Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ފޮޓޯ އެއް ނަގައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހުސެއިން ހަސަން ހާޒިރު ކޮށްފި

ޕީޓްރޯލް ކައިރީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ފޮޓޯނެގުމުގެ މައްސަލައިގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަަމަށް ބުނެފައިވޭ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2025 | ހޯމަ 12:29
ގަލޮޅު ޕޮލިހަށް ބަޔާން ދިނުމަށްފަހު ނުކުމެ ހުސައިން ރާއްޖެޓީވީއާއި ވާހަކަދައްކަނީ

ގަލޮޅު ޕޮލިހަށް ބަޔާން ދިނުމަށްފަހު ނުކުމެ ހުސައިން ރާއްޖެޓީވީއާއި ވާހަކަދައްކަނީ

ފޮޓޯ އެއް ނެގި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އޭނާ ހާޒިރުކުރީ ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރި މައްސަލައިގައި ގަލޮޅު ޕޮލިހަށް ހޯމަ ދުވަހުގެ މެންދުރު 1:00 ގައެވެ. ފުލުހަށް ބަޔާން ދިނުމަށްފަހު ނުކުމެ އޭނާގެ ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ ޕީޓަރަލް ކައިރީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ފޮޓޯ ނަގައިގެން އޭނާ ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމަށް ބުނެ ހައްޔަރުކުރި ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާއިރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާހަގަވެގެން ދިޔައީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ގޮތުން ޙުސައިން ކޮށްފައި އޮތް ޢަމަލެއް ކަމަށް ބުނަނީ ސީނެއްގެ ފޮޓޯއެއް ނެގުން ކަމަށާއި، ދެން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ގޮތުން ޙުސައިން ކޮށްފައި މި އޮތް ޢަމަލެއް ކަމަށް ބުނަނީ ފުލުހުން އެ ފޮޓޯ ޑެލީޓްކުރަން ބުނީމައި އެ ފޮޓޯ ޑެލީޓް ނުކުރުން ކަމަށް ވަކީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަކީލު ވިދާޅުވީ ޙުސައިން ހައްޔަރުކުރި ކަމަށް ބުނާ ސީންގައި، އެއްވެސް ވަރަކަށް ފުލުހުން އެތަން ކޯޑައުންކޮށްފައެއް ނުވާ ކަމަށާއި، އެއީ ރޭގަނޑު ވަރަށް ދަންފަހަރު ވަގުތެއް ކަމުގައި ވާތީ، އެއީ ފުލުހުން ކަމެއް ވެސް ޙުސައިން އަކަށް އެނގިފައެއް ނުވާ ކަމަށެވެ. އަދި އެދުވަހު ފުލުހުން ސީންގައި ހަރަކާތްތެރިވެފައިވަނީ ކުލަ ހެދުމުގައި ކަމަށާއި، ފުލުހުން ދެއްކި ކާޑަކީ ކޮން ކާޑެއްކަން ވެސް އެނގެން ނެތް ކަމަށެވެ. އެހެންވީމާ، ދެއްކީ ޙަޤީޤަތުގައި ވެސް ފުލުހެއްގެ ކާޑެއް ކަމެއް ވެސް ޙުސައިން ނޭނގި ޙުސައިން ނެގި ފޮޓޯއެއް ޑިލީޓްކުރަން ބުނުމުން ފޮޓޯއެއް ޑިލީޓެއް ނުކުރާނަމޭ ބުނެފައިވަނީ ހަމަ މީހަކު އައިސް އާއްމު ތަނެއްގައި ނަގާ ފޮޓޯއެއް ޑިލީޓްކުރަން ބުނުމުން އެ ޑިލީޓްކުރަންޖެހޭ އެއްވެސް ސަބަބެއް، ގާނޫނީ ސަބަބެއް އޮތް ކަމަކަށް ގަބޫލު ނުކުރާތީ ކަމަށް ވަކީލު ވިދާޅުވިއެވެ.

އަޅުގަނޑު ވަރަށް ހިތާމަކުރަން ހަމަ އާއްމު ފަރުދަކު ކޯޑޯންކޮށްފައި ނެތް ސީނެއްގައި މި ފޮޓޯއެއް ނަގައިގެން އިނގޭތޯ. ފޮޓޯއެއް ނަގައިގެން އެ ފޮޓޯ ޑިލީޓްކުރަން ބުނެ އެ ފޮޓޯއެއް ޑިލީޓް ނުކޮށްގެން މީހަކު ހައްޔަރުކޮށް އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިމުމަށް ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމަކީ އެއީ ވަރަށް ބޮޑު ކަންބޮޑުވާ ކަމެއް. އެއީ މި ހާލަތަކަށް މި ޤައުމުގެ ކަންތައްތައް ވެއްޓިގެންވާނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރޭ. ދެން އަޅުގަނޑު ގަބޫލުކުރަނީ ޙުސައިންގެ ފަރާތަކުން އެ ދުވަހު އެއްވެސް ވަރަކަށެއް ގާނޫނާ ޚިލާފު ކަމެއް ނުކުރާކަން އަޅުގަނޑުމެން ވާނީ ފާހަގަކޮށްފަ. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ފަރާތުން ވާނީ ހަމަ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެވިފަކަން ވެސް ހަމަ ފާހަގަކުރަން
ވަކީލު އިބްރާހިމް ޝިޔާމް

ހުސައިން ހަސަން ވިދާޅުވީ ފުލުހުންގެ ވާޖިބަށް އޭނާ ހުރަސް އެޅިކަމަށް ބުނާ ކަމަށާއި، ނަމަވެސް އެ ތުހުމަތު ބެލުމުން އެނގުނީ އޭނާގެ ވާޖިބަށް ފުލުހުން ހުރަސްއެޅިކަން ކަމަށެވެ. އަދި އޭނާއަކީ އިދިކޮޅު ޕާޓީގެ މެންބަރަކަށް ވެފައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރުމަކީ އޭނާގެ ވާޖިބެއް ކަމަށާއި، އެ ސަރަހައްދަކީ ވެސް ކޯޑަންކޮށްފައި އޮތްތަނެއް ނޫން ކަމަށެވެ.

އެއީ ކޯޑަންކޮށްފައި އޮތް ތަނެއް ނޫން، އާއްމުކޮށް ހިނގާބިނގާވެއުޅެވޭ. އެހެންވީމާ، އެ ބޭފުޅުން ޖަވާބުދާރީކުރުވުމުގެ ގޮތެއްގައި ކުރާ މަސައްކަތް ޕަބްލިކަށް އެނގެންޖެހޭތީ ފޮޓޯއެއް ނެގީ. އަޅުގަނޑުގެ ވާޖިބަށް އެ ބޭފުޅުން ހުރަސްއެޅީ. އެ ފޮޓޯ ނެގީތީވެ ފޮޓޯ ޑިލިޓްކުރަން އަންގާ އެކަން ނުކުރެވޭނެ. ގަދަކަމުން، ގަދަބާރު ބޭނުންކޮށްގެން އަޅުގަނޑަށް ހައްޔަރު ވެސް ކުރި. އެތަނުގެ މަންޒަރުދުން މީހުންނަށް ފެންނާނެ. އެ ބޭފުޅުން އަޅުގަނޑަށް އަނިޔާކޮށްފައި ހުރިވަރު. އެކަމަކު ފުލުހުން ބުނަނީ މި ތަޙުޤީޤުގައި މި ކުށެކޭ މިއަދު. ފޮޓޯ ނެގުމަކީ ކުށެކޭ. ފޮޓޯ ޑިލިޓް ނުކުރުމަކީ އަމުރަށް ނުކިޔަމަންތެރިވަނީއޭ. މިކަހަލަ ކަންތައްތަ މިކަހަލަ ތުހުމަތްތަކުގައި މީހުން ގެނެސްގެން ހައްޔަރުކުރަން ކޯޓަށް އެ ބޭފުޅުން ގެންދަނީ. އަޅުގަނޑު ފަނަރަ ދުވަހަށް ބަންދު ޖަހަން. އެހެންނަމަވެސް، އެފަހަރު އަޅުގަނޑު ދޫކޮށްލީ.
އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން

ހުސައިން ވިދާޅުވީ ކޯޓުން އޭނާ ދޫކުރިނަމަވެސް ފުލުހުން އެކަން ދޫނުކޮށް ތަޙުޤީޤު ކުރިއަށް ގެންދާ ކަމަށެވެ. އަދި ހުސެއިން ހުރީ އެމީހުން ބުނާހާ ގޮތަކަށް ކަންކަން ކުރާކަށެއް ނޫން ކަމަށާއި، އާއްމުން ވެސް ފުލުހުން ޖަވާބުދާރީ ކުރުމަށް ޓަކައި ފޮޓޯ ނަގަންޖެހޭ ކަމަށެވެ. އަދި ބިރުދެއްކުމުގެ ގޮތުން ހަމަ ގަސްތުގައި ތާކުންތާކުނުޖެހޭ ކަމެއްގައި ފުލުހަށް ހާޒިރު ކުރަމުންދާ ކަމަށާއި، ޤައުމީ މަޖިލީހުގެ މެންބަރެއްވީމަ މުޒާހަރާގެ އިސްސަފުގައި ހަރަކާތްތެރިވާތީވެ އަންނަ މަހުގެ 17 ގައި އޮންނަ އެއްވުމަށް ހުރަސް އަޅަން ވެގެން ބިރުދައްކަން ކުރާ ކަމެއް ކަމަށް ހުސައިން ފާހަގަ ކުރިއެވެ.

ހުސެއިން ހަސަންއެމްޑީޕީގަލޮޅު ޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު