Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

ޕީއެންސީގެ ގިނަ ކައުންސިލަރުން ހާޒިރުނުވުމުގެ ސަބަބުން މަސްމާރުކޭޓުގެ މައްސަލަ ނުބެލި ދިގުލައިގެންދަނީ

މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫޢުގައި 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުން ބާތިލުކޮށް 9.5 މިލިއަން ޑޮލަރުގެ އައު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2025 | ހުކުރު 08:26
ކޯރަމް ހަމަނުވެގެން ކެންސަލް ކުރި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 213 ވަނަ ރަސްމީ އާއްމު ޖަލްސާ

ކޯރަމް ހަމަނުވެގެން ކެންސަލް ކުރި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 213 ވަނަ ރަސްމީ އާއްމު ޖަލްސާ

މާލޭ ސިޓީ ކައުންސިލުގެ ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ ކައުންސިލަރުން ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު ހެއްދެވި މަސްމާރުކޭޓުގެ އެއްބަސްވުމާ ގުޅޭ މުހިންމު މައްސަލައެއް ނުބެލި ބުރާސްފަތި ދުވަހުގެ ކައުންސިލްގެ ބައްދަލުވުން ވެސް ކެންސަލްކޮށްފި އެވެ.

މާލޭ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫޢުއާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ދެ އެއްބަސްވުމެއް ހަދާފައިވާ މައްސަލަ ބެލުމަށް، ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް ޖަލްސާއަށް ހާޒިރުކުރަން އެދި ހުށަހެޅި ތިން ޖަލްސާވެސް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލްވެފައެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައިގައި، ރޯމަސް މާރުކޭޓު ތަރައްގީ ކުރުމުގެ އެއްބަސްވުމަށް ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން އަލީ ނަސީރާ ސުވާލުކުރުމަށާއި، މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑް ކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި މަޝްރޫޢުއާ ގުޅިގެން ރައީސް މުއިއްޒުގެ މޭޔަރު ކަމުގެ ދައުރުގައި 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުން ބާތިލުކޮށް، 9.5 މިލިއަން ޑޮލަރުގެ އައު އެއްބަސްވުމެއްގައި އަލީ ނަސީރު ވަނީ ސޮއިކޮށްފައެވެ. އެއީ މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ.

މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގާނޫނީ މައްސަލަތަކާ ގުޅިގެން މަސްމާރުކޭޓުގެ މަސައްކަތް މިހާރު ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ކައުންސިލަރުންނެވެ.

މި މައްސަލައާއި ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، 9.6 މިލިއަން ޑޮލަރަށް މަސް މާރުކޭޓު މަޝްރޫއު ހަވާލުކުރިއިރު އެ ފައިސާއަކީ ސިޓީ ކައުންސިލަށް ދެއްކެން އޮތް ފައިސާއެއް ވެސް ނޫން ކަމަށާއި، އާ އެއްބަސްވުމެއް ހަދަން ނިންމީ ކާކުތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ފަހުން ހެދި އެއްބަސްވުން ހަދާފައި ވަނީ މި ފައިސާ ނުދެއްކިއްޖެ ނަމަ މުޅި އިމާރާތް އެ އެއްބަސްވުން ހެދި ފަރާތަށް ލިބޭ ގޮތަށް ކަމަށާއި މިއީ ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް ކަމަށެވެ.

އާޒިމް ވިދާޅުވީ، ދެ އެއްބަސްވުމުގައި އޮތީ ވެސް އެއް ނަންބަރެއް ކަމަށާއި ދެވަނަ އެއްބަސްވުން ހެދީ ކިހިނެއްކަން ވެސް ލިޔެކިޔުންތަކުން ވެސް ފެންނަން ނެތް ކަމަށެވެ. އަދި މިގޮތަށް ކަންތައް ކޮށްފައި އޮތުމުން މީގެން އޮޅުބޮޅުން އަރާކަމަށާއި މަސް މާރުކޭޓު މަޝްރޫއު ލަސްވަނީ އެހެންވެގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަސް މާރުކޭޓު އަޅާއިރު އެ ތަނުގައި ހުރި ގޮޅިތައް ވަގުތީ ގޮތުން ބަދަލުކުރަން ބޭނުންވާ ގޮޅިތައް ހަދަން ވެސް އެއްބަސްވުމުގެ ތެރޭގައި ހިމަނާފައިނުވާ ކަމަށާއި އެ ކަމަށް 200 އެއްހާ ގޮޅި ހަދަން ޖެހޭއިރު އެކަން ކުރަން ވެސް އޮތީ ވަކިން 2.1 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ހާމަކުރަން ގޮވާލައްވާފައެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި، ބިޑް ކޮމިޓީން 130،000 ރުފިޔާއަށް މަސް މާރުކޭޓު ކުއްޔަށް ދޭން ނިންމާފައި ވަނިކޮށް، އޭރު ކައުންސިލުން އެތަން 70،000 ރުފިޔާއަށް ކުއްޔަން ދިން މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްރޯމަސް މާރުކޭޓުއަލީ ނަސީރު ގާސިމްމުހައްމަދު ސައިފް ފާތިހްމުޙައްމަދު މުއިއްޒުޕެރިސް އެގްރީމަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު