގެ 2 ފުޅި އާއި ތައްޓެއް ފެނުނު މައްސަލާގައި ކަމަށެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، އެ މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ކޮންސްޓަބަލް އައިމިނަތު މާޔާ ހުސެއިން ބަޝީރު ހިމެނޭތީ އޭނާ ސަސްޕެންޑް ކުރި ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށާއި، އެ މައްސަލަ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވަޒީފާ ގައި ހުރި އަންހެން މީހާގެ ވަނަވަރު އާއްމު ކުރި ނަމަވެސް ދެން މި މައްސަލާގައި ހައްޔަރު ކުރި އެއްވެސް މީހެއްގެ ވަނަވަރު އާއްމު ކޮށްފައި ނުވެ އެވެ. އަދި އެމީހުން ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރު ނުކޮށް ދޫ ކޮށްލި ސަބަބެއް ވެސް ހާމަ ކޮށްފައި ނުވެ އެވެ.

ތުލުސްދޫ ޕޮލިސްއައިމިނަތު މާޔާ ހުސެއިން ބަޝީރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު