Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނގިރޭޓް ވައްކަން

ކޮންޓެއިނަރ ވައްކަން - "މިއީ ފްރޭމް ކުރުމުގެ އަމަލެއް ނޫންތޯ ސުވާލު އުފެދޭ"

16 އޮކްޓޯބަރު 2025 | ބުރާސްފަތި 16:13

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ވަގަށް ނެގި މައްސަލައަކީ ރާވައިގެން ކުރި ކަމެއް ކަމަށް ރާއީ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 16:13
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްދު ރާއީ،  ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްދު ރާއީ، ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ވަގަށް ނެގި 13 މިލިއަން ސިނގިރެޓް މައްސަލައިގައި ބަޔަކު ފްރޭމްކުރުމުގެ ކަންތައްތަކެއް ހިނގަނީ ނޫންތޯ ސުވާލު އުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްދު ރާއީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރާއި ވަނީ މިއީ ފްރޭމްކުރުމުގެ އަމަލެއް ނޫންތޯ ސުވާލު އުފައްދަވާފައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޕޯޓުގައި ހުއްޓާ 40 ފޫޓުގެ ދެ ކޮންޓެއިނަރ ކޮންޓެއިނަރ ވަގަށް ނެގިކަން ސަރުކާރަށް ރޭކާލީ ހޯމް މިނިސްޓަރ އަލީ އިހުސާން އަށް މެސެޖެއް ލިބުނު ހިސާބުން ކަމަށް ވެސް ރާއި ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ގެއްލުވާލި ކޮންޓެއިނަރތަކުގައި ހުރީ ނައްތާލަން ޖެހޭ ސިނގިރެޓްތަކެއް ކަމަށާއި އެކަން ނުކޮށް ވަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށް ރާއި ވިދާޅުވިއެވެ. އެހެންކަމުން މި ތަކެތި ނައްތާ ނުލާ ހުންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޕްރިލް މަހު ހިފެހެއްޓީ. އޮގަސްޓް މަހު ވަގަށް ނެގީ. ކީއްވެތޯ އެހާ ގިނަ ދުވަސް ވަންދެން ހުރީ ބަހައްޓާފައި. ސަރުކާރުން ވިޔަފާރިވެރިޔަކާއި މެދު ނުރުހިއްޖެ ނަމަ އެއަށް ކޮންމެ އެއްޗެއް ލާފަ ވެސް އެ ވިޔަފާރިވެރިޔާ ފްރޭމް ކުރުމުގެ ޖާގަ އެބަ އޮތް މިއަދު އެ ސުވާލު އުފެއްދޭނެ. މިއަށް ފީނި ވަރަކަށް ފެނުނީ ވަރަށް ނުރައްކާ ކަންކަން. " ރާއީ ވިދާޅުވިއެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މުދަލެއް ގެއްލުވާލި އިރު އެއީ ނުވާ ކަމަކަށް ހަދައިގެން ނުތިބެވޭނެ ކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ވަަރަށް އިދާރާތަކުގެ މެދުަގައި ވެސް ރާވައިގެން ނޫނީ ނުހިންގޭނެ ޒާތުގެ ވައްކަމެއް ކަމަށެވެ.

ރާއީ ވިދާޅުވީ ރާއްޖެ އަށް ވަގަށް ސިނގިރެޓް އެތެރެކުރަން އުޅުނު މައްސަލަ އަކީ ވަކި މައްސަލަ އެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ނުބަލާ ހަމައެކަނި އެ ސިނގިރޭޓް ކޮންޓެއިނަރތައް ވަގަށް ނެގި މައްސަލަ އެކަނި ބެލުމަކީ އޮޅުވާލުމެއް ކަމަށް ރާއީ ވަނީ ސިފަކުރައްވާފައެވެ.

"މިއީ ދެ ވައްކަމެއް. ފުރަތަމަ ކަމަކީ ސްމަގްލް ކުރުން. ދެ ވަނަ ކަމަކަށް މި އުޅެނީ އެ ނެރެގެން ގެންދިޔަ މައްސަލަ. ކޮބާތޯ އޭ މި އެތެރެ ކުރި ބޭފުޅުން؟ ސްމަގްލް ކުރި ބޭފުޅުން ކޮބާތޯއޭ؟ މިއީ ދެ ވައްކަމެއް. މި އެއް ނުކުރެވޭނެ. މިއީ ވަރަށް ރޭވުންތެރިކަމާއި އެކު ކޮށްފައި ހުރި ކަމެއް." ފްރައިޓް ހެންޑްލިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ރާއީ ވިދާޅުވިއެވެ.

ވަގަށް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

މުހައްމަދު ރާއީއެމްޕީއެލްހުޅުމާލެ ބަނދަރުސިނގިރޭޓް ވައްކަންކަސްޓަމްސް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި
08 ޑިސެމްބަރު 2025

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި
08 ޑިސެމްބަރު 2025

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
20 ނޮވެމްބަރު 2025

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް
16 ނޮވެމްބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

16 ނޮވެމްބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި
12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް