Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެސްޓީއޯ މެދުވެރިކޮށް ދެން ގެންނަންވީ ޑޮލަރެވެ.

މިގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވެސް އެސްޓީއޯ މެދުވެރިކޮށް ހައްލުކޮށްދެއްވާށެވެ. ޑޮލަރުވެސް އިމްޕޯޓްކުރައްވާށެވެ. ޑޮލަރު ހުރީ އަތްފޯރާ ފަށުގައެއް ނޫނެވެ. 15.42 އަށް ލިބެންޖެހޭ ޑޮލަރު ހުރީ 20، 21 ރުފިޔާގައެވެ. މަނިކުފާނުގެ ހެޔޮފުޅުކަމުން މިކަންވެސް ކޮށްދެއްވާށެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން އަސާސީ ތަކެތީގެ އަގުތައް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 14:18
ސަރުކާރުން ކޮންމެ ކަމެއްގެ ހައްލެއްގެ ގޮތުގައި އެސްޓީއޯ ބޭނުން ކުރުމުގެ ނަތީޖާއަކަށްވާނީ ވިޔަފާރިތައް ފުނޑިގެން ދިއުން

ސަރުކާރުން ކޮންމެ ކަމެއްގެ ހައްލެއްގެ ގޮތުގައި އެސްޓީއޯ ބޭނުން ކުރުމުގެ ނަތީޖާއަކަށްވާނީ ވިޔަފާރިތައް ފުނޑިގެން ދިއުން

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ދިއުމާ ގުޅިގެން، އަސާސީ ތަކެތީގެ އަގުތައް ވަނީ ނުހަނު ބޮޑުތަނުން މައްޗަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ދުރު ރާސްތާގެ ހައްލުތަކެއް ނޫންކަމަށް ވިޔަފާރިވެރިން ފާހަގަކުރަމުންދެއެވެ. ސަރުކާރުން އަޅާ ފިޔަވަޅުތަކަކީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެކެވެ. ތަކެތީގެ އަގުބޮޑުވުމާއެކު އެ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގެނައުމަކީ ދާއިމީ ހައްލުކަމަށް މި ސަރުކާރުން ދެކެއެވެ.

ހައްތާހަވެސް މައްސަލައަކީ ސަރުކާރަށް ނޭނގުމެވެ. ސަރުކާރުން ރޯނު އެނދުރު ހެދިގެން ދުވަނީއެވެ. ނަމަވެސް މިހާތަނަށް ހައްލު ހޯދައި ދިން ކަމެއް ނެތެވެ. ފެށި ކޮންމެ ކަމެއް އޮތީ މިފަދައިންނެވެ. ޑޮލަރުގެ މައްސަލައަށް ހައްލު ހޯދަން ކުރި ކަމަކުވެސް ރައްޔިތުންނަށް ޖެހުނީ އެ ތަކުލީފު އުފުލާށެވެ. ސަރުކާރުން ބުނެފައިވާ ގޮތަށް ޓީޓީ އުސޫލުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ވިޔަފާރިވެރިން ބުނާ ގޮތުގައި ބޭންކުތަކުން އެކަށީގެންވާ މިންވަރަށް ޑޮލަރު ލިބެމުން ނުދެއެވެ. މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ތަކެތި އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. 20 ރުފިޔާއަށްވުރެ ދަށްކޮށް ޑޮލަރެއް ނުލިބެއެވެ.

މިއާއެކު އުފުލިގެންދަނީ ބޭރުން އެތެރެކުރާ ސާމާނުގެ އަގެވެ. މިއަދު އޮރެންޖާއި އާފަލެވެ. އިހައްދުވަހަކު މައިލޯ ޕެކެޓާއި ކިރެވެ. އޭގެ ކުރިން ލުނބޯ ފިޔާއެވެ. މިހެން ދިމާވާ ކޮންމެ ފަހަރަކު ސަރުކާރުން ހައްލަކަށް ދައްކަނީ އެސްޓީއޯއެވެ. އެސްޓީއޯއަށް ގެއްލުން ވިޔަސް ހެޔޮކަމަށް ތަކެތި ގެނެސްގެސް ވިއްކަނީއެވެ. ބާޒާރުގައި މިހާރު އޮރެންޖާއި އާފަލުގެ އަގު 10 ރުފިޔާއިން މަތީގައި ހުރުމާ ގުޅިގެން، އެސްޓީއޯ މެދުވެރިކޮށް މި ބާވަތްތައް އެތެރެކުރުމަށް ސަރުކާރުން ނިންމީއެވެ. ދިރާސާއެއް ފަހުންވާނެ ގޮތެއް ނުބަލައެވެ. ނަމަވެސް މިއީ އާންމު ވިޔަފާރިވެރިންނަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ވިޔަފާރި ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ. މީގެ ކުރިންވެސް ފިޔާ، ލުނބޯ އަދި ކާށި ފަދަ ތަކެތި އެސްޓީއޯއިން ގެނައުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހުނެވެ.

ދެންވެސް އޮތީ މި ހާލަތެވެ. މިއަދު ގެނައީ އޮރެންޖެވެ. ދެން ގެންނަން ނިންމީ 10 ބާވަތެކެވެ. ފުނޑެމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑާލުމުގެ އަޒުމުގައެވެ. ނަމަވެސް ސަރުކާރުން މިއަށް ކިޔަނީ ފުޑް ސެކިއުރިޓީއެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ދިހަ ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ގެންނަން ރައީސް އިއުލާން ކުރެއްވީއެވެ. ރައްޔިތުން ރުއްސާށެވެ. ނަމަވެސް ހަގީގަތުގައި ފުޑް ސެކިއުރިޓީގެ ނަމުގައި ކުދި ވިޔަފާރިތައް ފުނޑާލަން އެ އެޅުއްވީ ފިޔަވަޅެއް ކަމެއް ހުދު އެމަނިކުފާނަކަށްވެސް އެނގިވަޑައިގެންނަވާހެން ހިޔެއް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އަރިހުގައި ވެސް ތިއްބެވީ ހުސް މީދާ ކެއި އުނބުތަކެވެ.

އިޤްތިޞާދީ މާހިރުންގެ ބުނާގޮތުގައި، ރާއްޖެއަށް މިލިއަނުން ޑޮލަރު ވަންނަމުންދާއިރު، ސަރުކާރަށް އިޤްތިޞާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވަނީ އިޤްތިޞާދު ހަލާކުވެފައެވެ. ސަރުކާރުން އާންމު ވިޔަފާރިތަކަށް ވަނުމަކީ ހިނގަމުންދާ އިޤްތިޞާދަށް އިތުރު ގެއްލުންތަކެއް ލިބި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ރައީސެވެ. ކޮންމެ ކަމެއްގެ ހައްލަކީ އެސްޓީއޯ ކަމުގައިވާނަމަ މިގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ވެސް އެސްޓީއޯ މެދުވެރިކޮށް ހައްލުކޮށްދެއްވާށެވެ. ޑޮލަރުވެސް އިމްޕޯޓްކުރައްވާށެވެ. ޑޮލަރު ހުރީ އަތްފޯރާ ފަށުގައެއް ނޫނެވެ. 15.42 އަށް ލިބެންޖެހޭ ޑޮލަރު ހުރީ 20، 21 ރުފިޔާގައެވެ. މަނިކުފާނުގެ ހެޔޮފުޅުކަމުން މިކަންވެސް ކޮށްދެއްވާށެވެ.

އެސްޓީއޯޑޮލަރުގެ ހިފެހެއްޓުންވިޔަފާރިވެރިންއިގްތިޞާދީ ހާލަތުކުދި އަދި މެދުފަންތީގެ ވިޔަފާރިއަސާސީ މުދާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ވައުދުވި ގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ނުދިން

ރައީސް މުއިއްޒު ވައުދުވި ގޮތަށް ވިޔަފާރިވެރިންނަށް ފައިސާ ނުދިން

06 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ވިޔަފާރިވެރިންނަށް މުދާ އެތެރެ ކުރުމަށް ކޮންޓެއިނަރު ގަންނަން ނުވަތަ ބޮޑު ފީއެއް ދައްކަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ވިޔަފާރިވެރިންނަށް މުދާ އެތެރެ ކުރުމަށް ކޮންޓެއިނަރު ގަންނަން ނުވަތަ ބޮޑު ފީއެއް ދައްކަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު