Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކޮފީ

ކޮފީ މަދު ކުރުމުން މާ ސާފު ކޮށް ބިރުވެރި ހުވަފެން ފެންނަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބާ؟

ކެފީން މަދުކުރުމަކީ ނިދީގެ ފެންވަރު ރަނގަޅުވެ، އެއާއެކު ސިކުނޑީގައި އުފެދޭ ހުވަފެންތައް އިތުރަށް ސާފުވެގެންދާނެ ކަމެކެވެ.

ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2025 | އާދީއްތަ 16:10
ފެޝަން މޮޑަލް ކުރާ މީހަކު ކޮފީތައްޓެއް ހިފައިގެން - ގިނަ ބަޔަކަށް ކޮފީ އަކީ ކަމުދާ ބުއިމެއް

ފެޝަން މޮޑަލް ކުރާ މީހަކު ކޮފީތައްޓެއް ހިފައިގެން - ގިނަ ބަޔަކަށް ކޮފީ އަކީ ކަމުދާ ބުއިމެއް

ކޮފީ ބުއިން މަދު ކުރުމުގެ ސަބަބުން ލިބޭ ގިނަ ފައިދާތަކެއް ހުރެއެވެ - މިސާލަކަށް ދަތްތައް ހުދުވުމާއި، ފާޚާނާ އަށް ދާންޖެހުން މަދުވުން ހިމެނެއެވެ. ނަމަވެސް ކޮފީ ބުއިން މަދުކުރުމުގެ ސަބަބުން ސާފު (އަދި ބައެއްފަހަރު ބިރުވެރި) ހުވަފެންތައް ފެންނަ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މިއީ ކޮފީ މަދުކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔަކަށް ކުރިމަތިވާ ކަމަށް ބުނާ އަޖައިބު ކަމެކެވެ.

ނަމަވެސް މިކަމުގައި ސައިންޓިފިކް ހެއްކެއް ހުރިތޯ ބެލުމަށް ދިރާސާތަކުން ދައްކާ ގޮތް ބަލާލަމާ ހިންގަވާށެވެ.

ކޮފީ އިން ނިދުމަށް ކުރާ އަސަރު

ކޮފީ ގައި އެކުލެވޭ ކެފީން އަކީ އަޅުގަނޑުމެން ހޭލާ ތިބުމަށް އެހީތެރިވެދޭ ސްޓިމިއުލަންޓެކެވެ. މިއީ އިންސާނުންގެ ސިކުނޑީގައި ހުންނަ އެޑެނޯސިން ކިޔާ ކެމިކަލް ހުއްޓުވުމަށް މަސައްކަތް ކުރާ އެއްޗެކެވެ.

އެޑެނޯސިން އާންމުކޮށް އުފެދެނީ ދުވާލު ވަގުތު އަޅުގަނޑުމެން ހޭލާ ތިބޭއިރުއެވެ. ހަވީރުވާ އިރަށް، ދުވާލު ސިކުނޑީގައި އެޑެނޯސިން ޖަމާވެފައި ހުރުމުގެ ސަބަބުން ނިދިއައުމަށް މަގުފަހި ކުރެއެވެ. ނިދުމުގެ ތެރޭގައި އެޑެނޯސިން ސާފުވެ، ހޭލާއިރު ތާޒާކަން އިހުސާސް ވެއެވެ. ހޭލުމާ އެކު އަނެއްކާ ވެސް އެޑެނޯސިން ސިކުނޑި އަށް ޖަމާވާން ފަށައެވެ.

ކެފީން ގެ ސަބަބުން، އެޑެނޯސިންގެ ސިގްނަލް ހުއްޓުވައެވެ. އެހެން ކަމުން، އެޑެނޯސިން ހުރި ނަމަވެސް، ކެފީންގެ ސަބަބުން ނިދި އައުމުން ދުރުހެލިވެއެވެ. އަނެއް ކޮޅުން ކެފީންގެ އަސަރު ކެނޑޭއިރު، ނިދި އައުން އިތުރުވެއެވެ.

ކެފީން ގެ ހާފް-ލައިފް އަކީ 3 ގަޑިއިރާއި 6 ގަޑިއިރުގެ މުއްދަތެކެވެ. މާނަ އަކީ ކޯފީ ބުއިމުގެ ފަހުން މިހާ ވަގުތު ފާއިތުވި ނަމަވެސް ހަށިގަނޑަށް އެތެރެވި ކެފީންގެ ދެބައިކުޅަ އެއްބައިގެ މިންވަރުގެ ކެފީން ހަށިގަނޑުގައި ހުންނާނެއެވެ. އަދި އޭގެ އަސަރު އެޑެނޯސިން އަށް ކުރަމުންދާނެ އެވެ. އެހެންވެ ގިނަ މީހުންނަށް މެންދުރުފަހު ނުވަތަ ހަވީރު ކެފީން ބޭނުން ކުރުމުން ރޭގަނޑު ނިދަން އުނދަގޫވެއެވެ.

އެޑެނޯސިން ސިގްނަލިންގ އަށް ހުރަސްއެޅުމުގެ ސަބަބުން، ކެފީން އިން ނިދި ހަލާކުކޮށް، ނިދޭ ވަގުތު މަދު ކުރެވިދާނެ އެވެ. ޚާއްޞަކޮށް ފުން، އަރާމު ނޮން-ރެޕިޑް އައި މޫވްމަންޓް (އެންއާރްއީއެމް) ނިދި މަދުވެއެވެ. ޖުމްލަކޮށް، ދިރާސާތަކުން ދައްކާގޮތުގައި ދުވާލުގެ ފަހު ބައިގައި ކޮފީ ބުއިމުން ނުވަތަ ގިނައިން ކެފީން ބޭނުން ކުރުމުން ނިދުމަށް އަސަރު ކުރެއެވެ.

ކެފީން މަދުކުރުމުން ސާފު އަދި ބިރުވެރި ހުވަފެން ފެނޭތޯ ބެލުމަށް ކޮށްފައިވާ ސީދާ ދިރާސާތައް މަދެވެ. ގިނަ ދިރާސާތަކުން ބަލާފައި ވަނީ ކެފީން އިން ނިދުމަށް ކުރާ އަސަރުގެ މައްޗަށެވެ.

ނަމަވެސް މިއީ މުޅިން ނޭނގުމުގެ ތެރޭގައިވާ ކަމެއް ވެސް ނޫނެވެ. ނިދުމުގެ ކޮލިޓީ އާއި ހުވަފެން ފެނުމާ ވަރަށް ބޮޑަށް ގުޅިފައިވާކަން އެނގެއެވެ.

ކެފީން މަދުވުމުން ސާފު ހުވަފެން ފެންނަނީ ކީއްވެ؟

ސީދާ ހެކި ނެތް ނަމަވެސް، ގިނަ ބަޔަކު ބުނާ އެއް ވާހަކަ އެއް އޮވެއެވެ: ކެފީން މަދުކުރާތާ ދެތިން ރެއަކުން، ހުވަފެންތައް އިތުރަށް ސާފުވެ، ތަފްސީލުވެއެވެ.

ކެފީން މަދުކުރުމަކުން ކޮންމެހެން ސާފު ހުވަފެން ފެންނަން ނުޖެހުނު ނަމަވެސް އޭގެ ގުޅުމެއް އޮތުން އެކަށީގެންވެ އެވެ. ކެފީން އިން ޖުމްލަ ނިދި މަދުކޮށް، ރޭގަނޑު ހޭލެވުން އިތުރު ކުރެއެވެ. އެހެން ކަމުން، ޚާއްޞަކޮށް ދުވާލުގެ ފަހުކޮޅުގައި ކޮފީ ބޯ މީހަކު، ކޮފީ ބުއިން މަދު ކުރުމުން ނިދި އިތުރުވުމުން، ރެޕިޑް އައި މޫވްމަންޓް (އާރްއީއެމް) ނިދި އިތުރުވެދާނެއެވެ.

އާރްއީއެމް އަކީ ހަށިގަނޑު ރިލެކްސްވެފައި ސިކުނޑި ވަރަށް ހަރަކާތްތެރިވާ ނިދީގެ މަރުހަލާއެކެވެ. މިއީ ހުވަފެން ފެނުމާ ގުޅިފައިވާ މަރުހަލާއެވެ. އިތުރު އާރްއީއެމް ނިދިން ސިކުނޑި އަށް އިތުރު ސާފު އަދި ތަފްސީލީ ހުވަފެން އުފެއްދިދާނެއެވެ. މިއީ ދިރާސާތަކުން ފެންނަން އޮތް ކަމެކެވެ.

އާރްއީއެމް އަކީ އަދި ރޭގަނޑު އެންމެ ގިނައިން ހޭލެވޭ ނިދީގެ މަރުހަލާއެވެ. މި މަރުހަލާގައި ނިދިން ހޭލެވޭނަމަ ހުވަފެން ހަނދާން ހުރުން އިތުރުވެއެވެ. އަދި ދެންމެ ވީ ކަމެއްގެ ގޮތައް ހުވަފެން ހަނދާނުގައި ހުރުމުގެ ފުރުސަތު އިތުރުވެއެވެ.

އެހެން ކަމުން، ކެފީން މަދުކުރުމުން އާރްއީއެމް ނިދި އިތުރުވެ، ހުވަފެން ފެނުމާއި ފެނުނު ހުވަފެން ހަނދާން ހުރުމުގެ ފުރުސަތު އިތުރުވެއެވެ.

އެހެން ނަމަވެސް، ނިދުމަކީ އަދި ހުވަފެނަކީ ވެސް ކޮމްޕްލެކްސް ކަމެކެވެ. ކެފީން ހުއްޓާލުމުން ކޮންމެ މީހަކަށް ކުއްލިއަކަށް ސާފު އަދި ބިރުވެރި ހުވަފެން ނުފެނިދާނެއެވެ.

ޚުލާސާ އަކީ ކެފީން މަދުކުރުމާއި ސާފު ހުވަފެން ފެނުމާ ދެމެދު ގަދަ ސައިންޓިފިކް ހެކިތަކެއް ނެތް ނަމަވެސް، ގުޅުމެއް އޮތުން އެކަށީގެންވެއެވެ. ކެފީން އިން ނިދުމަށް އަސަރު ކުރެއެވެ. ނިދުމުގެ ކޮލިޓީ އާ ހުވަފެން ފެނުމާ ފެންނަ ހުވަފެން ހަނދާނުގައި ހުރުމާ ގުޅުމެއް އެބައޮތެވެ.

ކެފީން ގައި އެތައް ފައިދާތަކެއް

ކެފީންގެ ވާހަކަ ދައްކާއިރު، އާންމުކޮށް ހިތަށް އަރަނީ ކޮފީ އާއި އެނަރޖީ ޑްރިންކްސް ގެ މަތިންނެވެ. ނަމަވެސް ބައެއް ސޮފްޓް ޑްރިންކްސް، ޗޮކްލެޓް، ސައި، ޕްރީ-ވޯކްއައުޓް ސަޕްލިމެންޓްސް އަދި ބައެއް ބޭސްތަކުގައި ވެސް ކެފީން އެކުލެވެއެވެ.

ކެފީން ގެ ގިނަ ފައިދާތަކެއް ހުރެއެވެ. ޚާއްޞަކޮށް ސިކުނޑީގެ ހަރަކާތްތަކަށާއި ނަފްސާނީ ދުޅަހެޔޮކަމަށެވެ. މިސާލަކަށް، ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮފީ ބޯ މީހުންގެ މެދުގައި ޑިޕްރެޝަން މަދެވެ. އަދި ކެފީން ޕާކިންސަންސް ފަދަ ނިއުރޯޑީޖެނެރޭޓިވް ބަލިތަކުގެ ރިސްކް ކުޑަކުރުމާ ގުޅިފައިވެއެވެ. ކޮފީގައި ބީ ވިޓަމިންތަކާއި އެންޓިއޮކްސިޑެންޓްސް ހުރެއެވެ. މިއީ ހަށިގަނޑަށް ފައިދާ ހުރި މުހިންމު މާއްދާތަކެވެ.

މަސްދަރު: ބީބީސީ

ކެފީންހުވަފެންނިދިއާރްއީއެމް ނިދިކޮފީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

03 ސެޕްޓެމްބަރު 2025
ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ މީހުންނަށް 'ވޭކް އަޕް ކޯލެއް'

ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ މީހުންނަށް 'ވޭކް އަޕް ކޯލެއް'

03 ފެބުރުއަރީ 2024
މީހަކު މަރުވާ ކޮންމެ ފަހަރަކު ކޮފީގެ ޑިމާންޑު މަތިވޭ!

މީހަކު މަރުވާ ކޮންމެ ފަހަރަކު ކޮފީގެ ޑިމާންޑު މަތިވޭ!

11 ސެޕްޓެމްބަރު 2021
ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

13 ޖެނުއަރީ 2018
ކޮފީއާއި މެދު ކުރާ ބަހުސް ހުއްޓާލާ، ދުވާލަކު 3 ނުވަތަ 4 ތަށި ބޯލީމަ ރަނގަޅުވާނެ!

ކޮފީއާއި މެދު ކުރާ ބަހުސް ހުއްޓާލާ، ދުވާލަކު 3 ނުވަތަ 4 ތަށި ބޯލީމަ ރަނގަޅުވާނެ!

23 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު