Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާއި، 250 މިލިއަން ޑޮލަރުގެ އިވެންޓު ހޯލެއް ތަރައްޤީ ކުރަނީ

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް ތަރައްޤީ ކުރާ އިވެންޓް ހޯލެކެވެ. އެ ހޯލު ތަރައްޤީ ކުރުމަށްޓަަކައި، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމުގެ މަސައްކަތް ފަށާފައި ވަނީ ބުދަ ދުވަހު އެވެ. މިއީ ކުރިން ޓްރަމްޕް ވިދާޅުވެފައިވާ ގޮތަށް، މިހާރު ހުރި އިމާރާތަށް އަސަރު ކުރާނެ މަސައްކަތަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

250 މިލިއަން ޑޮލަރުގެ ބޯޅަރޫމް ޢިމާރާތްކުރުމަށް ތަޅާލެވޭ އީސްޓް ވިންގަކީ މިހާރު ހުރި ވައިޓް ހައުސްގެ އިމާރާތުގެ ދެގުނައަށް ވުރެ ބޮޑު އިމާރާތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 05:27
ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

އެމެރިކާގެ ރިތާވަ ގަނޑުވަރު، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމަށް ފަހު، އެ ތަނުގައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޯލް ރޫމެއް، ނުވަތަ އިވެންޓް ހޯލެއް ތަރައްޤީ ކުރަން ފަށައިފި އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންގެވުމަކަށް ތަރައްޤީ ކުރާ އިވެންޓް ހޯލެކެވެ. އެ ހޯލު ތަރައްޤީ ކުރުމަށްޓަަކައި، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމުގެ މަސައްކަތް ފަށާފައި ވަނީ ބުދަ ދުވަހު އެވެ. މިއީ ކުރިން ޓްރަމްޕް ވިދާޅުވެފައިވާ ގޮތަށް، މިހާރު ހުރި އިމާރާތަށް އަސަރު ކުރާނެ މަސައްކަތަކަށް ވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ވޮޝިންޓަން ޕޯސްޓުގައި ހިއްސާ ކޮށްފައިވާ ފޮޓޯ ތަކާއި، އެ މަންޒަރު ދުށް ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި އިމާރާތް ތަޅާލުމަށްޓަކައި ބެކްހޯ (ހައިމާކު) ބޭނުން ކުރަމުންދާ މަންޒަރު ފެނެ އެވެ. މި މަސައްކަތް ކުރިއަށްދާއިރު، ޓްރެޒަރީ ޑިޕާޓްމަންޓްގެ ސިޑި ތަކުގައި ސީކްރެޓް ސާވިސްގެ މެމްބަރުންނާއި، އެހެނިހެން ފަރާތްތަކުން ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، 150 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮންމެ ރައީސަކު ވެސް ވައިޓް ހައުސްގައި ބޯލް ރޯމެއް (އިވެންޓް ހޯލެއް) ހުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެމްބަރުން ވަނީ އެ މަޝްރޫއު އަށް ފާޑު ކިޔައިފަ އެވެ.

90،000 އަކަ ފޫޓުގެ މި އިމާރާތަކީ މިހާރުގެ މައި އިމާރާތާއު، އީސްޓް އަދި ވެސްޓް ވިންގްގެ ޖުމުލަ ބޮޑު މިނުގެ ދެގުނަށް އަށް ވުރެ ބޮޑު އިމާރާތެކެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، މިހާރު ތަރައްޤީ ކުރަމުން އަންނަ ބޯލް ރޫމުގައި 650 މީހުންނަށް އިށީނދެވޭނެ ޖާގަ ހުންނާނެ ކަމަށެވެ. މިއީ މިހާރުގެ އީސްޓް ވިންގްގެ ޖާގަ އަށް ވުރެ ތިން ގުނަ ބޮޑު ޖާގައެއް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެ މަޝްރޫއު ފައިނޭންސް ކުރުމަށް، އެޕަލް، އެމެޒޯން، ލޮކްހީޑް މާޓިން އަދި ކޮއިންބޭސް ފަދަ ބޮޑެތި ކުންފުނި ތަކުން 25 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އެ މަޝްރޫއުގެ އަގު 200 މިިލިއަން އެމެރިކާ ޑޮލަރުގައި ހުންނާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 250 މިލިއަން އެމެރިކާާ ޑޮލަރަށް އިތުރުވެފަ އެވެ.

ނެޝަނަލް ޕާކް ސާވިސް އިން އީސްޓް ވިންގް ތަޅާލެވޭނެ މިންވަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، 2014 ވަނަ އަހަރު އެ އިދާރާ އިން ނެރުނު ލިޔުމެއްގައި ބަޔާން ކޮށްފައި ވަނީ، ދުނިޔޭގެ އެންމެ މަޝްހޫރު ގެތަކުގެ ތެރެއިން އެއް ގޭ ބޭނުން ކުރުމާާއި، ރައްކާތެރި ކުރުމަށް އެހެން އިދާރާތަކާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދަމުން އަންނައިރު، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ، ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް އޭނާ ވަނީ ޓްރަމްޕް އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ނިއުސަަމް އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕް އެންމެ އިސްކަމެއް ދެއްވާ ކަމަކަށް އޮތީ ވައިޓް ހައުސް ތަޅާލުން ކަމަށެވެ. އަދި އެމެރިކާގެ ސަރުކާރަށް ކުރިމަތިވެފައިވާ ހުއްޓުމަކަށް އެއްވެސް ސަމާލު ކަމެއް ނުދެއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނިއުސަމް މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ ސަރުކާރު ހުއްޓުމަކަަށް އައިސްފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު، އެކަމަށް ޓްރަމްޕް މަސައްކަތް ނުކުރައްވައި، 250 މިލިއަން އެމެރިކާ ޑޮލަރުގެ ބޯލް ރޫމެއް ތަރައްޤީ ކުރުމަކީ ލަދުވެތި ކަމެއް ކަމަށް އެމެރިކާގެ ބައެއް ރައްޔިތުން ވެސް އަންނަނީ ބުނަމުންނެވެ.

މަސްދަރު: ދި ވޮޝިންޓަން ޕޯސްޓު

ވައިޓް ހައުސްޑޮނަލްޑް ޓްރަމްޕްގެވިން ނިއުސަމްއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު