Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން ހަތިޔާރު ދޫކޮށްލާކަށް އެއްބަހެއް ނުވޭ

10 އޮކްޓޯބަރު 2025 | ހުކުރު 03:06

އެމެރިކާ މެދުވެރިވެގެން އިޢުލާނުކުރެވުނު އެއްބަސްވުމުގައި، ހަމާސް ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް ހަތިޔާރު ދޫކޮށްލާކަށް އެއްބަސްވެފައެއް ނުވެއެވެ. ފަލަސްތީނުގެ ދިފާޢަށް ހަތިޔާރު ކޮންމެހެން ބޭނުންވާކަން ހަމާސްގެ އިސްވެރިން ތަކުރާރުކޮށް ބުނަމުންދެއެވެ.

ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 03:06
ހަމާސްގެ ހަތިޔާރު އެޅި ވިންގް އަލް ގައްސާމް ބްރިގޭޑްސްގެ މެމްބަރުން ހަތިޔާރާ އެކު

ހަމާސްގެ ހަތިޔާރު އެޅި ވިންގް އަލް ގައްސާމް ބްރިގޭޑްސްގެ މެމްބަރުން ހަތިޔާރާ އެކު

ހަމާސްއިން އެމެރިކާ މެދުވެރިވެގެން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަތިޔާރު ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސްގެ އިސްވެރިޔާ ދިޔާ ރަޝްވާން ވިދާޅުވެއްޖެއެވެ. ނަމަވެސް ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށް އެއްބަސްވެފައެއް ނުވެއެވެ.

ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ އުސާމާ ހަމްދާން ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އެއްވެސް ފަލަސްތީނު ރައްޔިތަކު ހަމާސް އިން ހަތިޔާރު ދޫކޮށްލުމަށް އެއްބަހެއް ނުވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދިފާއު ގައި ހަތިޔާރު ބޭނުންވާ ކަމަށް ރޮއިޓަރސް އަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި އިސްރާއީލާއި ހަމާސްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި ފެށުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މި އެއްބަސްވުމަށް މަރުޙަބާ ކިޔާފައިވެއެވެ. އެމެރިކާ މެދުވެރިވެގެން ވެވުނު މި އެއްބަސްވުން ބުރާސްފަތި ދުވަހު ޢަމަލީ ގޮތުން ވަނީ ފެށިފައެވެ.

އޭނާ އިތުރަށް ސާފުކޮށްދެއްވި ގޮތުގައި ހަމާސްގެ ހަތިޔާރު އިސްރާއީލަށް ނުވަތަ އެއްވެސް ޢަރަބި ނޫން ފަރާތަކަށް ހަވާލެއް ނުކުރާނެއެވެ. އެއްބަސްވުމުގައި ހަމާސްގެ ހަތިޔާރުތައް ބަލަހައްޓާނީ ކޮން ފަރާތަކުންކަން ބަޔާންކޮށްފައި ނުވިޔަސް، މިނިވަން ކޮމިޓީއެއްގެ ވާހަކަ ހިމެނެއެވެ. މި ކޮމިޓީ އަކީ މިސްރު، ނުވަތަ މިސްރުު-ޢަރަބި، ނުވަތަ މިސްރު-ޢަރަބި-ފަލަސްތީނު ކޮމިޓީއަކަށް ވެދާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 20 ނުކުތާގެ ޣައްޒާ އެއްބަސްވުމުގައިވާ ގޮތުން، "މިނިވަން މޮނިޓަރުންގެ ބެލުމުގެ ދަށުން ޣައްޒާ އަކީ ހަތިޔާރު ނެތް ތަނަކަށް ހެދުމަށް މަސައްކަތް ކުރެވޭނެއެވެ. މީގެ ތެރޭގައި އެއްބަސްވެވޭ ޕްރޮސެސްއެއްގެ ތެރެއިން މޮނިޓަރުންގެ ބެލުމުގެ ދަށުން ހަތިޔާރު ދާއިމީކޮށް ބޭނުން ނުކުރެވޭ ގޮތަށް ބެހެއްޓުމާއި، ބައިނަލްއަޤްވާމީ ފަންޑިންގ ގެ ތެރެއިން އެ ހަތިޔާރުތައް ގަތުމުގެ ޕްރޮގްރާމެއް،" ހިމެނެއެވެ.

ރަޝްވާން އިތުރަށް ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގެ ހަނގުރާމައިގައި ހަމާސްގެ އަސްކަރީ ޤާބިލިއްޔަތު ނައްތާލުމަށް މަސައްކަތްކުރި ނަމަވެސް އެކަމުގައި ކާމިޔާބެއް ނުވިއެވެ.

ހަމާސް-އިސްރާއީލްޣައްޒާބެންޖަމިން ނަތަންޔާހޫހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
02 ޑިސެމްބަރު 2025

ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި

02 ޑިސެމްބަރު 2025
ސީރިއާގެ ކަންކަމުގެ ތެރެއަށް އިސްރާއީލް ނުވަނުމަށް ޓްރަމްޕް ގޮވާލައްވައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް