Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު

މުއިއްޒުގެ މޭޔަރު ކަމުގައި އެއްބަސްވުމެއް ނެތި މަސް މާރުކޭޓުގެ ފިހާރަތަކެއް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

މާލޭ ރޯމަސް މާރުކޭޓުގެ މަތިން ހަދާފައިވާ ހަތަރު ފިހާރައެއް އެއްވެސް އެއްބަސްވުމަކާ ނުލައި ދޫކޮށްލާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 04:05
ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު: އެ ދުވަސްވަރު އެއްބަސްވުމެއްނެތި މަސް މާރުކޭޓު މަތިން ފިހާރަތަކެއް ދޫކޮށްފައި ހުރިކަން ވަނީ ހާމަވެފަ

ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި ދުވަސްވަރު: އެ ދުވަސްވަރު އެއްބަސްވުމެއްނެތި މަސް މާރުކޭޓު މަތިން ފިހާރަތަކެއް ދޫކޮށްފައި ހުރިކަން ވަނީ ހާމަވެފަ

މިހާރުގެ ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، މާލޭ ރޯމަސް މާރުކޭޓު މަތިން އެއްވެސް އެއްބަސްވުމަކާއި ނުލައި ތިން ފިހާރަ އަކާއި ލޭބާ ކުއާޓާއެއް ދޫކުރިކަން އެނގިއްޖެ އެވެ.

މިކަން ހާމަވީ، މަސް މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދީފައި ހުރި ގޮތް ބެލުމަށް ސިޓީ ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ.

Advertisement - newsAdvertisement

މިކަން ހާމަވެފައިވަނީ ސިޓީ ކައުންސިލްގެ ހާބާ އެންޑް މާކެޓު މެނޭޖްމަންޓު ސެކްޝަނުން ހިންގި އިންސްޕެކްޝަނަކުންނެވެ. މި އިންސްޕެކްޝަނުގައި މާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާގައި ހުންނަ ހުސް ޖާގަތައް ކުއްޔަށް ދޫކޮށްފައިވާ ގޮތާއި، ކުލި ދައްކަމުންދޭތޯ ބަލާފައިވެއެވެ.

އިންސްޕެކްޝަނުން ހާމަވެފައިވާ ގޮތުގައި ފުރަތަމަ ފަންގިފިލާގެ ތިން ފިހާރައަކާއި ދެވަނަ ފަންގިފިލާގެ އެއް ފިހާރަ ހިންގަމުން ގެންދަނީ އެއްވެސް އެއްބަސްވުމަކާ ނުލައެވެ. އަދި މި ތަންތަނުން ކުލި ވެސް ދައްކަމުން ނުދާކަން މާރުކޭޓު ސެކްޝަނުން ކައުންސިލް ބިއުރޯއަށް ފޮނުވި މެމޯއިން ހާމަވެފައި ވެއެވެ.

މި ތަންތަނުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ފަންގިފިލާގެ ހަތަރު ނަންބަރު ފިހާރަ (އަބްދުލް ލަތީފު ގާސިމް)، ފަސް ނަންބަރު ފިހާރައާއި ދެވަނަ ފަންގިފިލާގެ ލޭބާ ކުއާޓާ (ހަސަން ފަޔާޒް)، އަދި ޓިނު ގުދަން ފިހާރަ (މުހައްމަދު ރަޝާދު އާދަމް) އެވެ.

މީގެ އިތުރުން، މުއިއްޒުގެ މޭޔަރުކަމުގައި މަސް މާރުކޭޓު ތަރައްގީ ކުރުމާ ގުޅޭ އިތުރު މައްސަލައެއް ވެސް ވަނީ ފާޅުވެފައެވެ. މިއީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ޚިލާފަށް ދެ ފަރާތަކާއެކު ވެފައިވާ އެއްބަސްވުންތަކަކާ ގުޅޭ މައްސަލައެކެވެ.

ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް ވަނީ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އެ މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، 6.1 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވާ މަޝްރޫއު، މުއިއްޒުގެ މޭޔަރުކަން ނިމުމާ ގުޅިގެން 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް، އެހެން ފަރާތަކާ ހަވާލުކޮށްފައިވެއެވެ.

ސައިފް ވިދާޅުވީ ކައުންސިލްގެ ފަރާތުން މަސްމާރުކޭޓުގެ އައު އެއްބަސްވުމުގައި ސޮއިކުރީ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ކަމަށާއި، އެ އެއްބަސްވުމުގައި ސޮއިކުރާން ޖެހުނު ސަބަބާއި، އަގަށް 3.5 މިލިޔަން ޑޮލަރު އިތުރުވީ ގޮތް އޭނާ ސާފުކޮށްދީފައި ނުވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ސިޓީ ކައުންސިލުން ތާވަލުކުރި ތިން ބައްދަލުވުން ވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފަ އެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

މުޙައްމަދު މުއިއްޒުރޯމަސް މާރުކޭޓުމާލޭ ސިޓީ ކައުންސިލްޑިމޮކްރެޓްސްގެ ކައުންސިލް މެމްބަރު ސައިފު ފާތިހު (އައިކޮ)އޭސީސީކުލީގެ މައްސަލަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު