Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮފީގެ ޑިމާންޑް

މީހަކު މަރުވާ ކޮންމެ ފަހަރަކު ކޮފީގެ ޑިމާންޑު މަތިވޭ!

ކޮފީއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ޑިމާންޑް ބޮޑު އެއްޗެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:35
މީހަކު މަރުވާ ކޮންމެ ފަހަރަކު ކޮފީގެ ޑިމާންޑު މަތިވާކަމަށް ކޮފީ ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ބުނޭ،

މީހަކު މަރުވާ ކޮންމެ ފަހަރަކު ކޮފީގެ ޑިމާންޑު މަތިވާކަމަށް ކޮފީ ވިއްކުމުގައި ހަރަކާތްތެރިވާ މީހުން ބުނޭ،

ކޮފީ މެޝިނާއި ކޮފީގެ ޑިމާންޑް އެންމެ މަތިވަނީ މީހަކު މަރުވުމުން ކަމުގައި ބުނެފިނަމަ އެއީ އަޖައިބު ވާހަކައަކަށް ވެދާނެއެވެ. އެކަމަކު އެއީ ހަގީގަތެކެވެ.

ކޮފީއަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ޑިމާންޑް ބޮޑު އެއްޗެކެވެ. މިރާއްޖޭގައި ވެސް މެއެވެ. އެކި ކަންކަމުގައި މީހުން ކޮފީ ބޯއިރު ބައެއް މީހުންނަށް ނިދިން ހޭލެވޭނީ ވެސް ކޮފީއާކުއެވެ. ކޮފީ ތައްޓަކާ ނުލާ އެދުވަހެއް ފަށަން އުދަނގޫވާ މީހުން މި މުޖުތަމައުގައި މަދެއް ނޫނެވެ. މަސައްކަތް ކުރަން އުނދަގޫވެ، މީހާ ކަންނެތްވެ، ނިދި ފިލުވާލައި ގައިގައި ވަރުޖައްސާލުމަށް ވެސް ބައެއް މީހުން ކޮފީ ބޮއެވެ. އޮފީހުގެ މާހައުލުގައި ވެސް ނަގާ ބްރޭކަކީ ގިނަަ ފަހަރަށް ކޮފީ ބުއިމަށް ނަގާ ބްރޭކެކެވެ.

މީގެ އިތުރުން ދުރުގައި ދިރިއުޅޭ އާއިލާ މީހުންނާއި، ރައްޓެހިންނާއި ބައްދަލުކޮށް ކަންކަމުގައި މަޝްވަރާކޮށްލުމަށް ކޮފީއަށް ދާ މީހުން ވެސް މަދެއް ނޫނެވެ. ކޮފީއަށް ދާން ބުނުމާއި، ކޮފީއެއް ދީބަލަ މިއީ އާންމުކޮށް އެންމެންގެ ވެސް އަތް މަތީ ބަސްތަކެވެ.

ހީނަރުވެގެންދާ ގުޅުންތައް ކޮފީ މޭޒުން ބަދަހިވެގެންދާއިރު، ކޮވިޑް-19އާ ގުޅިގެން ކޮފީ ބުއިމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑަށް ބަދަލު އައެވެ. ލޮކްޑައުނާއެކު ގޭގައި ތިބެންޖެހުމުން ގިނަ ބަޔަކު ކޮފީ ގިރާ މެޝިން ގަތެވެ. ބައެއް މީހުން ގޭގެ ޓެރަސްމަތީގައި އަދި ބެލްކަނިތަކުގައި ކޮފީ ޓޭބަލްތައް ހެދިއެވެ. ކެފޭ/ރެސްޓޯރެންޓްތަކަށް ދުލެއް ނުކުރެއެވެ. ލޮކްޑައުންގެ ތެރޭގައި އަބަދު ގޭގައި ތިބެން ޖެހި ފޫހިވުމުގެ ސަބަބުން ކޮފީ ބުއި މީހުން ވަރަށް ގިނައެވެ. އަދި ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރާ ވަގުތުގައި ބަރާބަރަށް ކޮފީ ބްރޭކްތައް ނެގި މީހުން ވެސް ވަކި މަދެއް ނޫނެއެވެ.

ކޮފީއަކީ އަބަދުވެސް ޓްރެންޑިންގ އެއްޗަކަށްވާއިރު، ބައެއް ގައުމުތަކުގައި ކޮފީގެ ޑިމާންޑް އަރައިގެން ދަނީ ވެސް ހީވެސް ނުކުރާ ފަދަ ކަންކަމާއި ގުޅިގެންނެވެ. މީހުން މަރުވުމުން، ކޮފީ ބުއިމަކީ ސަގާފީ ކަމަކެވެ. ބައެއް ގައުމުތަކުގައި މިއަދާ ހަމައަށް ވެސް މި ސަގާފަތަށް ބަދަލު އައިސްފައިނުވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ގައުމުތަކަށް ބަލާއިރު، ސްރީލަންކާ ހިމެނެއެވެ.

މަރުވާ މީހާގެ ހަށިގަނޑު އަންދާލަން ދެން ނުވަތަ ވަޅުލަން ދެން ހަށިގަނޑު ބާއްވާފައި އޮންނަ ދުވަސްތަކުގައި އެގެއަކު އެއްވެސް ކާ އެއްޗެއް ނުކައްކާނެއެވެ. ބަހައްޓާފައި ހުންނާނީ ކޮފީ އާއި ކޮފީ މެޝިނެވެ. އެ މަރުވި މީހާގެ އާއިލާ މީހުންނާއި، އެ ގެއަށް ޒިޔާރަތް ކުރާ ހުރިހާ އެންމެން ވެސް ކޮފީ ބޯނީ އެ ދުވަސްތަކުގައެވެ. ކޮފީ މެޝިނާއި ކޮފީ ސަޕްލައި ކޮށްދިނުމަށް މަރުވި މީހާގެ އާއިލާއިން ވިޔަފާރި ކުރާ މީހުންގެ ކިބައިން އެދުމަކީ އާއްމު ކަމެކެވެ. ކޮފީ މެޝިނާއި ކޮފީ ވިއްކާ މީހުންގެ ފޯނުތަކަށް އެންމެ ބާރު ބޮޑުވަނީ ވެސް ކޮންމެވެސް މީހަކު މަރުވުމުންނެވެ. އެއީ މަރުވި މީހާގެ މޫނު ބެލުމަށް އެގެއަކަށް ގިނަ ބަޔަކު ޒިޔާރަތް ކުރާތީއެވެ. އެހެންކަމުން އެގައުމުތަކުގައި ކޮފީގެ ޑިމާންޑް ބޮޑުވެގެންދަނީ މީހަކު މަރުވީމައެވެ.

މިގޮތަށް އަމަލުކުރަމުން އަންނައިރު، ކޮފީގެ ޑިސްޓްރިބިއުޓަރުން ބުނާ ގޮތުން ކޮވިޑް-19އާ ގުޅިގެން ވެސް ވިޔަފާރިއަށް ވަރަށް ބޮޑަށް ބާރު ބޮޑުވެގެން ދިޔައެވެ. މިސަގާފަތާއި ގުޅިގެން ސްމާޓް ލައިންއިން ކޮށްފައިވާ ރީސަޗެއްގައި ބުނެފައިވަނީ ބައެއް އަރަބި ގައުމުތަކުގައި ވެސް މި ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. ތުރުކީގެ ބައެއް ހިސާބުތަކުގައިވެސް މިގޮތަށް ކޮފީ ބޮއި އުޅޭ ކަމަށެވެ. އަދި ކޮފީ ބޮނީ ގައިގައި ވަރުޖެއްސުމުގެ ގޮތުންނާއި މާބޮޑަށް ދެރަވުމާއި ގުޅިގެން ވަރަށް ހިތި އެއްޗެއް ބުއިމުގެ ގޮތުން ކަމަށް ބުނެފައިވެއެވެ. މީހަކު މަރުވުމުން ވަރަށް ހިތިކޮށް ބޯ މިކޮފީގެ ސަބަބުން ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

މީހަކު މަރުވުމުން ބައެއް މީހުން ކޮފީ ބުއި ނަމަވެސް މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތަފާތު ވައްތަރުތަކުގެ ކޮފީއަކީ ޑިމާންޑު ބޮޑު އެއްޗެކެވެ.

ކޮފީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮފީ މަދު ކުރުމުން މާ ސާފު ކޮށް ބިރުވެރި ހުވަފެން ފެންނަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބާ؟

ކޮފީ މަދު ކުރުމުން މާ ސާފު ކޮށް ބިރުވެރި ހުވަފެން ފެންނަ ކަމަށް ބުނާ ވާހަކައިގެ ހަގީގަތަކީ ކޮބާ؟

26 އޮކްޓޯބަރު 2025
ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ މީހުންނަށް 'ވޭކް އަޕް ކޯލެއް'

ކޮފީއަކުން ނޫނީ ދުވަސް ނުފެށޭ މީހުންނަށް 'ވޭކް އަޕް ކޯލެއް'

03 ފެބުރުއަރީ 2024
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު